Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިިޔާސީ ރޭސް

އެޗްއާރްސީއެމްގެ ކުރީގެ ނާއިބު ރައީސް އެ ކޮމިޝަނުގެ މެމްބަރުންނަށް ބަހުސްއަކަށް ވަޑައިގަތުމަށް ގޮވާލައްވައިފި

20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 12:40

ބަޔާނުގައި ހިމަނާފައިވަނީ ހަޤީޤަތާ ޚިލާފް ވާހަކަތަކެއް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 12:40
ތޮލާލް ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި

ތޮލާލް ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި

ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ މާހައުލެއް އޮތް ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނެރެފައިވާ ބަޔާނުގައި ހާމަކޮށްފައިވާ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފް ވާހަކަތަކެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން އެ ކޮމިޝަންގެ މެންބަރުންނަށް ބަހުސްއަކަށް ވަޑައިގަތުމަށް އެ ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އަހްމަދު ތޮލާލް ގޮންޖައްސަވައިފިއެވެ.

ރާއްޖެ ޓީވީން ގެނެސްދޭ "އިލެކްޝަން ރޫމް" ގައި ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ އެޗްއާރްސީއެމްއިން އޮގަސްޓް 30 ވަނަ ދުވަހު ނެރެފައިވާ ބަޔާނުގައި ހުރި ހަޤީޤަތާއި ޚިލާފް ވާހަކަތަކާ ގުޅޭ ގޮތުން، ކޮމިޝަނުގެ މެމްބަރުންނާ އެކު ބަހުސަކަށް އަރާވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށާއި، ކޮމިޝަނުގެ މެމްބަރުންނަށް އެކަމަށް ދައުވަތު އަރުވާ ކަމަށެވެ.

Advertisement - newsAdvertisement

ތޮލާލް ވިދާޅުވީ އާއްމު ގޮތެއްގައި އިންތިޚާބުގެ މާހައުލު ވަޒަންކުރުމަށްޓަކައި އެޗްއާރްސީއެމް އިން ދުރާލާ ބަލާ ކަންތައްތައް ރަނގަޅަށް އެގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގައި މި އޮތް ހާލަތަށް ސަނާ ކިޔައި، އެޗްއާރްސީއެމްއިން ނެރެފައިވާ ބަޔާނަކީ، އެ މިންގަނޑުތަކަށް އެކަށީގެންވާ މިންވަރަށް ބެލުމަށް ފަހު ނެރެފައިވާ ބަޔާނެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.

ޓްރާންޕޭރަންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަގާމު ފުރުއްވާ ތޮލާލު ވިދާޅުވީ "ޓީއެމް" އިން ހެދި ދިރާސާއަށް ބަލާއިރު ރާއްޖޭގައި އިންތިޚާބު ބާއްވަން އެކަށޭނެ މާހައުލެއް ނެތް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހާލަތު އޮތް ގޮތް ދެ ބަޔަކު ހާމަކުރާ ގޮތުގައި އެހާބޮޑު ތަފާތެއް އުޅެގެންވާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭނެ ކަމަށް ތޮލާލް ވިދާޅުވިއެވެ

"މިހާރު މި އޮތް ހާލަތަށް ސަނާ ކިޔައި ދައުލަތުގެ ހުރި މައްސަލަތައް ފަހަރުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނާ ގޮތަކަށް އެޗްއާރްސީއެމްއިން ބުނަން ބޭނުން ނުވެދާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އިނގޭ އެއްޗަކީ، ކަށަވަރުވާ އެއްޗަކީ ހަމަގައިމު ވެސް މިއޮތް މާހައުލަށް ސަނާ ކިޔާފައި މި އޮތް މާހައުލަކީ އިންތިޚާބު ބޭއްވުމަށް އެންމެ ރަގަޅު މާހަލުކަމުގައި ބުނަންޏާމު އެއީ ހަޤީޤަތާއި ހިލާފް ވާހަކައެއް. ހަމަގައިމު ވެސް މިހާރު ވެސް މި ތަނުގައި އަޅުގަނޑު މިހިރީ ހަމަ ކޮންމެ ގަޑިއެއްގައި ވެސް އެޗްއާރްސީއެމް އިން މި ބަޔާން ދިފާއުކުރައްވާ ކަމުގައި ވަންޏާމު އަޅުގަނޑު މިހިރީ މި ބަޔާނުގައި ހުރި އެއްޗަކަށް ގޮންޖަހާ އޭގައި ހުރި މައްސަލަތައް ފާހަގަކުރަން ތައްޔާރަށް" ތޮލާލް ވިދާޅުވިއެވެ.

އެޗްސީއާރއެމް. އިން މިއަހަރުގެ އޮގަސްޓްމަހުގެ 30 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާތަނަށް އެ ކޮމިޝަންގެ ފަރާތުން ކުރެވުނު މަސައްކަތުގެ އަލީގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ފެންނަ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮމިޝަނުގެ ޓީމްތަކުން ޒިޔާރަތްކޮށް އެ ރަށްރަށުގައި އިންތިޚާބު ބޭއްވޭނެ މާހައުލެއް ޤާއިމުވެފައިވޭތޯ ދެނެގަނެވިފައިވާ ކަމަށެވެ.

ނަމަވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ އިންތިޚާބާ ދިމާކޮށް ކަންކަން ހިނގަމުންދާ ގޮތުން އިންތިޚާބުގައި ވޯޓުލާ ފަރާތްތަކުގެ ހައްގުތަކަށް ވަރަށް ބޮޑަށް އުނިކަން އައިސްފައިވާ ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވެސް އިންތިޚާބުގެ ކަންތައްތަކާ ގުޅޭ ގޮތުން އެ ޕާޓީތަކުގެ ގިނަ ކަންބޮޑުވުންތައް ހުރިކަން ފާހަގަކޮށްލެވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް