Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

28 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 16 ފެބުރުއަރީ 2017 | ބުރާސްފަތި 17:04
އިލެކްޝަންސް ކޮމިޝަން: ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އިތުރުކޮށްފައި

އިލެކްޝަންސް ކޮމިޝަން: ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އިތުރުކޮށްފައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރު ކޮށްފިއެވެ.

މިހާރު އިތުރު ކުރި މުއްދަތުގެ ސަބަބުން 28 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެ ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމަށް ނިންމީ މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން އިންތިހާބުތަކާއި ބެހޭ ގާނޫނަށް ގެނައި ބަދަލާއި ގުޅިގެންނެވެ. އެގޮތުން މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައަޅާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އިންތިހާބާ ބެހޭ ގާނޫނަށް ގެނައި ބަދަލާއި ގުޅިގެން ޝަރުތުހަމަވާ ނަމަވެސް ކުރިން ޝަރުތު ހަމަނުވާކަމަށް ނިންމާފައިވާ ފަރާތްތަކަށް ފޯމް ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ. އަދި މުއްދަތު އިތުރުކުރިނަމަވެސް ކުރިން ފޯމް ހުށައަޅާފައިވާ ކެނޑިޑޭޓުން އަލުން ފޯމް ހުށައަޅަން ނުޖެހޭނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އިލެކްޝަނަސް އިން ފޯމް ބަލައިގަންނަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8 ފެށިގެން ހަވީރު 3ކަށެވެ. އަދި ނުރަސްމީ ދުވަސްތަކުގައި ހެނދުނު 9ކުން ހަވީރު 3ކަށެވެ. މީގެ އިތުރަށް ހުކުރު ދުވަހު މެންދުރުފަހު 3 ފެށިގެން 5 ޖަހަންދެންވެސް ބާޖަމާލުއްދީނުން ފޯމް ބަލައިގަންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ލޯކަލް ކައުންސިލް އިންތިހާބު ދެ ފަހަރެއްގެ މަތިން ފަސްކޮށްފައިވާއިރު، ކައުންސިލް އިންތިހާބު މިނިވަންވާނެކަމާއިމެދު އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލް އުފައްދަމުންނެވެ. އެފަރާތްތަކުން ބުނީ ކޮމިޝަނުން ސަރުކާރާއި ގުޅިގެން އިންތިހާބީ ނިޒާމު ހަރާބުކޮށްފައިވާކަމަށެވެ. ޕީޕީއެމްއިން ކޯޓަށް ހުށައެޅި މައްސަލައަކާއި ގުޅިގެން އިންތިހާބު ފަސްކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބު ބާއްވާ ތާރީހަށް ބަދަލް އައި ނަމަވެސް އިންތިހާބަށް އެއްވެސް ނުފޫޒެއް ނެތްކަމަށާ އިންތިހާބު މިނިވަންވާނެކަމަށެވެ.

Advertisement - newsAdvertisement

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު