Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގުމަތީ ހަރަކާތް

ވާޖިބް އަދާކުރުމުގައި ފުލުހުންގެ ދެ ފުށް!

ޕީޕީއެމުން މަގުމަތީ ހަރަކާތް ބާއްވަން އިރު ފުލުހުން ބަހަލަށްޓަނީ ސެކިއުރިޓީ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 13 އޯގަސްޓު 2017 | އާދީއްތަ 20:18
ޕީޕީއެމުން މަގުމަތީިގައި ސިޔާސީ ހަރަކާތް ބާއްވާއިރު، ފުލުހުން ސެކިއުރިޓީ ބަހަލަށްޓަނީ

ޕީޕީއެމުން މަގުމަތީިގައި ސިޔާސީ ހަރަކާތް ބާއްވާއިރު، ފުލުހުން ސެކިއުރިޓީ ބަހަލަށްޓަނީ

އިދިކޮޅު ފަރާތަކަށް ޖަލްސާއެއް ބާއްވާނެ ތަނެން ނުލިބެއެވެ. ނުވިތާކަށް މަގުމަތީގައި ވެސް ސުލްހަވެރިކަމާއި އެކު ހަރަކާތެއް ބާއްވާން ފުރުޝަތެއް ނުލިބެއެވެ. ބާއްވާފައި ނަމަ އެ ހަރަކާތަކަށް ފުލުހުން ހުރަސްއަޅެއެވެ. ގަދަ ބާރުން ފުލުހުން އާންމު ރައްޔިތުން ކޮއްޕާ ފަހަތަށް ޖައްސައެވެ. ނުވިތާކަށް ޕެޕާސުޕްރޭ ވެސް ޖަހާ މީހުން ހައްޔަރުކުރެއެވެ.

ބަހަނާއެއްގެ ގޮތުން ފުލުހުން ބުނަނީ ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ ގާނޫނާއި ހިލާފަށް ހަރަކާތް ކުރިއަށް ގެންދާތީ ކަމަށެވެ. އާންމު ރައްޔިތުންނަން ދަތިތަކާއި ކުރިމަތިވާތީކަމަށެވެ. މިއީ މިއަދު އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވާ ހަރަކާތަކަށް ފުލުހުން ކަންކުރާ ގޮތެއެވެ.

މައްސަލަ އެއް ނެތެއެވެ. އެހެންކަމަށްވާނަމަ ހުރިހާ ސިޔާސީ ޕާޓީތަކާއި މެދު ކަންކުރަންވާނީ ހަމަހަމަ ކަމާއި އެކުގައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީން އެމްޑީޕީ ހަރުގެ ކުރިމަތީގައި ބެއްވި ހަރަކާތަށް ފުލުހުން ހުރަސް އަޅަނީ

މި މަންޒަރުތަށް ކޮންމެ ރެއަކު ފެންނަމުން ދަނިކޮށް، މުޅިން ތަފާތު މަންޒަރެއް ފެނިއްޖެއެވެ. މީގެ ކުރިން ފުލުހުން ކަންކުރާ ގޮތާއި މުޅިން ތަފާތަށް ކަންކުރާ ތަނެވެ. "ތަރައްޤީއާއި އެކު ރައްޔިތުން" މި ނަމުގައި ވެރިކަން ކުރާ ޕީޕީއެމުން ގ. ފާޝިނާކަލޭގެފާނު މަގުގައި ކަންމަތީ ބައްދަލުވުމެއް ބޭއްވި އިރުގައެވެ.

ޕީޕީއެމްގެ ރާސްޓަސް ޖަގަހަ ހުޅުވުމަށް އެޕާޓީން މި ހަރަކާތް ބޭއްވީ މަގު ބަންދުކޮށްގެނެވެ. ގައިމު މަތީގައި މި ހަރަކާތް ކުރިއަށް ގެންދިޔައިރު ފުލުހުން މަސައްކަތް ކުރީ ސެކުއުރިޓީ ބަލަހަށްޓަންށެވެ. މަގު ބަންދުކޮށް އެސަރަހައްދު ކޯޑަން ކޮށްގެންނެވެ. ނުވިތާކަށް ޓުރެފިކްވެސް ބަހަލަށްޓަން ފުލުހުން ހަރަކާތެރިވިއެވެ.

ޕީޕީއެމުން ހަރަކާތެއް ބާއްވާނަމަ އެ ހަރަކާތަކީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނުނުގައި ބަޔާންކޮށްފައިވާ ވާގޮތަށް ބާއްވާ ހަރަކާތަކަށް ވަނީ ކިހިނަކުންތޯއެވެ.

އާދީއްތަ ދުވަހުގެރޭ ޕީޕީއެމުން މަގުމަތީީގައި ހަރަކާތެއް ބާއްވާނީ

ޕީޕީއެމުން ބޭއްވި ހަރަކާތުގައި އަޑުގަދަ ކުރާ ބޭނުންކޮށްގެން ވާހަކަވެސް ދެއްކިއެވެ. ކައިރީގައި ދިރިއުޅޭ އާންމު ރައްޔިތުންނަން އުނދަގޫވާތީ ކަންބޮޑުވުން ވެސް ފާޅުކުރިއެވެ. މަގު ބަންދުކޮށްފައިވާތީ ވެހިކަލް ދުއްވަން ޑްރައިވަރުންނަން ދަތިތަކާއި ކުރިމަތިވިއެވެ. އެހެންނަމަވެސް ޕީޕީއެމުން ބޭއްވި ހަރަކާތަކަށް ވުމުން ފުލުހުން އަމަލުކުރާ އުސޫލުވެސް ބަދަލުވެއްޖެވެ. ހަމަހަމަކަމެއް ނެތް ކަން ހާމަވެއްޖެއެވެ. ފަހަރުގައި އެ ހަރަކާތުގައި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް ބައިވެރިވަޑައިގަތުމުން ކަމަށް ވެސް ވެދާނެއެވެ.

މަގުމަތީގައި ސިޔާސީ ހަރަކާތް ބާއްވާން ފުލުހުން ފުރުޝަތު ދޭނަމަ ހުރިހާ ޕާޓީތަކަށް ވެސް އެފުރުޝަތު ދޭންޖެހޭނެވެ. އެމްޑީޕީއަށް އެޕާޓީގެ ޖަގަހަ ކުރިމަތީގައި ޖަލްސާ ބޭއްވެން ޖެހޭނެވެ. އަދި އެޖަލްސާ ބާއްވާތީ ފުލުހުން އެމަގު ބަންދުކޮށް، ސެކިއުރިޓީ ވެސް ބަހަލައްޓަން ޖެހޭނެއެވެ.

ޕީޕީއެމްގެ ޖަގަހަ ކުރިމަތީގައި ކެއުމެއް ބާއްވަން ފުލުހުން ފުރުޝަތު ދޭނަމަ، އެމްޑީޕީން ހަވީރު ބާއްވާ ސައި އެޕާޓީގެ ހަރުގެ ކުރިމަތީގައި ބޭއްވެން ވާނެއެވެ.

މިއީ މިއަދު ކަން ހިނގާ ގޮތެއެވެ. ފުލުހުން އަމަލުތަށް މުޅިން ތަފާތެއެވެ. ވަކި ޕާޓީއަކާއި ޖެހުމުން ފުލުހުންގެ އަމަލުކުރާ ގޮތް ބަދަލުވެއެވެ. މިއީ އިންސާފްތޯއެވެ.

Your browser doesn't support video. Please download the file: video/mp4

ކޮމެންޓް

އިތުރަށް ކިޔާލަން

"މޮހޮނަށް ދޯނި ދިނުމަށް" ބައްޓަންވެފައި އޮތް ނިޒާމު، އެފުށް މިފުށަށް!

"މޮހޮނަށް ދޯނި ދިނުމަށް" ބައްޓަންވެފައި އޮތް ނިޒާމު، އެފުށް މިފުށަށް!

13 އޮކްޓޯބަރު 2019
ޔާމީން ސަރުކާރުން އަނިޔާކުރި ފުލުހުންގެ ހިމާޔަތުގައި ނުނިކުތީ ކީއްވެ؟

ޔާމީން ސަރުކާރުން އަނިޔާކުރި ފުލުހުންގެ ހިމާޔަތުގައި ނުނިކުތީ ކީއްވެ؟

10 ޖުލައި 2019
ފުލުހުންގެ ހަމައެއް އިންސާފެއް ނެތް ވަރު އަނެއްކާ ވެސް މާލޭ މަގުމަތިން

ފުލުހުންގެ ހަމައެއް އިންސާފެއް ނެތް ވަރު އަނެއްކާ ވެސް މާލޭ މަގުމަތިން

01 އޯގަސްޓު 2018
ޓްރެފިކް ފުލުހުންގެ ކަމަކީ ސްޓިކާ ޖެހުން އެކަނިތަ!

ޓްރެފިކް ފުލުހުންގެ ކަމަކީ ސްޓިކާ ޖެހުން އެކަނިތަ!

02 އެޕްރީލު 2018
މައިކް އަތުލައި، ފުލުހުންގެ އަނިޔާ ލިބެންދެން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހުސެއިން ދެއްކީ ނަމޫނާއެއް!

މައިކް އަތުލައި، ފުލުހުންގެ އަނިޔާ ލިބެންދެން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހުސެއިން ދެއްކީ ނަމޫނާއެއް!

17 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު