Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދީބުގެ ބަޔާން

ރައީސް ނަޝީދަށާއި ކާނަލް ނާޒިމަށް ހުކުމް ކުރާނެ އަހަރުތައް އެންގީ ހާމުދުރު: އަދީބު

"3" ހިމަނައިގެން ކުރާ ކޮންމެ ކަމެއް ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަަމަށް ހާމުދުރު ވަނީ ޔަގީންކަން ދީފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2018 | ބުދަ 06:37
ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ)، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު (މ)ގައި އަދި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ)، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު (މ)ގައި އަދި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ޖަލުގައި މިއަދުވެސް އެތަކެއް އަނިޔާއެއް ތަހައްމަލު ކުރައްވަނީ ސީދާ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމުން ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އަދީބުގެ ފަރާތުން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރައީސް ނަޝީދާއި ނާޒިމް މައްޗަށް ހުކުމް ކުރާނެ އަހަރުތަކުގެ އަދަދު ވެސް ފާލުބަލާފައި ރައީސް ޔާމީނަށް އެންގީ ހާމުދުރުން ކަމަށެވެ. އެގޮތުން ހާމުދުރުގެ އިރުޝާދާ އެއްގޮތަށް ރައީސް ޔާމީން ބޭނުން ކުރައްވަނީ އޮނަހިރި އަދުދުތައް ކަމަށާއި "3" ހިމަނައިގެން ކުރާ ކޮންމެ ކަމެއްގައި ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ހާމުދުރުން ދީފައިވާ ކަމަށް ވެސް އަދީބުގެ ބަޔާނުގައި ވެއެވެ. މިހާރު ވެސް 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ނެރުއްވާފައިވާ ބަޔާނުގައިވާ ގޮތުގައި ކާނަލް ނާޒިމް ޖަލުގައި އަނިޔާތައް ތަހައްމަލު ކުރަމުންދަނީ ސީދާ ރައީސް ޔާމީންގެ އަނިޔާވެރިކަމުންނެވެ. އެގޮތުން ނާޒިމް ފުރޭމްކޮށްފައި ވަނީ ރައީސް ޔާމީނާއި ޖެނެރަލް ޝިޔާމް ރާވައިގެން ކަމަށެވެ. އަދި ކާނަލް ނާޒިމް ފްރޭމް ކުރުމުގައި ބޭނުންކޮށްފައި ވަނީ ސިފައިންގެ ގެލަރީ ހުޅުވައިދެއްވުމަށް އަދީބު ބޭނުން ކުރެއްވި ފިސްތޯލު ކަމަށް އަދީބުގެ ބަޔާނުގައި ވެއެވެ. ރައީސް ޔާމީން ހާމުދުރުން ބޭނުންކުރައްވައިގެން ކުރެއްވި ބައެއް ކަންކަން ހާމަކޮށް އަންގާރަ ދުވަހު ވެސް އަދީބު ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ހާމުދުރު ލައްވާ ރައީސް ޔާމީންގެ ދެއަތްތިލަ ބަލާފައިވާ ކަމަށާއި ރައީސް ޔާމީނުގެ ވެރިކަން ދެމެހެއްޓޭނީ އެ މީހުން ދޭ އިރުޝާދުތައް ތަންފީޒުކޮށްގެން ކަމަށް ބުނެ ތަންފީޒު ކުރަންވީ ކަންކަމުގެ ލިސްޓެއް ދީފައިވާ ކަމަށް އަދީބުގެ އެބަޔާނުގައި ވެއެވެ. އެލިސްޓުގައި މިހާތަނަށް ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ވަރަށް ގިނަ ކަންކަން ހިމެނެ އެވެ. އޭގެ ތެރޭގައި ކިނބޫ މަރާލުން ހިމެނޭއިރު، އާރަށުގައި އެތައް އަހަރެއް ވަންދެން އުޅެމުން ދިޔަ ކުކުޅު ހާތައް ވެސް މަރާލުމަށް ބުނެފައި ވެއެވެ. އަދި ސަލްޓަން ޕާކު ކައިރީގައި ހުރި ބިނާ ނަގައި، އިސްލާމީ މަރުކަޒުގެ ވަށާފާރު ތަޅާލައި، ކަޅުވަކަރު މިސްކިތް ނަގައި އެތަން ކޮނެ، އެތާގައި ފަންޑިތަ ހަދާފައިވާ ކަމަށް ބުނެ ފަންޑިތަ ބާތިލް ކުރުމަށް އަލިފާން އެންދި ކަމަށް ވެސް އަދީބުގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

Advertisement - newsAdvertisement

ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް އަދީބު ކުރައްވަމުން ގެންދަވާއިރު، ރައީސްގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވީ އެކަމާ ބެހޭ ގޮތުން އެއްވެސް ކޮމެންޓެއް ކުރައްވަން ބޭނުން ނުވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު