Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ބަޔާން

ރައީސް ޔާމީންގެ އެކައުންޓަށް ވަދެވަފައިވާ 1 މިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފަ: އަދީބު

17 ސެޕްޓެމްބަރު 2018 | ހޯމަ 06:41

ރައީސް ޔާމީން ވިދާޅުވެފައި ވަނީ އަދީބު ޖަމާކުރި ފައިސާ ކަމަށް، ނަމަވެސް އަދީބު ވިދާޅުވަނީ ޖަމާ ނުކުރައްވާ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 ސެޕްޓެމްބަރު 2018 | ހޯމަ 06:41
ރައީސް އަބްދުﷲ ޔާމީން: ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް މިސަރުކާރަށް ކުރެވޭ

ރައީސް އަބްދުﷲ ޔާމީން: ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް މިސަރުކާރަށް ކުރެވޭ

މޯލްޑިވްސް އިސްލާމިކް ބޭންކުގައިވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރު ވަނީ އެމަނިކުފާނު ބޭނުން ކުރައްވާފަ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އަދީބު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ރައީސް ޔާމީންގެ އިސްލާމިކް ބޭންކުގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ވަދެފައިވާ މައްސަލައިގައި އަދީބުއާ ސުވާލުކުރިއިރު ރައީސް ޔާމީން އޭސީސީއަށް ދެއްވާފައިވާ ބަޔާން އަދީބަށް ދެއްކެވި ކަމަށެވެ. އަދި އެ ބަޔާނުގައި ރައީސް ޔާމީން ވިދާލުވެފައި ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ކަމަށާއި 1 މިލިއަން ޑޮލަރު ވަދެފައިވާ ކަމަށާއި އަދި އެފައިސާ އެމަނިކުފާނު ބޭނުން ކުރައްވާފައިވާ ކަމަށް އިއުތިރާފު ވެވަޑައިގަންނަވާފައިވާ ކަމަށް އަދީބުގެ ބަޔާނުގައި ވެއެވެ.

Advertisement - newsAdvertisement

ނަމަވެސް އެއީ ރައީސް ޔާމީންގެ ކެމްޕެއިން ފައިސާކަމަށް ވިދާޅުވެފައިވާއިރު، އެފައިސާ ދެއްވާފައި ވަނީ އަދީބު ކަމަށް ރައީސް ޔާމީން އޭސީސީއަށް ދެއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވާ ކަމަށް އަދީބުގެ ބަޔާނުގައި ވެއެވެ.

އެކަމާ އޭސީސީން ސުވާލު ކުރުމުން އެ 1 މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ އަދީބު ނޫން ކަަމަށާއި އަދި ކެމްޕެއިނަށް ހެޔޮއެދޭ ފަރާތްތަކުން ދެނީ މަހަކު ގިނަ ވެގެން ލައްކައެއް ނުވަތަ ދެ ލައްކައެއްހާ ރުފިޔާ ކަމަށާއި ދުވަހަކު ވެސް ކެމްޕެއިނަށް 1 މިލިއަން ޑޮލަރު ލިބިފައި ނުވާނެ ކަމަށާއި ރައީސް ޔާމީން އެ ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށް އޭސީސީއަށް އަދީބު ދެއްވާފައިވާ ބަޔާނުގައި ވިދާޅުވެފައި ވާނެ ކަމަށް އަދީބު ހޯމަ ދުވަހު ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އަދީބުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެއީ އެމަނިކުފާނުގެ އަމިއްލަ ފައިސާ ކަމަށާއި އެ ފައިސާ އަނބުރާ ދައުލަތަށް ދައްކަން ނުޖެހޭނެ ކަމަށް ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާ ކަމަށްވެސް އަދީބުގެ ބަޔާނުގައި ވެއެވެ.

"މީގެން ދޭހަވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ގެއްލިފައިވާ ބައި ރުފިޔާއެއް ވެސް ރައީސް ޔާމީންގެ ވެރިކަން އޮތްހާ ހިނދަކު ދައުލަތަކަށް އަނބުރާ ނުހޯދޭނެ ކަމަށެވެ." އަދީބުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރު ބޭނުން ކުރައްވާފައިވާ ކަމަށް އަދީބު ވިދާޅުވެފައިވާއިރު، "ރާއްޖެއެމްވީ"އަށް ވެސް އިތުބާރުކުރެވޭ ފަރާތަކުން ވަނީ ރައީސް ޔާމީން އެފައިސާ ބޭނުން ކުރައްވާފައިވާ ކަމުގެ މައުލޫމާތު ލިބިފަ އެވެ.

ނަމަވެސް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރު، އެ ހުރިގޮތަށް ބޭނުން ނުކޮށް އެބަހުރި ކަމަށެވެ.

އަދީބު ނެރުއްވާ ބަޔާންތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވެފައި ވަނީ އަދީބުގެ ބަޔާންތަކަށް ކޮމެންޓެއް ކުރައްވަން ބޭނުންފުޅު ނުވާކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް