Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ކޮލަމާފުށިން ހައްޔަރުކުރި މީހުންނަށް ވޯޓުލުމުގެ ފުރުސަތުދޭންޖެހޭނެ، ނުދޭނަމަ ކޯޓަށް ދާނަން: ވަކީލުން

17 ސެޕްޓެމްބަރު 2018 | ހޯމަ 14:41

ހަމަނުޖެހުމުގެ ތެރެއިން ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ ބަޔަކު ހައްޔަރުކުރުމުން އެއީ ސިޔާސީ މަޤްސަދެއްގައި ކުރިކަމެއްކަމަށް ބެލެވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 17 ސެޕްޓެމްބަރު 2018 | ހޯމަ 14:41
ޤާނޫނީ ވަކީލްް ހުސްނުއް ސުއޫދު ނޫސްވެރިންނަށް މަުއލޫމާތުދެއްވަނީ

ޤާނޫނީ ވަކީލްް ހުސްނުއް ސުއޫދު ނޫސްވެރިންނަށް މަުއލޫމާތުދެއްވަނީ

ޖަގަހައަކަށް ގެއްލުން ދިން މައްސަލައެއްގައި ޓެރަރިޒަމްގެ ތުހުމަތުކޮށް، ގއ. ކޮލަމާފުށިން ހައްޔަރުކުރި 18 މީހުންނަށް ވޯޓުލުމުގެ ހައްގުދޭންޖެހޭނެކަމަށާއި، ވޯޓުލުމުގެ ހައްޤުނުދޭނަމަ ހައިކޯޓަށް މައްސަލަ ހުށައަޅާނެކަމަށް ވަކީލުންގެ ޓީމުން ބުނެފި އެވެ.

ހައްޔަރުކޮށްފައިވާ 18 މީހުންގެ ވަކީލުންގެ ޓީމުން އާދިއްތަ ދުވަހު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު ވިދާޅުވީ ހައްޔަރުކުރި މިހުންގެ ބަންދުގެ މުއްދަތު ޖަހާފައިވާއިރު، އެ މީހުންނަށް ވޯޓުލުމުގެ ހައްޤު ނުދިނުމަށް މަސައްކަތްކުރައްވާކަމަށެވެ. ވޯޓުލުމުގެ ހައްޤަކީ ކޮންމެ ރައްޔިތަކަށްވެސް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްޤެއްކަން ފާހަގަކޮށް ސުއޫދު ވިދާޅުވީ އެ މީހުންނަށް ވޯޓުލުގެ ހައްޤު ފުލުހުން ދޭންޖެހޭނެ ކަމަށެވެ. އަދި ވޯޓުލުމުގެ ފުރުސަތު ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެކަން ފާހަގަކޮށް ސުއޫދު ވިދާޅުވީ ވަކި މުއްދަތަކަށް ބެލުމަށްފަހުގައި ވޯޓުލުމުގެ ފުރުސަތު ނުދިނުމަށް މަސައްކަތްކުރާކަމުގައިވާނަމަ މައްސަލަ ހައިކޯޓަށް ހުށައަޅުއްވާނެ ކަމަށެވެ.

Advertisement - newsAdvertisement

އިތުރަށް ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅު އިއްތިހާދުގެ ފަރާތުން އޮބަޒާވަރުންނަށް ކަނޑައަޅާފައިވާ ބައެއް މީހުން ހިމެނޭ ކަމަށެވެ. އަދި އެ މީހުން ހައްޔަރުކުރުމުން ވޯޓަށް އެކަމުގެ އަސަރުކުރާނެކަން ފާހަގަކޮށް ސުއޫދު ވިދާޅުވީ ހައްޔަރުކުރި މީހުންގެ ބަދަލުގައި އިތުރު އޮބްޒާވަރުން އައްޔަނުކުރުމަށް އިދިކޮޅު އިއްތިހާދަށް ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ހަމަނުޖެހުމުގެ ތެރެއިން ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ ބަޔަކު ހައްޔަރުކުރުމުން އެއީ ސިޔާސީ މަޤްސަދެއްގައި ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރިކަމެއްކަމަށް ބެލުމުގެ ފުރުސަަތު އެބަ އޮތް ކަމަށެވެ.

"އެކަމުގެ ސަބަބުން ހަޤީޤަތުގައި ވޯޓަށް އަސަރުކުރާނެ، ވޯޓަށް އަސަރުކުރާނެގޮތަކީ 118 މީހުނަނަށް ވޯޓުލުމުގެ ފުރުސަތު ނުލިބުމުގެ އިތުރުން ރައްޔިތުންތަކެއްގެ އަސާސީ ހައްޤެއް، އެވަރުގެ ބޮޑު އަސާސީ ހައްޤެއް ނިގުޅައިގަތުމުން"

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަކީލް ޝީނާ މުހައްމަދު ވިދާޅުވީ ވޯޓްގެ ނަން ކިޔުމާއެކު ކޯޓުގައި އިންނެވި ގާޒީ އެ ވާހަކަދެއްކެވުން ހުއްޓުވާފައިވާކަމަށެވެ. ނަމަވެސް ވޯޓުލުމުގެ ހައްޤު ކަށަވަރުކޮށްދިނުމަކީ ގާޒީގެވެސް ޒިންމާއެއް ކަމަށް ޝީނާ ވިދާޅުވި އެވެ.

"ވޯޓުލުމުގެ ހައްޤުގެ ވާހަކަ އަޅުގަނޑުމެން "ވޯޓު" މި ބަސްވެސް ކޯޓް ރޫމްތެރޭގައި އަޅުގަނޑުމެން ބޭނުންކުރި ހިސާބުން ފަނޑިޔާރު މަނިކުފާނު ވަނީ އަޅުގަނޑުމެން ހުއްޓުވައި، އެ ވާހަކަ ނުދެއްކޭނެ ކަމަށް ވިދާޅުވެފައި"

އިތުރަށް ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ އެ ހާދިސާއަކީ ޕީޕީއެމްގެ ސަޕޯޓަރުންތަކަކާއި އިދިކޮޅު ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އެއް ބަޔަކު އަނެއް ބައެއްގެ ދިދަ ފަތިތައް ކަނޑާލައި، ކޮންމެވެސް ވަރެއްގެ މާރާމާރީއެއް ހިންގި މައްސަލައެއް ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި އެއީ އެ މީހުން ހައްޔަރުކޮށް، ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރަންޖެހޭ ސަބަބެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ދިދަ ދެމުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ޕީޕީއެމްގެ ދިދަތަކަކާއި ޖަގަހައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި އެމްޑީޕީގެ 18 އެކްޓިވިސްޓަކު ކޮލަމާފުށިން ވަނީ ހައްޔަރުކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
06 ފެބުރުއަރީ 2017

ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

06 ފެބުރުއަރީ 2017
ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް