Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ ރޭސް 2018

ވޯޓު ގުނުމާއި ނަތީޖާ އިއުލާން ކުރުމުގައި އަމަލު ކުރަންޖެހޭނީ ކިހިނެއް؟

އިލެކްޝަންސް އިން ބުނެފައިވަނީ އަމަލު ކުރާނީ މީގެ ކުރީ އިންތިޚާބުތަކުގައި ވެސް އަމަލު ކުރި ގޮތައް ކަމަށް

ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2018 | ހޮނިހިރު 05:10
ވޯޓުލާ މަރުކަޒެއްގައި ވޯޓު ގުނުމަށް ތައްޔާރުވަނީ (ފައިލް)

ވޯޓުލާ މަރުކަޒެއްގައި ވޯޓު ގުނުމަށް ތައްޔާރުވަނީ (ފައިލް)

ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުމާއި ނަތީޖާ އިއުލާން ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތާ ބެހޭ ގޮތުން ތަފާތު ގޮތްގޮތައް ވާހަކަ ދެކެވެމުންދާތީ، އަދި އެކަމާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ގެންދިއުމާއެކު، އެކަން ސާފުކޮށް ދިނުމުގެ ގޮތުން، 21 ސެޕްޓެމްބަރ 2018 ގައި އިލެކްޝަންސް ކޮމިޝަން އިން ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި މިފަހަރުވެސް ވޯޓު ގުނުމާއި ނަތީޖާ އިއުލާން ކުރުމުގައި އެ ކޮމިޝަނުން އަމަލު ކުރާނީ މީގެ ކުރީގެ އިންތިޚާބު ތަކުގައި އަމަލު ކޮށްފައިވާ ގޮތައް ކަމަށް އެ ކޮމިޝަނުން ވަނީ ޔަގީން ކަން ދީފައެވެ. ތިރީގައިވާ ލިޔުމަކީ ހަވާލާދީފައިވާ ބަޔާނުގައި ކަމާބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކެވެ.

  1. ވޯޓުގުނުމާއި ވޯޓުގެ ވަގުތީ ނަތީޖާ އިޢުލާނުކުރުމުގެ އެންމެހައި ކަންކަން ކުރިއަށްގެންދާނީ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒާވަރުންނާއި، މޮނީޓަރުން ވޯޓުލާ މަރުކަޒުގައި ތިބިނަމަ އެމީހުންގެ ހާޒިރުގައިކަން.
  2. ވޯޓުލާ ނިމުމުން ވޯޓުފޮށި ބަންދުކުރުމަށްފަހު ބޭނުންނުކޮށް އިތުރަށްހުރި ވޯޓުކަރުދާހާއި ކައުންޓަރފޮއިލް އަދި ވޯޓުލުމަށް ބޭނުންކުރެވުނު ހުރިހާ ތަކެއްޗެއް ސެކިއުރިޓީ ސިޓީއުރައަށް ލުމަށްފަހު ބަންދުކުރުން.
  3. ވޯޓުފޮށިތައް ހުޅުވައި ވޯޓު ގުނުމަށް ވޯޓު ކަރުދާސްކޮޅުތައް މޭޒުމައްޗަށް އޮއްސާލުން.
  4. ބާތިލް ވޯޓު ކަރުދާހާއި ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ވޯޓު ކަރުދާސް، ތިން ބަޔަށް އަޅައި، ވަކިކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުން.
  5. ފަހަރަކު ވޯޓުކަރުދާސް ކޮޅެއް ނަގައި، ކޮންމެ ކަރުދާސްކޮޅެއް ވަކިން، ހާޒިރުވެތިބި އެންމެނަށް ދެއްކުން. (މިކަންކުރާނެ ތަރުތީބަކީ އެންމެ ފުރަތަމަ ބާތިލް ވޯޓުކަރުދާސް ތައް، ދެވަނައަށް ކެންޑިޑޭޓް ނަންބަރު 1، ތިންވަނައަށް ކެންޑިޑޭޓް ނަންބަރު 2 އަށް ލިބުނު ވޯޓުކަރުދާސް، ވަކި ވަކި ދެއްކުން.)
  6. ވޯޓު ކަރުދާހެއް ބާތިލުކަމަށް ކަނޑައަޅާނަމަ، އެވޯޓު ކަރުދާސްކޮޅު ބާތިލްކުރާ ސަބަބު ބަޔާންކޮށް، ކިޔައިދިނުން.
  7. ވޯޓު ކަރުދާސްތައް ދެއްކުމަށްފަހު، ފުރަތަމަ އޮފިޝަލް ވޯޓު ކަރުދާހުގެ އަދަދު އަޑުހަރުކޮށް ގުނުން.
  8. ފުރަތަމަ އޮފިޝަލް ގުނުމަށްފަހު ދެވަނަ އޮފިޝަލްވެސް އަޑުހަރުކޮށް ވޯޓު ކަރުދާހުގެ އަދަދު ގުނުން.
  9. ގުނާ ނިމޭ ކޮންމެ 50 ވޯޓު ކަރުދާހެއް ބަންޑެލިކޮށް ބެހެއްޓުން.
  10. މިއިން ކޮންމެ 50 ގެ ބަންޑެއްޔެއްގެ ލޭބަލް އިންތިހާބީ އޮފިޝަލުން ފުރައި ފުރިހަމަކުރުން.
  11. ވޯޓު ގުނާ ނިމުމުން، އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލެއް ވަގުތީ ނަތީޖާ ޝީޓު ގަލަމުން ލިޔެ ފުރައި ފުރިހަމަކުރުން.
  12. ވޯޓުލާ މަރުކަޒާ ހަވާލުވެހުރި އޮފިޝަލާއި ވޯޓު ގުނުމުގައި އަމަލީގޮތުން ބައިވެރިވި މަދުވެގެން 2 އޮފިޝަލުން ވޯޓުގެ ނަތީޖާ ޝީޓުގައި ސޮއިކުރުން.
  13. ނަތީޖާ ޝީޓުގައި އޮފިޝަލުން ސޮއިކުރުމަށްފަހު، ވޯޓުގެ ވަގުތީ ނަތީޖާ ރަސްމީކޮށް އިއުލާނުކުރުން.
  14. އާއްމުންނަށް ފެންނަގޮތަށް ވޯޓުލާ މަރުކަޒުގައި ނަތީޖާ ޝީޓު ހަރުކުރުން.
  15. ވޯޓުގެ ނަތީޖާ ވޯޓުލާ މަރުކަޒުގައި އާއްމުކޮށް އިއުލާނުކުރުމަށްފަހު މެނުވީ އިލެކްޝަންސް ކޮމިޝަނަށް ވޯޓުގެ ނަތީޖާ ނުފޮނުވުން އަދި ޓެބްލެޓަށް ނޭޅުން.
  16. ވޯޓުގެ ނަތީޖާ ވޯޓުލާ މަރުކަޒުގައި އާއްމުކޮށް އިއުލާނު ކުރުމަށްފަހު ރަސްމީކޮށް ޓެބްލެޓް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނަށް އެ ނަތީޖާ ފޮނުވުން.
  • ވޯޓު ގުނާ އަދި ނަތީޖާ އިޢުލާނުކުރާ މަރުހަލާގައި އިލެކްޓްރޯނިކް ޓެބްލެޓް ބޭނުންކުރެވޭނީ ނަތީޖާ އިޢުލާނު ކުރުމަށްފަހު، ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށް އެކަންޏެވެ.
  • ވޯޓުގުނުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، ކޮންމެ މަރުހަލާއެއްގައިމެ، ސުވާލުކުރުމުގެ ހައްގު ހާޒިރުވެ ތިބޭ އެންމެނަށް އޮންނާނެއެވެ. އަދި، ކުރާ ކޮންމެ ސުވާލަކަށް އެކަށީގެންވާގޮތަށް ޖަވާބުދާރީ ވާންޖެހޭނެއެވެ. އަދި، މަސައްކަތް ކުރިއަށް ދިޔަގޮތުގެ ރިޕޯޓުގައި ނޯޓުކުރެވޭނެއެވެ. އަދި، ހައްލުކުރަންޖެހޭ މައްސަލައެއް ފެންމަތިވެއްޖެ ހިނދެއްގައި އެމައްސަލައަށް ވަގުތުން ހައްލެއްހޯދޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބްދުﷲ ރަޝީދުގެ މަރު: އިންސާނިއްޔަތުކަމާއި ރަހްމު ނެތް ބައެއްގެ ނަތީޖާ!

އަބްދުﷲ ރަޝީދުގެ މަރު: އިންސާނިއްޔަތުކަމާއި ރަހްމު ނެތް ބައެއްގެ ނަތީޖާ!

14 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

10 އޮކްޓޯބަރު 2017
ވާޖިބް އަދާކުރުމުގައި ފުލުހުންގެ ދެ ފުށް!

ވާޖިބް އަދާކުރުމުގައި ފުލުހުންގެ ދެ ފުށް!

13 އޯގަސްޓު 2017
މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

18 ޖުލައި 2017
މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު