Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަބްދުﷲ ރަޝީދު

އަބްދުﷲ ރަޝީދުގެ މަރު: އިންސާނިއްޔަތުކަމާއި ރަހްމު ނެތް ބައެއްގެ ނަތީޖާ!

ކުށުގެ ތުހްމަތު ކުރެވޭ މީހާއަށް އިންސާނީ ހައްގުތައް ލިބެންޖެހޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2017 | ހޮނިހިރު 14:11
ޖަލު ހުކުމް ތަންފީޒް ކުރަމުންދަނިކޮން މަރުވި އަބްދުﷲ ރަޝީދު

ޖަލު ހުކުމް ތަންފީޒް ކުރަމުންދަނިކޮން މަރުވި އަބްދުﷲ ރަޝީދު

ކުށުގެ ތުހްމަތު ކުރެވޭ މީހާއަށް އިންސާނީ ހައްގުތަކުން ދޭން ޖެހޭ ކަމަށް ގަބޫލުނުކުރާ ބަޔަކު މި ދައުލަތުގެ މުހިންމު މުވައްސަސާތަކުގައި އެބަ ތިއްބެވެ. އަދި ހުކުމެއް ތަންފީޒު ކުރާ މީހެއް ނަމަ އެމީހާއަށް އެންމެ ކުޑަމިނުން ސާފު ބޯފެނާ ބޭސްފަރުވާ ލިބެން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ބަޔަކު ގާނޫނު ތަންފީޒުކުރާ މުވައްޒަފުންގެ ތެރޭގައި އެބަ ތިއްބެވެ. މިއީ ނުދައްކާ އެކަމު ހަގީގީ ވާހަކަ އެވެ. ދާދި ފަހުން ޖަލުގައި މަރުވި އަބްދުﷲ ރަޝީދުގެ މަރަކީ އޭގެ ވަރުގަދަ ހެއްކެކެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މި މަހުގެ 10 ވަނަ ދުވަހު މަރުވި ގ. ކީމާ، އަބްދުﷲ ރަޝީދުގެ މަރަކީ މި ފަސްގަނޑުގައި ދިރިއުޅޭ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި މި ދައުލަތް ފެއިލްވެފައިވާ ކަމުގެ ހެއްކެވެ. ސަރުކާރާ އިދިކޮޅު ސިޔާސީ ފިކުރުގެ މީހާ ބޭ އިންސާފު ހުކުމެއް ކުރެވި، ޖަލުގައި މަރާ ހަނގުރާމަކޮށް މަރުވާން ވެސް ދޫކޮށްލަފާނެ ކަމުގެ ވަރުގަދަ ދަލީލަކަށް ނުވޭ ހެއްޔެ އެވެ.

އަބްދުﷲ ރަޝީދުގެ މައްޗަށް ދައުލަތުން އުފުލީ މޭޑޭ މުޒަހާރާގައި ފުލުހަކަށް ހަމަލާދިން ކަމަށްބުނެ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ދައުވާ އެވެ. އަބްދުﷲ ރަޝީދުގެ މައްޗަށް އުފުލި އެ ދައުވާވެސް ޝަރީއަތް ހިންގި ގޮތްވެސް ބޭ އިންސާފުކަން ހުކުމުން އެނގޭނެ އެވެ. އެ ދައުވާ އުފުލި ޝަރީއަތުގެ ހެކިބަސްނަގާ ހިނގާ ދިޔަ ކަންތައް ތަކަކީ ކޯޓުތަކާއި ޕްރޮސެކިއުޓާ ޖެނަރަލްގެ އިންސާފު ދައްކައިދޭ ކަންކަމެވެ. އުމުރުން 51 އަހަރުގެ އަބްދުﷲ ރަޝީދާއި އިތުރު މީހުން ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިޔައިރު މި ރާއްޖޭގައި ނުރައްކާތެރި ބޮޑެތި ކުށްވެރިންނާއި އެފަދަ ކުށްތަކުގައި ދައުވާ ކުރެވިފައި ތިބި މީހުން މިއަދުވެސް އެ ތިބީ ދޫކޮށްލާފަ އެވެ. އޭގެ ތެރެއިން އެ މިސާލު ޖަހާލާނަމެވެ. ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލާ ހިންގި ލާ އިންސާނީ އަމަލުގެ ބައިވެރިން ދައުވާ ކުރެވުނަސް އަދިވެސް ތިބީ ދޫކޮށްލާފަ އެވެ. މިފަދަ ކިތަންމެ މިސާލެއް އެބަ ހުއްޓެވެ. އަބްދުﷲ ރަޝީދާމެދު ބޭ އިންސާފުން ހަމަ ހަމަ ކަމެއް ނެތި ދައުވާ ކުރެވި އަމަލު ކުރީ އޭނާ ދިޔަ މުޒާހަރާގެ ސަބަބުންނާ އޭނާގެ ފިކުރުގެ ސަބަބުން ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތެވެ.

ހުކުމުގެ ދެބައި ކުޅައި އެއްބައި ތަންފީޒު ކުރުމަށް ފަހު މާފުކޮށްދިނުމަށް ހުށަހެޅުމަށް އެދުމުން ސަރުކާރުން މާފުކޮށް ނުދިން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އޭނާ ވަނީ ބައްޔަކަށް ބޭސްފަރުވާ ކުރަމުންދަނިކޮށް އައިޖީއެމްއެޗްގައި މިދުނިޔެއާ ވަކިވެފަ އެވެ.

އަބްދުﷲ ރަޝީދާމެދު ކަރެކްޝަނަލް ސާވީސްއިން އަމަލުކުރި ކަމަށް ތުހްމަތު ކުރެވޭ އިންސާނިއްޔަތާ ހިލާފު ގޮތުގެ ވާހަކަ މާ ނުރައްކާތެރި އެވެ. އަބްދުﷲ ރަޝީދުގެ އެންމެ ފަހު ވާހަކަތަކަށް ބަލާއިރު އޭނާގެ ޝަކުވާ ހުރީ ބަލިވެ އުޅެން ޖެހުމާއި ޑޮކްޓަރަށް ދެއްކޭނެ ފަސޭހަ ގޮތެއް ނެތުމެވެ. ބޭސް ފަރުވާގެ ހައްގުން އަބްދުﷲ ރަޝީދު މަހްރޫމްވާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ކަންވީ އެހެން ނަމަވެސް އެހެނެއް ނޫނެވެ.

އުމުރުން 22 އަހަރާއި ފަސް އަހަރާ ދެމެދުގެ ފަސް ކުދިން ހިމެނޭ އަބްދުﷲގެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި އޭނާ މަރުވީ ކަރެކްޝަންގެ އިހުމާލުންނެވެ. ބަލި ހާލަތު ސީރިއަސްވަމުން ދިޔަ އިރު ވެސް ފަރުވާ ނުދީ މާ ބޮޑަށް ލަސްކުރި ކަމަށް އާއިލާ އިން ބުނާ ވާހަކައަކީ ހަގީގަތެއްކަން ގަބޫލުކުރެވޭ އެތައް ސަބަބެއް އެބަ އޮތެވެ. އޭގެ ތެރެއިންވެސް އެއީ ތެދެއްކަން ގަބޫލުކުރެވޭ އެންމެ ބޮޑު އެއް ސަބަބަކީ އެހާ ބޮޑެތި ތުހްމަތުތަކަށް ކަރެކްޝަނުންވެސް އަދި ދައުލަތުގެ އެހެން މުވައްސަސާއަކުންވެސް ވާހަކަ ދައްކާފައިނުވުމެވެ. ހުދު ކަރެކްޝަނުންވެސް އިސްޖަހާލުމަކީ އެކަމަށް ބާރުލިބޭ ކަންކަމެވެ.

އަބްދުﷲ ރަޝީދު ހޮޑުލައި ބޭރަށް ހިންގުމުގެ އިތުރުން ގޮޅި ތެރެއަށް ދެތިން ފަހަރަށް އަނބުރައިގަނެގެން ވެއްޓުމުން ފަރުވާދީފައި ނުވުމަކީ އެހާ ފަސޭހައިން ނިންމާލެވޭނެ ވާހަކަ ތަކެއް ނޫނެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު މި ހާލަށް ދިޔައިރު އެތަނުގައި ތިބީ އިންސާނިއްޔަތުގެ ކަންފުޅުވެސް ހުރި ބައެއްތޯ ސުވާލު އުފެދެ އެވެ. އޭގެ ދެތިން ދުވަސް ފަހުން އަނެއްކާވެސް ގޮޅިތެރެއަށް އަނބުރައިގަނެގެން ވެއްޓުމުން މާލެ ގެނެސް ފަރުވާ ދޭން ފެށިއިރު އިންފެކްޝަންގެ ސަބަބުން އަބްދުﷲގެ ދެ ކިޑްނީ އާއި ފުއްޕާމޭ ފޭލްވެފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. ސިޔާސީ ބައެއް މީހުން ރޯދަ އާއި އީދާއި ހައްޖާ ދިމާކޮށް ގެއަށް ބަދަލުކުރާއިރު އަބްދުﷲ ރަޝީދަށް އެ ފުރުސަތު ނުލިބުނީ ކީއްވެ ހެއްޔެ އެވެ.

އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން ދައުލަތުގެ މުވައްސަސާތަކުގެ ކަންބޮޑުވުމެއް ހުރިހެނެއް ހިޔެއް ނުވެ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނަތް ހިނގީތީ ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ ކިބައިން މާފަށް އެދުނުއިރު މިކަމުގައި މާފަށް އެދޭކަށް ނުޖެހޭ ތޯ މިއީ ވެސް ސުވާލެވެ. މިކަމުގައި ދައުލަތުގެ ޒިންމާވާން ޖެހޭ ފަރާތްތައް ހޯދާ އެ ޒިންމާ ނަގައިގެން ނޫނީ މިކަން ތަކުރާރުނުވާނެ ގޮތެއް ނެތެވެ. އިހްމާލަކީ އެންމެ ބޮޑު އަނިޔާ އެވެ. މިއީ އިންސާނިއްޔަތުކަމެއް އަދި ރަހްމެއް ނެތް ބަޔަކު މި ދައުލަތުގެ މުވައްސަސާތަކުގައި ތިބުމުގެ ނަތީޖާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

03 ޖުލައި 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

02 ޖޫން 2017
"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

26 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު