Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ރައީސް ޔާމީން ހުންނެވީ ވަރަށް ބޮޑަށް އެކަނިވެރިވެފައި: ޝިފާޒު

27 ސެޕްޓެމްބަރު 2018 | ބުރާސްފަތި 02:26

ރައީސް ޔާމީނަށް މި ވަގުތު ކުރިމަތިވެފައިވާ ނިކަމެތި ކަމަކީ އެމަނިކުފާނަށް ސިޔާސީ ޕާޓީއެއް ނެތުން

އަމްނާ އިމާދު
އަމްނާ އިމާދު | 27 ސެޕްޓެމްބަރު 2018 | ބުރާސްފަތި 02:26
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު

އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މި ވަގުތު ހުންނެވީ އާރެއް ބާރެއް ނެތި ވަރަށް ބޮޑަށް އެކަނިވެރިވެ، ބާކީވެފައި ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ރައްޔިތުންގެ ނިންމުން" ޕްރޮގްރާމްގައި ޝިފާޒު ވިދާޅުވީ ކޯލިޝަނުން މިއަދު މި ދެކޭ ފޮނި ނަތީޖާއަކީ ސިޔާސީ ޕާޓީތަކެއްގެ ވިސްނުމާއި ފިކުރުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި، ސިޔާސީ ކަމެއްގައި ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ސިޔާސީ ޕާޓީއެއްގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަށް މިވަގުތު ކުރިމަތިވެފައިވާ ނިކަމެތި ކަމަކީ އެމަނިކުފާނަށް ސިޔާސީ ޕާޓީއެއް ނެތުން ކަމަށެވެ. އަދި މިހާރުގެ ޕީޕީއެމަކީ ރައީސް ޔާމީން ހިސޯރުކޮށްފައިވާ ޕާޓީއެއް ކަމަށާއި، ވަރަށް އަވަހަށް އެ ޕާޓީގެ ވެރިޔާއާ އަށް އެޕާޓީ ހޯދައިދޭނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝިފާޒު ވިދާޅުވީ ޕީޕީއެމްގެ މެންބަރުން ރައީސް ޔާމިންއާ މެދު ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށާއި، އެއީ ރައީސް ޔާމިން ބިރުފުޅުވަޑައިގަންނަވާނެ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީން މިއަދު ހުންނެވީ އެއްވެސް އާރެއް ބާރެއް ނެތި ކަމަށާއި، އެމަނިކުފާނުގެ ސިޔާސީ ޕާޓީއެއް ވެސް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ކަންތައްތައް ހިނގައިދާ ގޮތުންނާއި، ހިނގައިދިޔަ ގޮތުން މިހާރު ޕީޕީއެމް ތެރޭގައި ވެސް ރައީސް ޔާމީންނަށް ތާއީދުކުރާ މީހުން ވަރަށް މަދު ކަމަށެވެ.

ރައީސް ކަމުން ދުރަށްޖެހިވަޑައިގަންނަވަން ރައީސް ޔާމީން ޖެލުންވެ ވަޑައިގަންނަވަނީ ކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ މިހާރުގެ ގާނޫނު އަސާސީން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވި ކޮންމެ ބޭފުޅަކަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭ ކަމަށެވެ. ރައީސުންނަށް ރައްކާތެރިކަން ލިބޭއިރު ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ގާނޫނާ ހިލާފަށް ހައްދުފަހަނައަޅާދާ ވަރަށް ގައުމަށް ހިޔާނަތްތެރިވެ، އަނިޔާވެރިވެފައިވާ ނަމަ މައްސަލަ ބެލޭނެ ކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ.

"ޔާމީންގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށް ދެން ވަރަށް ބޮޑަށް އަނެއްކާ ވެސް ހިތްވަރުދީގެން ރައީސް ޔާމީން މަސައްކަތް ކުރައްވާނެ. ރައީސް ޔާމީންއާ އެކު ތިއްބެވުމަށް. އެކަމަކު އަޅުގަނޑުމެން ނުދެކެން ތިބޭނެ ކަމަކަށް. ދުރު ނުވޭވަރަށް ގާތްވެފައި ތިބި މަދު ބޭފުޅުން ކޮޅެއްކަން އެނގޭނެ. ދެތިން ބޭފުޅެއް އެނގޭތޯ" ޝިފާޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު މުޅި ދުނިޔެއިން ގަބޫލުކޮށްފައިވާކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ ބައިނަލްއަގްވާމީ ފަރާތްތަކުން ތިބީ ރާއްޖޭގެ ރައްޔިތުންނާ އެކުގައި ކަމަށާއި، ރައްޔިތުން ނިންމި ގޮތާ ހިލާފަށް ކަންތައް ކުރާ ނަމަ އެ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. ޝިފާޒު ވިދާޅުވީ އިންތިޚާބު އޮޅުވާލަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި، މިއަދު ރައްޔިތުންގެ ބާރު ދައްކާފައިވާ ކަމަށެވެ.

ރާއްޖެ އާމާން އޮމާންކަމާ އެކު ބާއްވަން ބޭނުން ނަމަ ރައްޔިތުންގެ ވޯޓާ ނުކުޅުމަށް ޝިފާޒު ގޮވާލެއްވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް