Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސި އިންތިޚާބު 2018

ޗައިނާ އާއި ސައުދީން ވެސް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިޙަށް މަރުހަބާ ކިޔައިފި

18 އޮކްޓޯބަރު 2018 | ބުރާސްފަތި 06:17

ސައުދީ އާއި ޗައިނާ އިން ވަނީ ރައީސް ޔާމީނުގެ ސަރުކާރާ އެކު ގާތް ގުޅުމެއް ބާއްވާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 18 އޮކްޓޯބަރު 2018 | ބުރާސްފަތި 06:17
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިހް

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިހް

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހަށް ޗައިނާ އާއި ސައުދީ އަރަބިއްޔާ އިން މަރުހަބާ ކިޔައިފިއެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވާ ޗައިނާގެ ފޮރިން މިނިސްޓްރީ އިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ގައި އެ މިނިސްޓްރީގެ ތަރުޖަމާނު ގެންގް ޝުއަންގް ވިދާޅުވީ، އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ގައި ކާމިޔާބު ހޯއްދަވާފައި ވާތީ އިބޫ އަށް މަރުހަބާ ދަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

ގެންގް ޝުއަންގް ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކު ގައި ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހި ވެގެން ގޮސްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެ ގޮތުން ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ރާއްޖެއާ އެކު އިތުރު ގިނަ މަސައްކަތްތަކެއް ހިންގޭނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ވެސް ގެންގް ވިދާޅުވިއެވެ.

އަންގާރަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި އިބޫ މިއަދު ވިދާޅުވީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ވެސް އެމަނިކުފާނާ ގުޅުއްވައި މަރުހަބާ ވިދާޅުވި ކަމަށާއި ކަންކަމުގައި އެއްބާރުލުން ދެއްވަން ތިއްބެވިކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ. ސައުދީ އަކީ ވެސް ރައީސް ޔާމީނުގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ.

އިބޫ އިންތިހާބު ކާމިޔާބުކުރެއްވީ، 58 އިންސައްތައާ އެކު ޖުމްލަ 134,616 ވޯޓު ކާމިޔާބު ކުރައްވައި ގެންނެވެ. މި ވޯޓުގައި މިހާރު ވެރިކަމުގައި ހުންނެވި އަދި ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ކެމްޕެއިން ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައި ގެންފައި ވަނީ 96،132 ވޯޓެވެ.

ޗައިނާ އިން އިބޫ އަށް މަރުހަބާ ކިޔާފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފައެވެ. އަދި ވަރަށް އަވަހަށް ބައްދަލު ކުރެއްވުމަށް ވެސް އިބޫ އަށް ދައުވަތު ދެއްވާފައި ވެއެވެ. އިބޫ ވަނީ އެ ދައުވަތު ގަބޫލު ކުރައްވާފަ އެވެ. މީގެ އިތުރުން އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އިތުރުން އަވަށްޓެރި ސްރީ ލަންކާ އާއި އަދިވެސް އެތައް ގައުމަކުން ގެންދަނީ އިބޫ އަށް މަރުހަބާ ކިޔަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް