Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިދިކޮޅު ކޯލިޝަން

ރައީސް ޔާމީންގެ މައްޗަށް ކުރެވެމުންދާ ސިހުރުގެ ތުހުމަތުތައް ތަހުޤީޤުކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި

ވޯޓް ދިނުމުގެ ކުރިން ރިޔާސީ ކެންޑިޑޭޓްގެ މައްޗަށް ކުރެވޭ ޖިނާއީ ތުހުމަތުތަކުގެ ހަޤީޤަތް ހާމަކުރުމަށް އެދިފައިވޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2018 | ހޮނިހިރު 10:34
އަދާލަތު ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމެއް

އަދާލަތު ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމެއް

ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ހާމަކުރެއްވި މައުލޫމާތުތަކުގައި ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ސިހުރުވެރިކަމާ ގުޅޭގޮތުން ކުރައްވާފައިވާ ތުހުމަތުތައް ތަހުޤީޤުކޮށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން އެކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ދިވެހި ފުލުހުންނަށާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކަށް ޢަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ރައްޔިތުން އިންތިޚާބުގައި ވޯޓުދިނުމުގެ ކުރިން ރިޔާސީ ކެންޑީޑޭޓުންގެ މައްޗަށް ކުރެވޭ މިފަދަ ޖިނާއި ތުހުމަތުތަކުގެ ޙަޤީގަތް ހާމަކުރުމަކީ ދައުލަތުގެ ތަހުޤީޤީ އިދާރާތަކުގެ ޤާނޫނީ ޒިންމާއެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ. އަދާލަތު ޕާޓީގެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހަމައެއާއެކު ދައުލަތުން ވަކިފަރާތަކަށް ނުޖެހި ހިންގާ މިނިވަން ތަހުޤީޤަކުން އަހުމަދު އަދީބު ކުރައްވާފައިވާ ތުހުމަތުތަށް ސާބިތުވެއްޖެ ނަމަ، ހ. ދޫވެހި، ޢަބްދުﷲ ޔާމީން، ޤާނޫނީ ހަމަތަކުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އަޒުލުކުރަންޖެހޭނެ ކަމުގައިވެސް އެ ޕާޓީން ދެކޭ ކަމަށާއި، އަދި ތައުބާވެ އެކަން އިއުލާން ކޮށްފުމަށްދާންދެން އިތުރު އިންތިޚާބީ މަޤާމަކަށް ވާދަކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.

މިފަދަ މީހަކަށް ރިޔާސީ އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ދިނުމަކީ ދައުލަތުގެ މުއައްސަސާތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކުރެވޭނެ ކަމެއްނޫން ކަމަށާއި،އަދި އެފަދަ މީހެއްގެ ނަން ވޯޓު ކަރުދާހުގައި އޮތް ނަމަވެސް އެ މީހާ އިސްލާމީ ޤައުމެއްގެ އެންމެ މަތީ ވެރިކަމަށް އިންތިޚާބު ކުރުމަށް ވޯޓު ދިނުމަކީ އިސްލާމީ ޝަރީޢަތުގެ އަލީގައި މުސްލިމުންގެ މައްޗަށް ޖާއިޒުވެގެންވާކަމެއް ވެސް ނޫން ކަމަށް އަދާލަތު ޕާޓީން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިހުރުވެރިކަމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން މަނާކުރައްވާފައިވާ ކަމަކަށްވެފައި އަދި ސުންނަތް ޖަމާޢަތުގެ އަޤީދާއާ ޚިލާފު، ގަދަ ކީރިތި ވަންތަ ﷲ ގެ ޙަޟުރަތާ އިތުރު ފަރާތެއް ބައިވެރިކުރުމުގެ ތެރެއިންހިމެނޭ ކަމަކަށް ވާއިރު އެ ނުބައިކަންބޮޑު ޢަމަލުގައި ބައިވެރިވާ މީހަކީ އިސްލާމީ ޤައުމެއްގެ ވެރިކަމަށް ކުފޫހަމަވާމީހެއް ކަމަށާއި، އަދި އެފަދަ މީހާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާ މީހެއްގައި ހުންނާންވީ ޝަރުޠުތަކުގެތެރެއިން މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައި ވުމުގެ ދެ ޝަރުޠު އުނިވެފައިވާ މީހެއް ކަމަށެވެ.

ސިހުރުވެރިކަމަކީ އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިގެންވާ ކުށަކަށްވެފައި ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 1205 ވަނަ މާއްދާގެ (ހ) އިސްލާމީ ޝަރީޢަތުގައި ހައްދުކަނޑައެޅިގެންވާ ކުށްތަކަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އަދަބު ދިނުމަށް ގޮވާލާކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައިވަނީ ބުނެފައެވެ.

ސިހުރު ހެދުމާއި ސިހުރުވެރިންގެ ގާތަށް ގޮސް ސިހުރުހެއްދުމާއި ސިހުރުވެރިން ދައްކާ ސިހުރުގެ ވާހަކަތަކަށް އަމަލުކުރުމާއި އެވާހަކަތައް ޤަބޫލުކުރުމާއި މިފަދަ އެންމެހާ ކަންކަމަކީ އިސްލާމީ ޝަރީޢަތުގެ މަތިވެރި އިސްތިލާޙުގައި ކަނޑައެޅިހެން ހަރާމްކުރައްވާފައިވާ ކަންކަމަށް ވުމުގެ އިތުރަށް އެކަންކަމަކީ ފަނާކުރަނިވި ބޮޑެތި ހަތް ފާފައިގެ ތެރޭގައި ހިމެނޭ ނުބައިކަން ބޮޑު ފާފައެއް ކަމަށެވެ. އަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިހުރުވެރިކަމަކީ ކިރިތި ޤުރުއާނާއި މާތް ރަސޫލާ (ސ) ގެ ސުންނަތުގެ އަލީގައި ސުންނަތް ޖަމާޢަތުގެ ދަންނަބޭކަލުން އިޖުމާޢުވެވަޑައިގެންފައިވާ ގޮތުގައި ޝިރުކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ސިހުރު ހެދުމާއި ސިހުރުވެރިންގެ ގާތަށް ގޮސް ސިހުރުހެއްދުމާއި ސިހުރުވެރިން ދައްކާ ސިހުރުގެ ވާހަކަތަކަށް އަމަލުކުރުމާއި އެވާހަކަތައް ޤަބޫލުކުރުމާއި މިފަދަ އެންމެހާ ކަންކަމަކީ އިސްލާމީ ޝަރީޢަތުގެ މަތިވެރި އިސްތިލާޙުގައި ކަނޑައެޅިހެން ހަރާމްކުރައްވާފައިވާ ކަންކަމަށް ވުމުގެ އިތުރަށް އެކަންކަމަކީ ފަނާކުރަނިވި ބޮޑެތި ހަތް ފާފައިގެ ތެރޭގައި ހިމެނޭ ނުބައިކަން ބޮޑު ފާފައެއް ކަމަށެވެ. އަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިހުރުވެރިކަމަކީ ކިރިތި ޤުރުއާނާއި މާތް ރަސޫލާ (ސ) ގެ ސުންނަތުގެ އަލީގައި ސުންނަތް ޖަމާޢަތުގެ ދަންނަބޭކަލުން އިޖުމާޢުވެވަޑައިގެންފައިވާ ގޮތުގައި ޝިރުކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އަދާލަތުގެ ޕާޓީގެ ބަޔާނުގައިވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު