Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިނަމާލެ ބްރިޖް

ޓެކްސީގެ އަގާއިމެދު އާންމުން ހިތްހަމަނުޖެހި، އިތުރު ދަތިތަކެއް!

ޓެކްސީގައި ދަތުރު ކުރަން ބަލާއިރު ޓެކްސީ ދަތުރުގެ އަގު އެހާ ބޮޑު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 ސެޕްޓެމްބަރު 2018 | ހޮނިހިރު 15:16
ސިނަމާލެ ބްރިޖް

ސިނަމާލެ ބްރިޖް

ސިނަމާލެ ބްރިޖް މީގެ ދެ ހަފްތާ ކުރިން ހުޅުވައި އޭގެ ހަފްތާއެއް ފަހުން އާންމުންނަށް ހުޅުވާލުމުން އެކަމުގެ ބޮޑު ފަސޭހައެއްވެގެން ދިޔައީ އަމިއްލަ އުޅަނދުތަކުގައި ދަތުރުކުރާ މީހުންނަށް އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއީ އެމީހުންނަށް އެއްވެސް ފީއަކާއި ނުލައި އެ އުޅަނދުތަކުގައި އަދި ދަތުރު ކުރެވޭތީއެވެ. އެހެންނަމަވެސް ވިސްނާލަން ޖެހޭ ކަމަކީ އަމިއްލަ އުޅަނދުތައް ނުގެންގުޅޭ މީހުންނަށް ދަތުރު ކުރަން އޮތް ގޮތަކީ ކޮބައިތޯއެވެ. ރާއްޖޭގައި ގިނަ މީހުން އަމިއްލަ އުޅަނދުތަކުގައި އުޅުނު ނަމަވެސް މަދު ބަޔަކީ އަދިވެސް އަމިއްލަ އުޅަނދުތަކުގައި ނޫޅޭ މީހުންނެވެ. އަދި ބައެއް ފަހަރު އަމިއްލަ އުޅަނދުތަކުގައި މީހުން އުޅުނު ނަމަވެސް އާއިލާ އެއްކޮށް ބްރިޖް ހުރަސްކޮށް ދަތުރުކުރަން ބޭނުންނަމަ ޖެހެނީ ބަހުގައި ނުވަތަ ޓެކްސީގައި ދަތުރުކުރާށެވެ.

ޓެކްސީގައި ދަތުރު ކުރަން ބަލާއިރު ޓެކްސީ ދަތުރުގެ އަގު އެހާ ބޮޑެވެ. ޓްރާންސްޕޯޓް އޮތޯރިޓީއިން ސިނަމާލެ ބްރިޖް ހުރަސްކޮށް މާލެއިން އެއާޕޯޓަށް އަދި އެއާޕޯޓުން މާލެއަށް، އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް ކުރާ ޓެކްސީ ދަތުރުތަކުން އެންމެ ބޮޑު އަގުގެ ގޮތުގައި ނެގޭނީ، 35 ރުފިޔާ ކަމަށާއި ހުޅުމާލެއިން މާލެއަށް ކުރާ ޓެކްސީ ދަތުރަކަން ނެގޭނީ 40 ރުފިޔާ ކަމަށް ކަނޑައެޅި ނަމަވެސް ޓެކްސީ ޑަރައިވަރުން ގެންދަނީ އެ އަގަށްވުރެ ބޮޑު އަގުގައި ދަތުރު ކުރަމުންނެވެ. އެގޮތުން ބައެއް ޓެކްސީ ޑްރައިވަރުން ދަނީ ބްރިޖް ހުރަސްކޮށް މާލެއިން ހުޅުމާލެއަށް، ނުވަތަ ހުޅުމާލެއިން މާލެއަށް ދަތުރުކުރުމަށް 100 ރުފިޔާއަށްވުރެ ބޮޑު އަގު ނަގަމުންނެވެ. އެ އަގަށް ދަތުރުކުރާނަމަ އެ ޓެކްސީއެއްގެ ހުއްދަ ބާތިލް ކުރާނެ ކަމަށް ޓްރޯންސްޕޯޓް އޮތޯރިޓީއިން ބުނުމުން ބައެއް ޓެކްސީތަކުން ވަނީ ބްރިޖް ހުރަސްކޮށް ދަތުރު ކުރުން ހުއްޓާލާފައެވެ. މިކަމާއި ޓެކްސީ ޑްރައިވަރުން ތިބީ ހިތްހަމަނުޖެހިފައެވެ. މިކަމާއި ގުޅިގެން ގިނަ ރައްޔިތުންތަކެއްވެސް ހިތްހަމަނުޖެހިވާއިރު މިކަމަށް އަދި އެދެވިގެންވާ ހައްލެއް ވަނީ ގެނެވޭ ގޮތް ނުވެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ޓެކްސީ ޑްރަވަރަކު ބުނީ އެއީ ޓްރާންސްޕޯޓް އޮތޯރިޓީއިން އެއްވެސް އުސޫލެއް ނެތި ހަދާފައިވާ ޤަވާއިދެއް ކަމަށާއި އެކަން އެގޮތަށް ކޮށްފައިވަނީ ޓެކްސީ ޑްރައިވަރުންނަށް ދަތިކުރުމަށް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

އޭނާ އިތުރަށް ބުނީ އެމްޓީސީސީން ހުޅުމާލެއިން އެއަރޕޯޓަށް ޕްރައިވެޓް ޓެކްސީތަކުގައި ދަތުރު ކުރުމަށްވެސް ނަގަނީ 110 ރުފިޔާ ކަމަށާއި އެމީހުންނަށްވެސް ހަމަ އެ އަގުގައި ސިނަމާލެ ބްރިޖް މަތިން ދަތުރުކުރެވެން ޖެހޭނެ ކަމަށެވެ. ޓެކްސީތަކުގައި އާއި އެމްޓީސީސީ ޕްރައިވެޓް ޓެކްސީ ކުރާ ފަރާތްތަކުންވެސް ނަގާ އަގަކީ ހަމަހަމަވާން ޖެހޭ އަގެއްކަން ފާހަގަކޮށް އޭނާ ބުނީ ޓްރާންސްޕޯޓް އޮތޯރިޓީން އެކަމަށް ހައްލެއް ހޯދައިދީ ޓެކްސީ ޑްރައިވަރުންގެ ޝަކުވާވެސް އަޑުއަހަން ޖެހޭނެ ކަމަށެވެ.

ހަޤީޤަތަކީ ބައެއް ޓެކްސީ ޑްރައިވަރުން އަގު ބޮޑުކޮށް ބްރިޖްމަތިން ދަތުރުކުރާކަން ވަރަށް ފާޅުބޮޑު ގޮތެއްގައި އާންމުންނަށާއި ކަމާއިބެހޭ މުއައްސަސާތަކަށް އެނގެން އޮތް ނަމަވެސް އެކަމަށް މިއަދާއި ހަމައަށް އައިރު ވަނީ ހައްލެއް ނުލިބިއެވެ. ޓެކްސީ ދަތުރަށް ނަގަން ޖެހޭނީ މިވެނި އަގެކޭ ބުނެ އެ އަގަށްވުރެ ބޮޑަށް ފައިސާ ނަގާކަމުގައިވާނަމަ ހުއްދަ ބާތިލް ކުރާނަމޭ ބުނުމަކުން އަދި ނުފުދޭނެއެވެ. ޓްރާންސްޕޯޓް އޮތޯރީޓީންވެސް އެ ޓެކްސީ ޑްރައިވަރުންނާއި އާންމުންގެ ޝަކުވާ އަޑުއަހާ ބަލައިގަނެ މިކަމަށް އެންމެ އަވަސް ހައްލެއް ހޯދައިދިނުމަކީ އެންމެ އެދެވިގެންވާ ކަމެކެވެ.

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟

18 ޑިސެމްބަރު 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟
17 އޮކްޓޯބަރު 2017

ސްޕެއިން އިން ކެޓަލޯނިއާ އަށް އިތުރު މުހުލަތެއް ދީފި! ދެން ވާނީ ކިހިނެއް؟

17 އޮކްޓޯބަރު 2017
ސްޕެއިން އިން ކެޓަލޯނިއާ އަށް އިތުރު މުހުލަތެއް ދީފި! ދެން ވާނީ ކިހިނެއް؟
11 ސެޕްޓެމްބަރު 2017

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް
11 ޖޫން 2017

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟
23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
26 މާރިޗު 2017

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
21 ފެބުރުއަރީ 2017

މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

21 ފެބުރުއަރީ 2017
މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟
19 ޖެނުއަރީ 2017

މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

19 ޖެނުއަރީ 2017
މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!
17 ޖެނުއަރީ 2017

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް
15 ޖެނުއަރީ 2017

ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!

15 ޖެނުއަރީ 2017
ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު