Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ރައީސް ޔާމީންގެ ސިޔާސަތަކީ ބިރުވެރި ސިޔާސަތެއް: ނިޒާރު

ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަވަން އެބަޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 18:23
ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސިޔާސަތަކީ ބިރުވެރި ސިޔާސަތެއް ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުރާސްފަތި ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގެ އިތުރު ދައުރެއް ހޭދަ ކުރައްވައިފިނަމަ މިނިވަންކަމާއެކު ހުންނަ ސިޔާސީ މީހެއް ނެތް ތާނގައި ފުރާނަ ހުރި ސިޔާސީ މީހެއް ވެސް ނުހުންނާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަވަން އެބަޖެހޭ ކަމަށާއި އެއީ ނުދައްކާ ދޫކޮށްލާވަރުގެ ވާހަކައެއް ނޫން ކަމަށް ނިޒާރު ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ރައީސް ޔާމީން އިތުރު ދައުރެއް ވެރިކަމުގައި ހޭދަކޮށްފިނަމަ މިނިވަންކަމާއެކު އުޅޭނެ ސިޔާސީ މީހެއް ނެތް ތާނގައި ފުރާނަ ހުރި ސިޔާސީ މީހެއް ވެސް ހުންނާނެ ކަމަކީ ޝައްކެއް އޮތް ކަމެއް ނޫން. އަޅުގަނޑު ކުރިން ވެސް ފާހަގަކުރިން މީގެ 60 ނުވަތަ 50 އަހަރު ކުރީގައި ދެވޭ އަދަބަކީ އުމުރަށް، ތާ އަބަދު ބަލިވާ ކަހަލަ އަދަބު ދީގެން މި ރާއްޖޭގެ ސިޔާސީ ހާލަތު އެމީހުން ބޭނުން ގޮތަކަށް ބައްޓަން ކުރުން" ނިޒާރު ވިދާޅުވިއެވެ.

އަތޮޅުތައް ހިންގުމުގެ ހަމައެކަނި ހައްލަކީ ލާމަރުކަޒީކޮށް އަތޮޅުތައް ހިންގުން ކަމަށް ވިދާޅުވެ ނިޒާރު ވިދާޅުވީ ލާމަރުކަޒީ ޤާނޫނު ތަންފީޒުކޮށްދޭން ޖެހޭނެ ކަމަށެވެ. ރަށްތަކަށް ހައްޤުވާ މިންވަރު ނުދޭނަމަ ރާއްޖޭގެ ސިޔާސީ ބޭފުޅުން އެކަމާ ލަދު ގަންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އަތޮޅުތައް ހިންގޭނީ ހަމައެކަނި ލާމަރުކަޒުކޮށްގެން ކަމަށް ނިޒާރު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން އައްޑޫ ސިޓީއަށް އެއްވެސް ތަރައްޤީއެއް ނުގެންނަވާ ކަމަށާއި ސިޔާސީ ހަސަދައިގައި އައްޑޫ އަށް ހަދާލި ގޮތް ހުރިހާ ރައްޔިތުންނަށް ސާފު ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ވެރިކަން ކުރުމުގެ ފުރުސަތު ބޮޑީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގްމޭޓް ފައިސަލް ނަސީމް އަކަށް ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލިކުރަން ޖެހޭނެ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

މި ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެކަމަނާ ވަނީ މި ޤައުމު އަނިޔާވެރިކަމުން ސަލާމަތްކޮށް ދިނުމަށް ހުރިހާ ރައްޔިތުން ނިކުމެ އިބޫ އަށް ވޯޓު ދީ "އަނިޔާވެރި މި ސަރުކާރަށް ނިމުމެއް ގެނައުމަށް" ނެރުއްވި ވީޑިއޯ އިންޓަވިއުއެއްގައި އިލްތިމާސް ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު