Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްއެމްޕީއާރްސީ ޚިޔާނާތް

އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލަ އަދީބާ ހިސާބުން ނިންމާލެވޭކަށް ނެތް!

ޚިޔާނާތުގެ އެވަރުގެ ކަމެއް ހިނގުމުން ވެސް އެމްއެމްޕީއާރްސީގެ ޗެއަރމަން އިސްތިއުފާ ދެއްވާފައެއް ނުވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 13:52
ޚިޔާނާތުގެ މައްސަލަތައް ފެންމަތިވުމުން އެމްއެމްޕީއާރްސީ ބަންދުކޮށް، ފުލުހުން 2015 ވަނަ އަހަރު ފޯރިމަރަނީ

ޚިޔާނާތުގެ މައްސަލަތައް ފެންމަތިވުމުން އެމްއެމްޕީއާރްސީ ބަންދުކޮށް، ފުލުހުން 2015 ވަނަ އަހަރު ފޯރިމަރަނީ

ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ އެންމެ ބޮޑު އެއް ވައްކަމަކީ ސަރުކާރުގެ ކުންފުނި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތުގެ މައްސަލައެވެ. ސަރުކާރުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެޚިޔާނާތުގެ އަގު 1.2 ބިލިއަން ރުފިޔާއަށް އަރައެވެ. މަސްދަރުތަކުން ލިބޭ މައުލޫމާތަށް ބަލާއިރު، ސަރުކާރުން ސިއްރުކޮށްފައިވާ މުއާމަލާތްތަކާއި، ރަނގަޅަށް ތަހުޤީޤު ނުކުރެވުމުގެ ސަބަބުން ހޯދިފައިނުވާ ފައިސާ އެއްކޮށްލުމުން، މި ޚިޔާނާތުގެ އަގު މި އަށް ވުރެ ދެގުނަ ބޮޑު ވާނެއެވެ.

އެމްއެމްޕީއާރްސީގެ އެ ބޮޑު ޚިޔާނާތް އަޅުގަނޑުމެންނަށް ފެނުނީ އެންމެ ދެތިން މީހަކާ ހަމައިން ނިންމާލިތަނެވެ. ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޒިޔަތުގެ ބޮލުގައި ހުރިހާ ކަމެއް އަޅުވައި، އެކަން ހިންދާލިއެވެ. އެހެންނަމަވެސް، އެމްއެމްޕީއާރްސީގެ މައްސަލަ މިހާ ހިސާބުން އަދި ނިންމާލެވޭކަށް ނެތެވެ. އެކުންފުނީގައި އޭރު މަސައްކަތް ކުރި އެހެން ވެރިން ކޮބައިތޯއެވެ؟ ގައިމު ބިލިއަނަކަށް ވުރެ ބޮޑު އަދަދެއް ބަޔަކު ވަގަށް ނެގިއިރު، އެކަން ހިނގި ގޮތް ރޭކާލާނެ ބަޔަކު އެތާ ތިބެންވާނެއެވެ.

އެމްއެމްޕީއާރްސީގެ ޗެއަރމަންގެ ގޮތުގައި މިހާރު ވެސް ހުންނެވި މުހައްމަދު ޚަލީލަކީ އޭރު ވެސް އެކުންފުނީގެ ޗެއަރމަނެވެ. ދުވަހުން ދުވަހަށް ހިނގާ ކުންފުނީގެ ކަންކަން އެނގިނުލެއްވިޔަސް، ގައިމު ކުންފުންޏެއްގެ ޗެއަރމަނަކަށް އެވަރުވާއިރު އެނގިލައްވަން ޖެހޭނެ ނޫންތޯއެވެ؟ ނޫން ނަމަ އެމަޤާމަށް ކުފޫ ހަމަނުވަނީ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންނަމަވެސް ޚަލީލަކީ އެހާ 'ގަމާރު' ބޭފުޅެއް ނޫނެވެ. އެހާ ތަންދޮރު ނުދަންނަ ނަމަ، ބޮޑު އެއަރލައިނެއް ފެއްޓެވުމުގެ މަސައްކަތުގައި ނޫޅުއްވާނެއެވެ. އެހެން ނަމަ ދ. އެއަރޕޯޓާއި އެ ނޫން ވެސް މަސައްކަތްތައް ނުކުރެއްވޭނެއެވެ. ރައްޔިތުންގެ ހައްޤުގައި، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އެނގިވަޑައިގެން ހުންނެވި މައުލޫމާތެއް ރައްޔިތުންނަށް ސާފުކޮށްދެއްވަން ވާނެއެވެ. ރައްޔިތުން ސުވާލުކުރާނެއެވެ. އެއީ ދ. އަތޮޅުގެ އެއް ފަޅުތެރޭގައި އޮތް އެތައް ރަށެއް ޚަލީލުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ލިބުނީ ކިހިނެއްކަމާ މެދު ރައްޔިތުން ސުވާލު އުފައްދާ ފަދައިންނެވެ. އަދި މާލެ އަތޮޅުން ލިބުނު ކަމަށް ބުނާ ފަޅުގެ ވާހަކަ ވެސް އަހާ ފަދައިންނެވެ. އަނެއްކޮޅުން އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިނގިއިރު އެތަނުގެ ޗެއަރމަނަކަށް ހުންނެވި ބޭފުޅާ މިއަދު ވެސް އެތަނުގެ ޗެއަރމަނަކަށް ހުންނެވުމުން، ރައީސް ޔާމީން އެބޭފުޅާ އަށް ކުރައްވާ އިތުބާރު އެ ފެންނަނީއެވެ. ރައީސް ޔާމީން އިތުބާރު ކުރައްވާ ބޭފުޅުންނާ މެދު ރައްޔިތުން ދެކޭ ގޮތް އެންމެން ދަނެއެވެ.

އެމްއެމްޕީއާރްސީގެ ޗެއަރމަންގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ރަށްތައް ދިން ދ. އަތޮޅު ފަޅު

އެވަރުގެ ބޮޑު ކަމެއް ހިނގުމުން ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ކަންކުރާ ގޮތަކީ އެކަމުގައި ޒިންމާވާ އެންމެންނާއިއެކު ޒިންމާ އުފުލަން ފެއިލްވި ފަރާތްތަކުން ވެސް މަޤާމުން އިސްތިއުފާ ދެއްވުމެވެ.

ރާއްޖެއެމްވީ އިން ކުރި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން ޚަލީލު ވިދާޅުވީ ދ. އަތޮޅު ޕްރޮޖެކްޓްތަކަކީ ޤަވާޢިދާ އެއްގޮތަށް ހިންގާ ޕްރޮޖެކްޓްތަކެއް ކަމަށާއި، އެ މަސައްކަތްތައް ލިބިވަޑައިގަތީ އޭނާ އެމްއެމްޕީއާރްސީގެ ޗެއަރމަންކަމާއި ހަވާލުވުމުގެ ކުރިން ކަމަށެވެ. އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅޭ ގޮތުން ދެންނެވި ސުވާލުތަކަށް ޚަލީލު ޖަވާބު ދެއްވާފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ޗެއަރމަން ހަލީލް

ޚިޔާނާތުގެ ބޮޑު ކަންތައްގަނޑަކަށް ފަހު، ކުންފުނި ރީސްޓްރަކްޗަރކޮށް، ކަންކަން އިސްލާހުކުރަން ވުމުން، ރައީސް ޔާމީން އެތަނަށް ފޮނުއްވީ ހާރިސް މުހައްމަދާއި އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ރައީސް އަހުމަދު ޝަރީފްމެން ފަދަ ބޭބޭފުޅުންނެވެ. އެވަރުގެ ބޮޑު ކަމެއް ހިނގުމުން، ރައީސް ޔާމީން އެންމެ އިތުބާރު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ޝަރީފް އެތަނުގެ ބޯޑަށް އައްޔަން ކުރެއްވުމުން، އަނެއްކާ ވެސް ރައްޔިތުން އެކަމުގައި ކުރަން ޖެހޭ ސުވާލުތަކާއި، އިންތިޚާބު ބޯމަތިވުމުން ޝަރީފް އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް ފޮނުއްވުމުން ރައްޔިތުން ކުރަން ޖެހޭ ސުވާލުތަކުގައި މާބޮޑު ތަފާތެއް ނެތެވެ.

ދެން ހުންނެވީ ހާރިސްއެވެ. ރާއްޖޭގެ މަލްޓިބިލިއަން ޑޮލަރުގެ ފަތުރުވެރިކަމުގެ ސިނާޢަތު ޕްރޮމޯޓްކުރަން ހަވާލުކުރަން ވާނީ އެކަމަށް ޤާބިލް ބޭފުޅަކާއެވެ. ޚާއްސަކޮށް އެފަދަ ބޮޑު ޚިޔާނާތެއް ހިންގުމުން ދެން އެކުންފުންޏާއި ހަވާލުވާން ޖެހޭނީ ކަމަށް ޤާބިލް ބޭފުޅެކެވެ. އެހެންނަމަވެސް ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ މާބޮޑު ތަޖުރިބާއެއް ނެތް ހާރިސް އެތަނަށް ލެއްވިއިރު، އޭނާ ހުންނެވީ އެއަރޕޯޓުގެ ސެކިއުރިޓީއިން މެނޭޖްކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމަށް ވެއެވެ.

އެމްއެމްޕީއާރްސީގެ ބޯޑުގައި މިހާރު ތިއްބެވި ބޭފުޅުން

ހާރިސްގެ އިތުރަށް މިހާރު ބޯޑުގައި ތިއްބެވީ އައިޝަތު ދީނާ މުހައްމަދާއި ޝިޒްލީން މުހައްމަދެވެ.

ޚަލީލާއި، ޝަރީފާއި، ޙާރިސްއާ މި ބޭބޭފުޅުންނާ ސުވާލުކުރަން ޖެހެއެވެ. އެބޭފުޅުންނަކީ ޚިޔާނާތުގައި ބައިވެރިވި ބޭފުޅުންނަށް ނުވެދާނެއެވެ. އެހެން ނަމަވެސް، ބޯޑުގައި ތިއްބަވައިގެން އެނގިވަޑައިގެންނެވި އެކައްޗެއް ވެސް ނެތިއްޔާ ދެން އެތަނުގެ ބޯޑަށް ގްރޭޑް 7 ގައި ކިޔަވާ ދެތިން ކުދިން ލާފައި ބޭތިއްބިޔަސް މާ ރަނގަޅުވާނެ ނޫންތޯއެވެ. ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެއެވެ. ކަންކަން ބެލޭނެ ދުވަހެއް އަންނާނެއެވެ. އަދީބާ ހަމައިންނެއް އެމްއެމްޕީއާރްސީގެ މައްސަލަ އަދިއެއް ނުނިމެއެވެ. ނެރެމުންދާ ރިޕޯޓުތަކުން ދައްކަނީ އެފަދަ މަންޒަރެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

09 އޯގަސްޓު 2017
ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

27 ޖުލައި 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު