Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު2024 ވަނަ އަހަރުގެ ޔޫރޯ

2024 ވަނަ އަހަރުގެ ޔޫރޯ ބާއްވާނެ ގައުމެއް ކަނޑައަޅަނީ!

27 ސެޕްޓެމްބަރު 2018 | ބުރާސްފަތި 12:36

ބިޑު ހުށަހަޅާފައިވަނީ ޖަރުމަނާއި ތުރުކީއިން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 27 ސެޕްޓެމްބަރު 2018 | ބުރާސްފަތި 12:36
2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އުފުލާލަނީ

2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އުފުލާލަނީ

ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތް 2024 ވަނަ އަހަރު ބާއްވާ ގައުމު ހޮވުމަށް ތައްޔާރުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ޔުއެފާގެ މެމްބަރު ގައުމުތަކުގެ މެދުގައި ވޯޓުލުމަށް ނިންމާފައިވާއިރު އިންތިހާބުގައި ވާދަކުރުމަށް ބިޑު ހުށަހެޅީ ޖަރުމަނު އަދި ތުރުކީ އިންނެވެ.

ވޯޓުލުމުގެ ކުރިން ނެރުނު އިވެލުއޭޝަން ރިޕޯޓުތަކުގައި ވަނީ ތުރުކީގައި މުބާރާތް ބާއްވައިފިނަމަ ހުރި ބައެއް ނުރައްކާތައް ފާހަގަކޮށްފައެވެ. އެގޮތުން މުބާރާތް ބޭއްވުމަށް ތުރުކީއިން ކަނޑައެޅި ބައެއް ސިޓީތަކުގެ ހޮޓެލްތަކުގައި ބޭނުންވާ ވަރަށް ކޮޓަރި ނެތް ކަމަށާއި އިންސާނީ ހައްގުތަކާއި ގުޅިގެން ތުރުކީއިން އެކްޝަން ޕްލޭނެއް ތައްޔާރު ކޮށްފައިނުވާކަން އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. ހަމައެހެންމެ ތުރުކީގެ ދަތުރުފަތުރުގެ ނިޒާމަކީ ވެސް އެފަދަ ބޮޑު މުބާރާތެއް ބާއްވާ ގައުމެއްގައި އޮންނަން ޖެހޭ ވަރަށް ވުރެ ކުޑަ ނިޒާމެއް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.

2020 ވަނަ އަހަރުގެ ޔޫރޯ ޔޫރަޕުގެ އެކި ގައުމުތަކުގައި ބޭއްވުމަށް ފަހު 2024 ވަނަ އަހަރުގެ މުބާރާތް އަނެއްކާ ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އެއް ގައުމުގައެވެ.

ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ނައިބް ރައީސް ސަރވެޓް ޔަޑިމްސީ ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަކީ އެގައުމުގެ ސަރުކާރުން އެންމެ އިސްކަން ދީގެން ކުރަމުންދާ މަސައްކަތް ކަމަށާއި ޔޫރޯ ބާއްވައިފިނަމަ އެ މަސައްކަތަށް އިތުރު ބާރެއް ލިބިގެން ދާނެ ކަމަށެވެ. މިއީ ތުރުކީގައި ޔޫރޯ ބާއްވަން އެންމެ ރަނގަޅު ވަގުތު ކަމަށާއި ތުރުކީގައި އެމުބާރާތް ނުބޭއްވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ސެކްރެޓަރީ ޖެނެރަލް ފްރީޑްރިކް ކަރޓިސް ވިދާޅުވީ މިވަގުތު އެންމެ މުހިންމު ސުވާލަކީ ޔޫރަޕަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކޮބައިތޯ ބެލުން ކަމަށާއި ޔޫރަޕުގެ މެދުގައި އެފަދަ ބޮޑު މުބާރާތެއް ބޭއްވުން ވެގެންދާނީ ފުޓްބޯޅައަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ކަމަށެވެ.

ބައިނަލްއަގްވާމީ ބޮޑު ފުޓްބޯޅަ މުބާރާތެއް މީގެކުރިން ތުރުކީގައި ބާއްވާފައިނުވާއިރު 2006 ވަނަ އަހަރުގެ ފީފާ ވާރލްޑް ކަޕް ބާއްވައިފަނީ ޖަރުމަނުގައެވެ. 2020 ވަނަ އަހަރުގެ ޔޫރޯ ބޭއްވުމަށް ނިންމާފައިވާ 12 ގައުމުތަކުގެ ތެރޭގައި ވެސް ޖަރުމަނު ހިމެނެއެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
04 މާރިޗު 2017

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ
01 މާރިޗު 2017

ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

01 މާރިޗު 2017
ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި
12 ފެބުރުއަރީ 2017

މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

12 ފެބުރުއަރީ 2017
މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް