Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

އިބޫ އަކީ ޖަވާހިރެއް، ޅ އަތޮޅުން 100 ޕަސަންޓް ވޯޓް ލިބެންވާނެ: ޝެއިހް ހުސެއިން

ވެރިކަން ހަވާލުކުރާ މީހާގެ މައްޗަށް ޝަރުތުތަކެއްވޭ، އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ އަދުލުވެރިކަން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 ސެޕްޓެމްބަރު 2018 | ހޮނިހިރު 20:18
ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ޝެއިހް ހުސެއިން ރަޝީދު

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ޝެއިހް ހުސެއިން ރަޝީދު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އަކީ ޖަވާހިރެއް ކަމަށާއި ޅ. އަތޮޅުން އެމަނިކުފާނަށް 100 ޕަސަންޓް ވޯޓް ލިބެންވާނެ ކަމަށް ޝެއިހް ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޅ. ނައިފަރުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝެއިހް ހުސެއިން ވިދާޅުވީ ވެރިކަމަކީ މާތްﷲ ހަވާލުކުރައްވާ ކަމެއް ކަމަށާއި އެ ވެރިޔާގެ މައްޗަށް ޝަރުތަކެއް އެކުލެވިގެންވާ ކަމަށެވެ. އެގޮތުން އެންމެ މުހިންމު ޝަރުތަކީ އަދުލުވެރިކަން ކަމަށެވެ.

Advertisement - newsAdvertisement
"އެ ވެރިކަން ހަވާލުކުރާ މީހާގެ މައްޗަށް ޝަރުތުތަކެއްވޭ، އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ އަދުލުވެރިކަން. އަދުލު އިންސާފު، އަހްލާގެއް ހުރުން، ގޮތެއް ފޮތެއް ހުރުން، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގެންގުޅުން، ހަމައެއާ އެކީ ތިމާގެ ނަފްސު ދެކެ ލޯބިވާ ފަދައިން ރައްޔިތުން ދެކެ ލޯބިވުން. އަމާނާތްތެރިވުން، ތިމާއަށް ހަވާލުވާ މުދަލާއި ތަކެއްޗަށް ހިޔާނާތް ނުވުން، މިހެން ގޮސް ޝަރުތަކެއް އެބަހުރި، މި ޝަރުތުތައް ފުރިހަމަވާ މީހާއަށް ކިޔަނީ އޭނާ އަކީ ވެރިޔެކޭ، އެހެންނޫނީޔާ ވާނީ ބަލާވެރިޔަކަށް ނޫންތޯ؟ މިހާރުވެސް ޖެހިގެން މިއުޅެނީ އެ މައްސަލަ ނޫންތޯ އަޅުގަނޑުމެންނަށް" ޝެއިހް ހުސެއިން ވިދާޅުވިއެވެ.

ޝެއިހް ހުސެއިން ވިދާޅުވީ އިދިކޮޅު މީހުން ވަރަށް ގިނައިން ދައްކާ ވާހަކައަކީ އިބޫ ހޮވިއްޖެއްޔާ އިސްލާމްދީން ނޯންނާނެ ވާހަކަކަން ކަމަށާއި އެމީހުން ކަންތައް ކުރަމުންދާ ގޮތުން ދީނަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަނިޔާވެރިކަމާއި އަދުލު އިންސާފު ގެއްލުވާލުމާއި ވައްކަން ކުރުމާއި ހިޔާނާތްތެރިވުމާއި ދޮގު ހެދުމުގެ އިތުރުން ބެންކޮކަށް ގޮސް އަންހެނުން ހޯދުމަކީ އެ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ދީން ކަމަށް ޝެއިހް ވިދާޅުވިއެވެ. އަދި އެ "ދީން" ކޯލިޝަނުން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާދިއްޕޮޅުގެ ހުރިހާ ރައްޔިތުން އިބޫއަށް ވޯޓު ދެއްވުމަށް ޝެއިހް ހުސެއިން ވަނީ އެދިވަޑައިގެންފައެވެ.

"ވަކިން ހާއްސަކޮށް އަޅުގަނޑު ފާދިއްޕޮޅުގެ ރައްޔިތުންނަށް ދަންނަވާނީ 80 ޕަސަންޓް، 70 ޕަސަންޓް، 50 ޕަސަންޓް، 90 ވިދާޅުނުވާށޭ، މި އަތޮޅުގެ 100 ޕަސަންޓް އިބޫއަށް ލިބެން ޖެހޭނެ. ސަބަބަކީ ކޮބައިތޯ؟ ގަނޑަކާއި ޖަވާހިރަކާ ދޭތި އޮންނައިރު ކޮން ކޮޅެއްތޯ ބަރުވާނީ؟ އެހެންވީމަ އިބޫ އަކީ މި އަތޮޅަށް ލިބުނު ބޮޑު ނިއުމަތެއް. އެމަނިކުފާނު ކުރިމަތި ލެއްވީތީ ޝުކުރު އަދާކުރަން" ޝެއިހް ހުސެއިން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
25 ފެބުރުއަރީ 2017

އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް

25 ފެބުރުއަރީ 2017
އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް
22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު