Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިރައީސް ޕްރޮގްރާމް

މިރާއްޖޭގައި އެންމެ ފަސޭހައިން ވެރިކަން ކުރުމަށް ފުރުސަތު ލިބިވަޑައިގެންނެވީ ރައީސް ޔާމީނަށް: މުސްތަފާ

29 ސެޕްޓެމްބަރު 2018 | ހޮނިހިރު 06:24

ވެރިކަން ކުރުމުގައި އެއްވެސް ދަތި އުނދަގޫ ކަމެއް ދިމާ ނުވާއިރު، ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ރައީސް ޔާމީން އަތްފުޅުގައި

އަމްނާ އިމާދު
އަމްނާ އިމާދު | 29 ސެޕްޓެމްބަރު 2018 | ހޮނިހިރު 06:24
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ މި ރާއްޖޭގައި އެންމެ ފަސޭހަ އިން ވެރިކަން ކުރުމަށް ފުރުސަތު ލިބިވަޑައިގެންނެވި ރައީސް ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "މި ރައީސް" ޕްރޮގްރާމްގައި ހުކުރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މެންބަރު މުސްތަފާ ވިދާޅުވީ ރައީސް ޔާމީނަށް ފުރިހަމަ ބާރާއި، މެޖޯރިޓީ ރައްޔިތުންގެ ފުރިހަމަ ލޯތްބާ އެކު ވެރިކަން ކުރުމުގެ މިނިވަންކަން ލިބިވަޑައިގެންނެވި ކަމަށެވެ. ވެރިކަން ކުރުމުގައި އެއްވެސް ދަތި އުނދަގޫ ކަމެއް ދިމާ ނުވާ ކަމަށާއި، ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ އެމަނިކުފާނުގެ އަތްފުޅުގައި ކަމަށް މުސްތަފާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ޔާމިންގެ 5 އަހަރުގެ ދައުރު ގައުމު ހިންގީ ވަރަށް ގިނަ ދަތިތަކާއި ދުއްތުރާލާއެކު ކަމަށް އެމަނިކުފާނު ވިދާޅުވަމުން ދާތީ އެކަމަށް ރައްދު ދެއްވާ މުސްތަފާ ވިދާޅުވީ ރައީސް ޔާމީނަށް މިގައުމުން ހިންގަން ނޭނގުނު ކަމަށާއި، ބާރާއި، އާރު ލިބުމުން ތަންދޮރު އޮޅުން ނުފިލީ ކަމަށެވެ. މުސްތަފާ ވިދާޅުވީ ޕާޓީގެ މެންބަރުންނާއި، ރައްޔިތުންނާ ގާތުން ވެރިކަން ހިންގަން އިނގުނު ނަމަ މިއަދު ވެސް ނާކާމިޔާބީއާ ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ.

ރައީސް ޔާމީނަށް ގައުމުގެ ވެރިކަމަށް ވަޑައިގެންނެވުނީ ގިނިކަންޏާ މަސައްކަތްކުރައްވައިގެން ނޫން ކަމަށާއި، އެއީ އެތައް ބައެއްގެ ބުރަ މަސައްކަތް ކަމަށެވެ. ނަމަވެސް އަމިއްލަފުޅަށް ބާރުވެރިވާން މަސައްކަތް ކުރެއްވުމުން މިއަދު ރައްޔިތުން ރައީސް ޔާމީން ދުރުކުރީ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

"މަޖިލީހުގެ މެޖޯރިޓީ ލިބުނު. ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހަދާނެ ގޮތެއް ހަދަން ލިބުނު. މުޅި ޖުޑިޝަރީ އަތް މައްޗަށް ލިބުނު. އެކަމަކު މި ލިބުނީމަ މީނަ ބުއްދި ފަސްވީ. މީގެ ނާޖާއިޒް ފައިދާ ނަގަން ފެށީ. 58 މެންބަރުން ތިބީމޭ މީނައާ އެކު. ވެރިކަމެއް ކުރަން ބޭނުންވާ ހުރިހާ ބާރެއް ލިބުނު. މީނަ ބޮޑާކަމާއި، ކިބުރުވެރިކަމާއި، ހިޔާނަތުގެ ސަބަބުން ވެރިކަން ދަމަހައްޓަން ނޭނގުނީ. ފުރަތަމަ ޖެހިގަތީ މެންބަރުންނާއި، ދެން ޖެހިގަތީ ތިމާގެ އެއްބަނޑު މީހުންނާ" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ރައްޔިތުންނަށް ފައިސާ ދީގެން ރައްޔިތުން ލަންބުވާނެ ކަމަށް އުންމީދު ކުރެވުނަސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި މިއަދު ދިވެހިންނަކީ ވިސްނޭ ތައުލީމީ ބައެއް ކަމަށް މުސްތަފާ ވިދާޅުވިއެވެ. މުސްތަފާ ވިދާޅުވީ ގައުމާއި، ދައުލަތް ވަކި މީހެއްގެ ޖީބަށްލާން ފުރުސަތު ނުދޭނެ ކަމަށާއި، ރައްޔިތުންގެ މައުސޫމުކަމުގެ ނާޖާއިޒް ފައިދާ ނުނެގޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް