Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ކަރީނާ ހޯސްޓްކުރާ ރޭޑިއޯ ޝޯގެ ފުރަތަމަ ގެސްޓަކަށް ސަނީ ލިއޯނީ

މިޝޯގެ ފުރަތަމަ ފޮޓޯ ދައްކާލާފައިވާއިރު އެ ފޮޓޯގައި ކަރީނާ ފެންނަނީ ސަނީ ލިއޯނީއާ އެކުގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 27 ސެޕްޓެމްބަރު 2018 | ބުރާސްފަތި 05:34
ކަރީނާ ކަޕޫރާއި ސަނީ ލިއޯނީ

ކަރީނާ ކަޕޫރާއި ސަނީ ލިއޯނީ

ކަރީނާ ކަޕޫރު ޚާން ހޯސްޓްކުރާ ރޭޑިއޯ ޗެޓް ޝޯގެ ފުރަތަމަ ގެސްޓަކީ ސަނީ ލިއޯނީއެވެ.

މިޝޯގެ ފުރަތަމަ ފޮޓޯ ދައްކާލާފައިވާއިރު އެ ފޮޓޯގައި ކަރީނާ ފެންނަނީ ސަނީ ލިއޯނީއާ އެކުގައެވެ.

އެ ފޮޓޯގައި ދެ މީހުން ސޯފާއެއްގައި އިށީނދެ ތިބި އިރު އެ މީހުންގެ ކުރިމަތީގައި ހުރި ޓޭބަލްގައި ބޮޑު މައިކެއް ވަނީ ބަހައްޓާފައެވެ.

މި އަލިގަދަ ފޮޓޯގައި ގިނައިން ފެނިގެންދަނީ ރީނދޫ ކުލައިގެ އެކި ޝޭޑްސްތަކެވެ. ދެ މީހުން އިށީންދެ ތިބި ސޯފާގެ ފަހަތުގައި ރީނދޫ ކުލައިގެ މިރަރއެއް ވަނީ ބަހައްޓާފައެވެ.

އެ މިރަރގެ ދެ ފަރާތުގައި ދެ ފޮޓޯ ފްރޭމް ވަނީ ބަހައްޓާފައެވެ.

މިއަހަރު ޑިސެމްބަރު މަހު އޮންއެއަރ ކުރުމަށް ހަމަޖެހިފައިވާ މިޝޯ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ "އިޝްގް އެފްއެމް" އިންނެވެ.މި ޝޯގައި އަޑުއެހުންތެރިންނަށް ޝޯގައި ބައިވެރިވެ ކަރީނާއާ ވާހަކަ ދައްކަން ފުރުސަތު ލިބިގެން ދާނެއެވެ. އާ ތަޖުރިބާއެއް ކޮށްލުމަށް އެކްސައިޓްވެފައި ހުރި ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

މި މަހުގެ ކުރީކޮޅު މުމްބާއީ މިރަރ އަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނެފައިވަނީ މިއީ ކަރީނާގެ ފުރަތަމަ ރޭޑިއޯ ޝޯ ކަމަށާއި އެންމެންނަށް އޭނާގެ އަޑު އިވިގެންދާނެ ދުވަހަށް ކެތްމަދުވެފައި ހުރި ކަމަށެވެ. އަދި މިމަހުގެ މެދުތެރޭގައި ކަރީނާ ވަނީ މި ޝޯގެ ފޮޓޯ ޝޫޓެއް ބާއްވާފައެވެ.

ބޮލީވުޑްގެ ބައެއް ތަރިން ދަނީ ރޭޑިއޯ ޝޯތައް ހޯސްޓް ކުރަމުންނެވެ. އެގޮތުން ނޭހާ ދޫޕިއާ ވެސް ދަނީ ރޭޑިއޯ ޝޯއެއް ހޯސްޓް ކުރަމުންނެވެ. ފިލްމީ ތަރިންނަށް ދައުވަތު ދީގެން ގެނެސްދޭ "ނޯ ފިލްޓަރ ނޭހާ" ވަނީ ޕޮޕިއުލާ ޝޯއަކަށް ވެގެން ގޮސްފައެވެ.

މީގެ އިތުރުން ކަރަން ޖޯހަރު ހޯސްޓް ކުރަމުންދާ ޗެޓް ޝޯ "ކޯލިން ކަރަން" ވެސް ވެގެން ގޮސްފައި ވަނީ ޕޮޕިއުލާ ޝޯއަކަށެވެ. އަދި ފެޝަން ސްޓައިލިސްޓް އަނައިތާ ޝްރޯފް އަދާޖާނިއާ ވެސް ދަނީ ޗެޓް ޝޯތައް ހޯސްޓް ކުރަމުންނެވެ. އެ ޝޯގައި ދާދިފަހުން ވަނީ ސޯނަމް ކަޕޫރާ އިންޓަވިއުކޮށްފައެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

ކެޓްރީނާއަށް އަނިޔާ ވުމުގެ ސަބަބުން ބަދަލުގައި ކަރީނާ ނަށައިފި

12 މާރިޗު 2017
ކެޓްރީނާއަށް އަނިޔާ ވުމުގެ ސަބަބުން ބަދަލުގައި ކަރީނާ ނަށައިފި
11 މާރިޗު 2017

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް
05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
23 ފެބުރުއަރީ 2017

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު
20 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި
19 ފެބުރުއަރީ 2017

ކަރީނާ މިހާރު އެންމެ ބެނުންވަނީ "ރަންގޫން" ބަލަން!

19 ފެބުރުއަރީ 2017
ކަރީނާ މިހާރު އެންމެ ބެނުންވަނީ "ރަންގޫން" ބަލަން!
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
30 ޖެނުއަރީ 2017

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު