Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޫނު ފެނުގެ އިންޒާރު

އިލްހާމްގެ "ހޫނު ފެނުގެ" އިންޒާރަށް މެމްބަރުން ޖެހިލުމެއް ނުވި!

އިންޝާﷲ ކެރިގެން މަސީހާ ދެކޮޅަށް ވޯޓް ލާނަން: ވައްޑެ

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 23 މާރިޗު 2017 | ބުރާސްފަތި 06:35
މެމްބަރު އިލްހާމް

މެމްބަރު އިލްހާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވޯޓުދެއްވާނީ ހޫނު ފެނުގައި އަތްލަން ބޭނުންވާ މެންބަރުން ކަމަށް ބުނެ ޕީޕީއެމްގެ ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު، އިލްހާމް އަހްމަދު ދިން އިންޒާރަށް ބައެއް މެމްބަރުން ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓް ކާމިޔާބު ވާނެ ކަމަށް، އެ މައްސަލަ ހުށަހެޅި ގުޅިފައިވާ ޕާޓީތަކުން ބުނި ވާހަކަތަކަށް ރައްދު ދެއްވައި، އަދި ޕީޕީއެމްގެ މެމްބަރުންނަށް އިންޒާރު ދެއްވުމުގެ ގޮތުން ބުދަ ދުވަހު އިލްހާމް ވިދާޅުވެފައި ވަނީ "ހޫނު ފެން އެޅޭނެ، އަޅުގަނޑުމެންގެ ތެރެއިންވެސް އެކަން ކުރާ މީހުންގެ ފަޔަށް ހޫނު ފެން އެޅޭނެ" ކަމަށެވެ.

ހޫނު ފެން އެޅުމުން ގުޅުއްވައި ސަލާމަތްވުމަށް މަސައްކަތް ކުރިއަސް ސަލާމަތް ނުވާނެ ކަމަށް، ޖުމްހޫރީ ޕާޓީގައި ހުންނެވުމަށް ފަހު އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އިލްހާމް ވިދާޅުވި އެވެ.

މި ބިރު ދެއްކުމަށް ސަރުކާރުގެ ކޯލިޝަނާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ދެއްވި ރައްދުގައި، ހޫނު ފެން އެޅިޔަސް ޖެހުލުމެއް ނެތް ކަމަށް އެ ބޭފުޅުން ފާހަގަ ކުރައްވާފައިވެ އެވެ.

ޕީޕީއެމްގެ ބާނީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެކްޝަންގައި ހުންނެވި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓް ލާނީ ހޫނު ފެނުގައި އަތްލާން ބޭނުން ނަމައޭ ބުނެ މެމްބަރު އިލްހާމް ބިރު ދެއްކިޔަސް، އިންޝާ ﷲ ކެރިގެން މަސީހާ ދެކޮޅަށް ވޯޓް ދެއްވާނެ ކަމަށެވެ.

އިލްހާމަށް އިޝާރަތް ކުރައްވައި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވީ އޭނާ އެ ހުންނެވީ ދެ ފަޔަށް ހޫނުފެން އެޅި އެއްކޮށް ފިހިފައެވެ.

"ދެ ފަޔަށް ހޫނުފެން އެޅި އެއްކޮށް ފިހިފަ ހުރި މީހަކު އެހެން ބައެއްގެ ފަޔަށް ހޫނުފެން އެޅިދާނެ ކަމަށް ބުނުމުން ކަންބޮޑުވާ މީހަކު ނޫޅޭ،" އިބްރާހިމް ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ "އެހެން މެމްބަރުން ހޫނު ފެނަށް ލާނެ ވާހަކަ މެމްބަރު އިލްހާމް ބުނާނީ މިހާރު ވެސް ހޫނުފެނުގައި ހުރެ ކެތް ނުކުރެވިގެން" ކަމަށެވެ.

"ބިރު ދައްކާނީ ތިމާ ބިރު ގަންނާތީ،" އަލީ ހުސައިންގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވުމާއެކު އެމްޑީއޭއިން ވަކިކުރެއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފު ވިދާޅުވީ ހޫނު ފެނަކަށް ވެސް ނުލެވޭނެ ކަމަށެވެ.

"ރައީސް ޔާމީންގެ ވެސް އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައި، މަގާމުން ދުރުކޮށްފަ ސަލާމަތްވީމަ ނިމުނީ،" އޭނާ ވިދާޅުވި އެވެ.

މަސީހްގެ ވޯޓަށް ޖުމްހޫރީ ޕާޓީން ތާއިދުކުރުމާއެކު، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިލާ ކުންފުނީގެ އެކައުންޓްތައް ވަނީ ފްރީޒުކޮށްފަ އެވެ. އަދި ފާރިސްގެ މައްޗަށް ކޮރަޕްޝަންގެ ތުހްމަތުކޮށް އެ މައްސަލަ އޭސީސީން ދަނީ ބަލަމުންނެވެ.

ބިރު ދެއްކިޔަސް ފަހަތަށް ނުޖެހޭނެ ކަމަށާއި ގުޅިފައިވާ ޕާޓީތައް އެކުގައި މަސައްކަތްކޮށް، ހަރާބުވެފައިވާ ދައުލަތުގެ ނިޒާމު ހަމައަކަށް އަޅުވާނެ ކަމަށް ޕާޓީތަކުން ބުނެ އެވެ.

މަސީހުގެ ވޯޓާ ގުޅިގެން މެމްބަރުންނަށް ދައްކަމުންދާ ބިރާ ގުޅޭ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަކީ މެމްބަރުންނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށާއި އެކަމާ ގުޅިގެން މެމްބަރުންނަށް އެއްގޮތަކަށް ވެސް ބިރެއް ނުދެއްކޭނެ ކަމަށެވެ.

އިލްހާމްގެ ހޫނުފެނުގެ އިންޒާރާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާ އަށް ދަނީ ފާޑުކިޔަމުންނެވެ. އަދި މަސީހާ ދެކޮޅަށް ވޯޓް ލުމަށް ގިނަ ބަޔަކު އަންނަނީ މެމްބަރުންނަށް ގޮވާލަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު