Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ލަލީގާގެ މެޗެއް އެމެރިކާގައި ކުޅުމުގެ ހުއްދައަށް އެދިއްޖެ

12 ސެޕްޓެމްބަރު 2018 | ބުދަ 02:24

މި މެޗް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 26 ގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 12 ސެޕްޓެމްބަރު 2018 | ބުދަ 02:24
ބާސާ އާއި ގިރޯނާގެ މެޗެއް

ބާސާ އާއި ގިރޯނާގެ މެޗެއް

ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ގިރޯނާ ކުޅުމަށް ހަމަޖެހިފައިވާ މެޗެއް އެމެރިކާގައި ކުޅުމުގެ ހުއްދައަށް އެ ދެ ކްލަބާއި، ލަލީގާއިން ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ކިބައިން އެދިއްޖެއެވެ.

މިއީ މީޑިއާ ކުންފުންޏެއް ކަމަށްވާ ރިލެވެންޓްއާ އެކު ސްޕެނިޝް ލަލީގާއިން ހަދާފައިވާ 15 އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން އަހަރަކު އެއް މެޗު އެމެރިކާގައި ކުޅުމަށް އެއްބަސްވެފައި ވާތީ ކުޅެން ޖެހޭ މެޗެކެވެ. ލަލީގާ އިން އެދިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެެމެރިކާގެ މަޔާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި މި މެޗު ބޭއްވުމަށެވެ. މިއީ ގިރޯނާގެ ހޯމް މެޗެކެވެ.

މި މެޗު ކުޅުމަށް އެމެރިކާގެ ފުޓުބޯޅަ ފެޑެރޭޝަނާއި ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދާރާ ޔުއޭފާގެ އިތުރުން އެމެރިކާ ސަރަހައްދުގެ ފުޓުބޯޅައިގެ މައި އިދާރާ ކޮންކަކާފްގެ ހުއްދަ ބޭނުންވާނެއެވެ. މީގެ ކުރިން އެމެރިކާގެ ފުޓުބޯޅަ އިދާރާގެ ވެރިން މިމެޗު އެމެރިކާގައި ކުޅުމާ ދެކޮޅަށް ވާހަކަ ދައްކާފައި ވެއެވެ.

ސްޕެއިންގެ ފުޓުބޯޅަ ކުޅުންތެރިންގެ ޖަމްއިއްޔާ އިން ވެސް ވަނީ މެޗު ސްޕެއިން އިން ބޭރުގައި ކުޅޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް އެޖަމްއިއްޔާ އިން ބުނީ މެޗާ މެދު ފަހުގެ ބަސް ބުނާނީ ދެ ޓީމުގެ ކުޅުންތެރިން ކަމަށެވެ.

އެމެރިކާގައި ކުޅެން މަސައްކަތްކުރާ މެޗަކީ ގިރޯނާގެ ހޯމް މެޗެއް ކަމުން އެޓީމުގެ ސަޕޯޓަރުންނަށް ފަސޭހަ ގޮތްތަކެއް ހަދައިދިނުމަށް ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސީޒަން ޓިކެޓް ނަގާފައިވާ ފަރާތްތަކަށް 1500 ޓިކެޓް މަޔާމީއަށް ދިޔުމަށް ހިލޭ ދިނުމަށް ނިންމާފައިވާއިރު، މެޗު ނިންމާފައި އަނބުރާ އަންނަ ގޮތަށް ނުވަތަ ހަފްތާ ބަންދު މަޔާމީގައި މަޑުކޮށްފައި އަންނަ ގޮތަށް ވެސް ޕެކޭޖް ނެގޭނެއެވެ. އެމެރިކާއަށް މެޗު ބަލަން ދެވެން ނެތް މީހުންނަށް އަންނަ ސެޕްޓެމްބަރު 23 ގައި ބާސެލޯނާގެ ކޭމްޕް ނޫގައި ކުޅޭ އަވޭ މެޗަށް 5000 ޓިކެޓް ހިލޭ ދިނުމަށް ނިންމާފައިވާއިރު، ސީޒަން ޓިކެޓުން 20 އިންސައްތަ ޑިސްކައުންޓް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

15 މެއި 2017

ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި

15 މެއި 2017
ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި
30 އެޕްރީލު 2017

ގެއްލިގެންދިޔައީ މޮޅުވާން މަޖުބޫރު މެޗެއް: ފެސްކޯ

30 އެޕްރީލު 2017
ގެއްލިގެންދިޔައީ މޮޅުވާން މަޖުބޫރު މެޗެއް: ފެސްކޯ
09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
13 މާރިޗު 2017

ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ

13 މާރިޗު 2017
ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ
10 މާރިޗު 2017

މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން

10 މާރިޗު 2017
މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން
07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް