Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެކްސިޓް

ބްރެކްސިޓް: މޭގެ ވިޔަފާރީގެ ޕްލޭން މަސައްކަތް ނުކުރާނެ ކަމަށް ޔޫރަޕިއަން ކައުންސިލްގެ ވެރިޔާ ވިދާޅުވެެއްޖެ

އިނގިރޭސި ވިލާތް އީޔޫއިން ވަކިވާނީ 29 މާޗް 2019ގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 21 ސެޕްޓެމްބަރު 2018 | ހުކުރު 04:27
ޔޫރަޕިއަން ކައުންސިލްގެ ވެރިޔާ ޑޮނަލްޑް ޓަސްކް

ޔޫރަޕިއަން ކައުންސިލްގެ ވެރިޔާ ޑޮނަލްޑް ޓަސްކް

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް ފަހު އީޔޫއާ އެކު އިގްތިސާދީ ގުޅުން ބޭއްވުމަށް ބޮޑުވަޒީރު ތެރީސާ މޭ ހުށަހަޅުއްވާފައިވާ ހުށަހެޅުމަކީ މަސައްކަތްކުރާނެ ޕްލޭނެއް ނޫން ކަމަށް ޔޫރަޕިއަން ކައުންސިލްގެ ވެރިޔާ ޑޮނަލްޑް ޓަސްކް ވިދާޅުވެއްޖެއެވެ.

އީޔޫއިން ވަކިވުމާ ބެހޭ ގޮތުން އިނގިރޭސި ވިލާތް ފިޔަވައި ދެން ތިބި ގައުމުގެ ވެރިން ސެލްްޒްބަރގްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓަސްކް ވިދާޅުވީ މޭގެ ޕްލޭންގެ ސަބަބުން ޔޫރަޕްގެ ސިންގަލް މާކެޓް ގެއްލުމުގެ ބިރު ބޮޑުވާ ކަމަށެވެ.

ބޮޑުވަޒީރު މޭ ވިދާޅުވެފައި ވަނީ ނޮދަރން އަޔަރލެންޑްގެ ތެރެއިން މައްސަލަ ދިމާ ނުވާނެ ހަމައެކަނި ގޮތަކީ އެކަމަނާ ހުށަހެޅުއްވި ހުށަހެޅުއްވުން ކަމަށެވެ.

އެ ކަމަނާ ވިދާޅުވީ ޓަސްކްއާ އެކު ވަރަށް ސީދަލަށް ވާހަކަ ދެކެވިފައިވާނެ ކަމަށެވެ.

"ރަނގަޅުު، ކަންބޮޑުވުން ފާޅުކުރައްވާފައިވޭ އަދި އަޅުުގަނޑު ބޭނުން އެ ކަންބޮޑުވުންތަކަކީ ކޮބައިކަން އެނގެން" މޭ ވިދާޅުވިއެވެ.

މޭ ވިދާޅުވީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން އަދި އެބަ އޮތް ކަމަށެވެ. އަދި އެއްވެސް އެއްބަސްވުމަކަށް ނުދެވިއްޖެ ހާލަތަކަށް ވެސް އެ ގައުމުން ދިޔައީ ތައްޔާރުވަމުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވާނީ 29 މާޗް 2019 ގައެވެ. އީޔޫ އިން ވަކިވުމަށް ފަހު އެ ޖަމާއަތާ އިނގިރޭސި ވިލާތާ ދެމެދު އޮންނާނެ ގުޅުންތަކާ ބެހޭ ގޮތުން އެއްބަސްވުންތަކަކަށް ދިއުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

އީޔޫ އިން ވަކިވުމަށް ފަހު ނޮދަރން އަޔަރލެނޑްގެ ސަރަހައްދީ ރޮނގުތަކުން ޗެކްކުރާ ޗެކްކުރުންތަކުން ސަލާމަތްވުމަށް ހެދޭ އެއްބަސްވުން ފަދަ އެތައް ދާއިރާއަކުން އަދި ވަނީ އެއްބަސްވުމަކަށް ނާދެވިއެވެ.

އިތުރަށް ކިޔާލަން

23 ޖޫން 2017

އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭގެ ވާހަކަތައް ރެކޯޑް ނުކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވެެއްޖެ

23 ޖޫން 2017
އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭގެ ވާހަކަތައް ރެކޯޑް ނުކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވެެއްޖެ
12 ޖޫން 2017

އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ

12 ޖޫން 2017
އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ
07 ޖޫން 2017

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

07 ޖޫން 2017
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި
01 ޖޫން 2017

ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި

01 ޖޫން 2017
ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި
13 މެއި 2017

ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

13 މެއި 2017
ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!
03 އެޕްރީލު 2017

އަޑިއަށްދިއަ ދެކުނު ކޮރެއާގެ އާގު ބޯޓުން ދިރިހުއްޓައި މީހަކު ފެނޭތޯ މަސައްކަތް ކުރަނީ

03 އެޕްރީލު 2017
އަޑިއަށްދިއަ ދެކުނު ކޮރެއާގެ އާގު ބޯޓުން ދިރިހުއްޓައި މީހަކު ފެނޭތޯ މަސައްކަތް ކުރަނީ
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
25 ފެބުރުއަރީ 2017

ތާވަލުގެ ކުރިޔަށް މެކްސިކޯ ފާރުގެ މަސައްކަތް ފަށާންނަ: ޓްރަމްޕް

25 ފެބުރުއަރީ 2017
ތާވަލުގެ ކުރިޔަށް މެކްސިކޯ ފާރުގެ މަސައްކަތް ފަށާންނަ: ޓްރަމްޕް
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
17 ޖެނުއަރީ 2017

އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

17 ޖެނުއަރީ 2017
އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު