Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ބަޔާން

ދައުލަތުގެ ފައިސާ ގެއްލުން: ގައުމީ އަދި ބައިނަލް އަގްވާމީ ތަހުގީގުތަކަށް އެއްބާރުލުން ދޭން ތައްޔާރު: އަދީބު

17 ސެޕްޓެމްބަރު 2018 | ހޯމަ 08:33

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީން ތުހުމަތު ކުރައްވަނީ އަދީބުގެ މައްޗަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 ސެޕްޓެމްބަރު 2018 | ހޯމަ 08:33
ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަދީބު

ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަދީބު | ރައީސް އޮފީސް

ދެން އަންނަ ވެރިކަމަކުން ހިންގާ ގައުމީ އަދި ބައިނަލްއަގްވާމީ ތަހުގީގު ތަކަށް މިހުރީ ފުރިހަމައަށް އެއްބާރުލުންދީ، ދައުލަތުން ގެއްލުނު ފައިސާ ހޯދަން ކުރާ މަސައްކަތުގައި އެހީތެރިވެދެއްވަން ތައްޔާރަށް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަތަކެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ތުހުމަތު ކުރެވޭއިރު، އަދި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ގެއްލިފައިވާ ދައުލަތުގެ ފައިސާ ހޯދުމަށް ދެން އަންނަ ސަރުކާރަކުން ބަލާނެ ކަމަށް ބެލެވޭ ތަހުގީގުތަކުގެ ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް އަދީބު ހޯމަ ދުވަހު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ. އަދީބަކީ އޭރު ރައީސް ޔާމީނާއި ސަރުކާރުގެ އިސްވެރިން ބުނާ ގޮތުން ޕީޕީއެމުން ފައިސާ ނަގާ "އޭޓީއެމް" މެޝިނެވެ. އެހެންކަމުން ދިވެހި ގިނަ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ ވަރަށް ސައްހަ މައުލޫމާތު އަދީބަށް އެނގިވަޑައިގަންނަވާނެ އެވެ. ނަމަވެސް އަދީބަކީ އެމްއެމްޕީއާރުސީގެ ހިނާޔާތަށް ތުހުމަތު ކުރެވޭ، އަދި ޝަރީއަތްތަކެއް ވެސް އެމަނިކިފާނުގެ މައްޗަށް ހިންގެމުންދާ ބޭފުޅެކެވެ.

Advertisement - newsAdvertisement

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާތައްވީ އަދީބުގެ އަތުގައި ކަމަށް ސަރުކާރުން ބުނަމުންދާއިރު، އަދީބު ތުހުމަތު ކުރައްވަނީ ރައީސް ޔާމީންގެ މައްޗަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު ރައީސް ޔާމީންގެ އަމިއްލަފުޅު ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުން ވަނީ ހާމަވެފަ އެވެ. އަދި އެފައިސާ ރައީސް ޔާމީން ބޭނުން ކުރައްވާފައިވާ ކަމަށްވެސް އަދީބު ވަނީ ވިދާޅުވެފަ އެވެ.

އަންނަ އާދިއްތަ ދުވަހު ރިޔާސީ އިންތިހާބު ބާއްވާއިރު، އަދީބު ގެންދަވަނީ ޖަލުގައި އިންނަވައިގެން ރައީސް ޔާމީނާއި ސަރުކާރުން ހިންގާފައިވާ ކަމަށް ބުނާ ކަންތައްތަކެއް ބަޔާންތަކެއްގެ ސިފައިގައި ހާމަ ކުރައްވަމުން ނެވެ.

ހޯމަ ދުވަހު އަދީބުގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ސިޔާސީ މީހެއްގެ އެންމެ ވަރުގަދަ ބަރުހަތިޔާރަކީ އެމީހެއް ބުނާ ބަހުގެ ބުރަދަނާއި ވެވޭ ވައުދެއް ކޮންމެ ހާލެއްގައިވެސް ފުއްދާނެ ކަމުގެ އިތުބާރު ކަމަށެވެ. އެގޮތުން މިއަދު ރައީސް ޔާމީން އަކީ ދިވެހި ގައުމު އަދި މުޅި ދުނިޔެ އިތުބާރު ގެއްލިފައިވާ ފަރާތަކަށް ވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ މުޅި ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުރި އެންމެ ބަހުގެ ބުރަދަން ހުރި ސިޔާސީ އެއް ލީޑަރު ކަމަށެވެ.

"ޤައުމަށް ދިމާވެފައިވާ މިނާޒުކު ދަނޑިވަޅުގައި ރައީސް މައުމޫން، ރައީސް ނަޝީދު، އޮނަރަބަލް ޤާސިމް، ޝޭހް އިމްރާން، އަދި މިބޭފުޅުންގެ ޕާޓީ ތަކުންނާއި މިބޭފުޅުންނަށް ތާއިދު ކުރާ ފަރާތްތަކުން ޤައުމު އިސްކޮށް ރައްޔިތުންނަށް އެއް ކެންޑިޑޭޓަކާއި ރަނިންމޭޓެއް ނެރެދެއްވުމުން ތި ހުރިހާ ލީޑަރުންނާއި ޕާޓީތަކުގެ މެމްބަރުންނަށް އަޅުގަނޑު ހިތުގެ އަޑިން ޝުކުރު އަދާކުރަމެވެ." އަދީބުގެ ބަޔާނުގައި ވެއެވެ.

އަދީބުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާގެ އާއިލާ އާއި ރަހުމަތްތެރިންނާއި އަދި އަދީބަށް ތާއީދު ކުރާ ހެޔޮ އެދޭ ފަރާތްތަކާއި އަދި އަނިޔާވެރިކަމާއި ދެކޮޅު ހުރިހާ ދިވެހި ރައްޔިތުން، ކެންޑިޑޭޓް ނަންބަރު 2، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ފައިސަލް ނަސީމް އަށް ވޯޓު ދެއްވާ، ދިވެހި ތާރިހްގައި ލިޔެވޭނެހާ ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލިކޮށް އެ ދެބޭފުޅުން ހޮވާދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް