Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ގާފަރުގައި އިބޫއަށް ތާއިދުކޮށް ޖެހިލުމެއް ނެތި ނިކުން މުވައްޒަފުންނަށް ވެސް އެތައް ބައެއްގެ ޝުކުރު

16 ސެޕްޓެމްބަރު 2018 | އާދީއްތަ 06:17

ސްކޫލާއި ސިއްހީ މަރުކަޒާއި ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުން ނިކުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 06:17
ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ ގާފަރުގެ ބައެއް މީހުން އިބޫ އާއެކު ފޮޓޯއަކަށް ހުއްޓި

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ ގާފަރުގެ ބައެއް މީހުން އިބޫ އާއެކު ފޮޓޯއަކަށް ހުއްޓި

އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކ. ގާފަރަށް ހޮނިހިރު ދުވަހު ވަޑައިގެންނެވި އިރު އެރަށުން ވެސް ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައި އެވެ. އޭގެ ތެރެއިން ވެސް ފާހަގަ ކޮށްލެވުނު އެއް ބަޔަކީ ސިވިލް ސާވީސްގެ މުވައްޒަފުންތަކެއް އިބޫއަށް ތާއިދުކޮށް ނިކުތުމެވެ. އޭގެ ސބަބަބުން ރަށުގައި ތިބި އާންމު މެމްބަރުންނަށް ލިބުނީ އާ ހިތްވަރަކާއި ޖޯޝެކެވެ.

ގާފަރު ސްކޫލުގައި މަސައްކަތްކުރާ އިކްރާމް މާހިރު އާއި އަހްމަދު ސޮބާހް ވެގެން ދިޔައީ ހަމަ އެކަނި އިބޫއަށް ތާއިދުކޮށް ނިކުތް ދެ މީހުނަށް އެކަންޏެއް ނޫނެވެ. އިބޫ އެރަށަށް ވަޑައިގެން ވަގުތު އެމީހުން ނިކުތުމުގެ ސަބަބުތައް ވެސް މީޑިޔާތަކާ ހިއްސާ ކުރެި އެވެ. ސޮބާހް ރާއްޖެއެމްވީ އާ ވާހަކަ ދައްކަމުން ބުނީ އެމީހުން ނިކުތީ އަނިޔާއާ ދެކޮޅަށް ކަމަށެވެ. އަދި ބޭ އިންސާފާއި އަނިޔާއާ ދެކޮޅަށް އޭނާ ނިކުތީ ފިޔަވަޅެއް އަޅާފާނެތީ ބިރެއް ނެތި ކަމަށް ސޮބާހް ބުންޏެވެ. ގާފަރުގައި ތިބި އިބޫގެ ސަޕޯޓަރުންނާއި އެކު ބޭއްވި ބައްދަލުވުން ހުށައަޅައި ދީ، ގާފަރުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތައް އިބޫއަށް ހުށައަޅައި ދީފައި ވަނީ ގާފަރު ސްކޫލުގައި އިސްލާމް ޓީޗަރެއްގެ ގޮތުގައި ހުންނެވި ސޮބާހު އެވެ.

Advertisement - newsAdvertisement

އިބޫ ގާފަރަށް ވަޑައިގެން ވަގުތު އެމަނިކުފާނަށް މާބޮނޑިއެއް ވެދުން ކުރަނީ. ކުއްޖާ ގޮވައިގެން ހުރީ ގާފަރު ސްކޫލުގެ ޓީޗަރު ސޮބާހް

ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެނ މަސައްކަތް ކޮށްފައިވާ އަދި މިއަދު ވެސް އެ ވަޒީފާގައި ދެމިހުރި އިކްރާމް ވެސް ބުނީ އޭނާ ނިކުމެ ހުރީ ރާއްޖޭގައި ހިނގަމުންދާ އަނިޔާއާ ފަސާދަ ކޮރަޕްޝަނާ ދެކޮޅަށް ކަމަށެވެ. އޭނާ ޖެހިލުމެއް ނެތި މަސައްކަތް ކުރަން ޖެހުނީ އިސްލާހީ މަސައްކަތުގައި ނިކުންނަން ކޮންމެހެން ޖެހޭ ކަމަށް ދެކިގެން ނެވެ. ގާފަރު ސްކޫލުގައި މަސައްކަތްކުރާ އަޖްލާން ރަޝާދު އާއި އަހްމަދު އާޒިމްވެސް ނިކުތީ "އަނިޔާވެރިކަން" ބަދަލު ކުރަން ބޭނުންވެގެން ކަމަށް ބުނެ އެވެ.

ގާފަރު ކައުންސިލް އިދާރާގައި މަސައްކަތްކުރާ ހަސަން ހަމީސް އާއި އަލީ ނަސީރާއި ހަސަން ފަހީމް ވެސް އިބޫއަށް މަރުހަބާ ކިޔަން ފާޅުގައި ނިކުތީ ކޮންމެ ފިޔަވަޅެއް އެޅިޔަސް ހެޔޮ ކަމަށް ބުނެވެ. އެމީހުން ފަރުވާލެއް އެކަމަށް ނެތެވެ.

ގާފަރު ކައުންސިލް އިދާރާގައި މަސައްކަތްކުރާ ހަމީސް އާއި އޭނާގެ ބައްޕަ އިއްތިހާދުގެ ކެންޑިޑޭޓް އިބޫ އާއެކު ފޮޓޯއަކަށް ހުއްޓި

އިބޫ ގާފަރަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ ސަލާމް ކުރައްވަމުން ގެންދެވިރު ޖެހިލުމެއްނެތި ނިކުމެތިބި ސަރުކާރުގެ މި މުވައްްޒަފުންނަށް މީހުންގެ ސަމާލުކަން ދިޔަ އެވެ. ރަށުތެރޭގައި ވެސް އެމީހުންގެ ވާހަކަތައް ދެއްކި އެވެ. އެމީހުން ވެސް ބިރުނުގަނެ ނިކުން ވާހަކަ އެވެ.

ގާފަރު ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ އަބްދުﷲ ފަހުމީ ވެސް އިބޫއަށް މަރުހަބާ ކިޔުމަށް ނިކުތީ އޭގެ ސަބަބުން ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަމެއް އޮވެގެނެއް ނޫނެވެ. ވަޒީފާގެ ބިރު ސިއްޙީ ދާއިރާގައި މަަސައްކަތްކުރާ މުވައްޒަފުންނަށް އެހެން ރަށްރަށުގައި އޮތް ހެން ގާފަރުގައި ވެސް އެބަ އޮތެވެ. ނަމަވެސް އޭނާ ވެސް މި ފަހަރު ސަޕޯޓުކުރާ ރިޔާސީ ކެންޑިޑޭޓަކީ އިބޫ ކަމަށްވާތީ ސަޕޯޓަރުންގެ ސަފުން ގޮސް ޖާގަ ހޯދީ އެވެ.

އިބޫ ގާފަރަށް ވަޑައިގެން ވަގުތު އެރަށުން މީހުން މަރުހަބާ ކިޔުމަށް ނިކުމެ. ސިވިލް ސާވީސްގެ މުވައްޒަފުން ވެސް އޭގެ ތެރޭގައި ހިމެނޭ

އިބޫއަށް މަރުހަބާ ކިޔާ ސަލާން ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތްއިރު ގާފަރުގައި ތިބި މުވައްޒަފުން ވެސް ނިކުތީ އެހެން އެއްވެސް ހުރަހެއް އޮތް ކަމަށް ނުދެކެ އެވެ. ސަރުކާރުގެ ވަޒީފާއަދާ ކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރާ ދެކޮޅު މުވައްޒަފުންނަށް ވަޒިފާގެ ބިރުވެރިކަން ދައްކައި ބައެއް ވަޒީފާއިން ވަކި ކުރަމުންދާ މި ދުވަސްވަރު މިފަދަ ގޮތަކަށް މުވައްޒަފުން ބިރުފަހަނައަޅާ ނިކުތުމަކީ ގިނަ ބައެއްގެ ސަމާލުކަން އަންނަ ކަމެކެވެ. އެމީހުނަށް އެތައް ބައެއްގެ ތައުރީފާއި ޝުކުރު ވެސް އެތައް ބަޔަކު އޮއްސަ އެވެ. އެމީހުންނަކީ ވަކި ސިޔާސީ ބައެއްގެ އަޅުންނޫން ކަން އެމީހުން ދައްކާލީތީ އެވެ. ވަޒީފާއާ އޭނާގެ ފިކުރާ އެއީ ދެ އެއްޗެއްގެ ގޮތުގައި އޮންނަ ޖެހޭނެ ކަމަށް ދެކިގެންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު

06 އެޕްރީލު 2017
އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު
06 އެޕްރީލު 2017

ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!

06 އެޕްރީލު 2017
ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!
23 މާރިޗު 2017

އިލްހާމްގެ "ހޫނު ފެނުގެ" އިންޒާރަށް މެމްބަރުން ޖެހިލުމެއް ނުވި!

23 މާރިޗު 2017
އިލްހާމްގެ "ހޫނު ފެނުގެ" އިންޒާރަށް މެމްބަރުން ޖެހިލުމެއް ނުވި!
21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
13 މާރިޗު 2017

ފާރިސްއަށް ބިރުދައްކަމުން ދަނީ ފާޅުގައި ލަދެއް ނެތި: ރައީސް ނަޝީދު

13 މާރިޗު 2017
ފާރިސްއަށް ބިރުދައްކަމުން ދަނީ ފާޅުގައި ލަދެއް ނެތި: ރައީސް ނަޝީދު
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް