Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވީއޭއެމް

ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި

ފަސްކޮށްފައިވާ މެޗަކީ މުބާރާތުގެ އަންހެން ބައިން ކަސްޓަމްސް އަދި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ބައްދަލުކުރާ ސެމީ ފައިނަލް މެޗް

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 15 މެއި 2017 | ހޯމަ 01:05
ޒުވާނުންގެ މަރުކަޒުގައި ކުޅެފައިވާ ވޮލީ މޗެއްގެ ތެރެއިން

ޒުވާނުންގެ މަރުކަޒުގައި ކުޅެފައިވާ ވޮލީ މޗެއްގެ ތެރެއިން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، އިންޓާ އޮފީސް/ ކޮމްޕެނީ ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލް މެޗެއް ފަސްކޮށްފިއެވެ.

ހޯމަ ދުވަހަށް ފަސްކޮށްފައިވާ ސެމީފައިނަލް މެޗަކީ، އާދިއްތަ ދުވަހުގެ ރޭ 8:00 ގައި ކުޅެން ތާވަލު ކޮށްފައިވާ، މުބާރާތުގެ އަންހެން ބައިން ކަސްޓަމްސް އަދި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް (އެމްވައިއެސް) ބައްދަލުކުރާ ސެމީ ފައިނަލް މެޗެވެ.

މި މެޗް ފަސްކުރި ވަކި ސަބަބެއް ވީއޭއެމްއިން ހާމަކޮށްފައި ނުވި ނަމަވެސް، އިތުބާރުހުރި ގޮތަކަށް ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މެޗް ފަސްކޮށްފައިވަނީ ސެމީގައި އެއްކޮޅުން ވާދަކުރާ އެމްވައިއެސް ޓީމުގެ 3 ކުޅުންތެރިއެއްގެ މައްސަލަ ވީއޭއެމްއިން ބަލަމުން ދާތީއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްވައިއެސް ޓީމަށް ނިސްބަތް ވާ ތިން ކުޅުންތެރިއަކު އެޓީމަށް ކުޅެމުންދަނީ ގަވައިދާ ހިލަފަށް ކަމަށް ބުނެ، މުބާރާތުގައި ވާދަ ކުރާ 2 ޓީމަކުން ވަނީ މައްސަލައެއް ހުށައަޅާފައެވެ.

ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ޓީމުން ވީއޭއެމްއަށް ހުށައަޅާފައިވާ މި މައްސަލާގައި އެ ދެ ޓީމުންވެސް ވަނީ ގަވާއިދާ ހިލާފަށް ކުޅޭ ކަމަށް ތުހުމަތު ކުރާ ތިން ކުޅުންތެރިންގެ ނަމާއި ޖާރސީ ނަމްބަރު ހާމަކޮށްފައެވެ. މީގެ އިތުރުން އެ ތިން ކުޅުންތެރިން ކުޅެނީ ގަވާއިދާ ހިލާފަށް ކަމަށް ތުހުމަތުކުރާ ސަބަބު ވެސް ހާމަކޮށްފައި ވާކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ކޮމެންޓެއް ހޯދުމަށްޓަކާ ރާއްޖެ އެމްވީއިން، ވީއޭއެމްގެ ފަރާތުން އަހުމަދު ޝާފީ އާއި ސުވާލުކުރުމުން ޝާފީ ވިދާޅުވީ، މެޗު ފަސް ކުރި ސީދާ ސަބަބެއް އަދި ފަސް ކުރި ވަގުތެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށާއި، ނަމަވެސް މުބާރާތުގައި ވާދަކުރާ ޓީމެއްގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ.

އެއީ ކޮން ޓީމަކާ ބެހޭ މައްސަލައެއްތޯ ސުވާލުކުރުމުން ޝާފީ ވިދާޅުވީ، މުބާރާތުގައި ވާދަކުރާ އެއްވެސް ދެޓީމެއް ދޭތެރޭގައި މައްސަލަ ޖެހި ހަމަނުޖެހުމެއް ހިނގަން އެފަރާތުން ބޭނުން ނުވާ ކަމަށާ، މިއީ ބަލަމުންދާ މައްސަލައަކަށް ވުމުން އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ. ނަމަވެސް މުބާރާތުގެ އެއްވެސް ޝަކުވާއެއް ވާނަމަ ކޮންމެ ޓީމަކުންވެސް ލިއުމަކުން އެ ޝަކުވާއެއް ހުށައެޅުމަށް އެދިފައި ވާނެ ކަމަށާއި، އެގޮތުގެ މަތިން ހުށައެޅިފައިވާ މައްސަލައެއް ބަލަމުންދާ ކަމަށް ޝާފީ ވިދާޅުވިއެވެ.

މެޗު ފަސްކޮށްފައިވަނީ ހޯމަ ދުވަހުގެ ކޮން ވަގުތަކަށް ކަމެއް ވީއޭއެމްއިން ހާމަ ނުކުރި ނަމަވެސް ބޮޑަށް ބެލެވޭ ގޮތުގައި މި މެޗް ކުޅެވޭނީ ހޯމަ ދުވަހުގެ ހަވީރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮނާލްޑޯގެ ސަސްޕެންޝަން މައްސަލަ އެޕީލްކުރަނީ..!

ރޮނާލްޑޯގެ ސަސްޕެންޝަން މައްސަލަ އެޕީލްކުރަނީ..!

15 އޯގަސްޓު 2017
ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ.

ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ.

09 އޯގަސްޓު 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017
އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް

އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް

26 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު