ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންފި
17 އޮކްޓޯބަރު 2018 | ބުދަ 16:38ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާ ވަޑައިގެންފައި ވަނީ ބުދަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު | 17 އޮކްޓޯބަރު 2018 | ބުދަ 16:38

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވުމަށް އެއާޕޯޓުގައި
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންފިއެވެ.
ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާ ވަޑައިގެންފައި ވަނީ ބުދަ ދުވަހުއެވެ. އެމަނިކުފާނު ފުރާވަޑައިގެންފައި ވަނީ ލަންކާގައި ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހުގައެވެ.
ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވި އިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.
ރައީސް ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެމަނިކުފާނު އިނގިރޭސި ވިލާތުން އެނބުރި ވަޑައިގަންނަވާނެ ދުވަހެއް އަދި ހާމަކުރައްވާފަ އެއް ނުވެއެވެ.









