Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

މާމެންދޫގައި ރައީސް ޔާމީން ރައްޔިތުންނާ ބައްދަލުކުރެއްވި ތަނުން ކައުންސިލް މެންބަރުން ބޭރުކޮށްފި

8 ސެޕްޓެމްބަރު 2018 | ހޮނިހިރު 10:08

ކައުންސިލުން ވަނީ ނަރުދަމާގެ ޚިދުމަތް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 8 ސެޕްޓެމްބަރު 2018 | ހޮނިހިރު 10:08
މާމެންދޫ އެމްޑީޕީގެ ތިން ކައުންސިލަރުން

މާމެންދޫ އެމްޑީޕީގެ ތިން ކައުންސިލަރުން

ލ. މާމެންދޫގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުން ކައުންސިލްގެ މެންބަރުން ބޭރުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާމެންދޫގެ ކައުންސިލްގެ ނާއިބު ރައީސް ހުސެއިން ހަބީބު ވިދާޅުވީ ރައީސް ޔާމިން އެރަށަށް ވަޑައިގަންނަވާތީ މަރުހަބާ ދެންނެވުމަށް ހަބީބުގެ އިތުރުން ދެ ކައުންސިލަރުން ވެސް ބަނދަރު މައްޗަށް ވަޑައިގެންނެވީ ހެޔޮ ހިތުން ކަމަށާއި އެއީ މިވަގުތު މިގައުމުގެ ރައީސް ކަމަށް ވާތީ ކަމަށެވެ.

Advertisement - newsAdvertisement

ހަބީބު ވިދާޅުވީ ރައީސް ޔާމީނާ ސަލާމްކުރެއްވި ކަމަށާއި، އެރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާގެ ޚިދުމަތް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ކައުންސިލުން ބައިވެރިވި ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ރައްޔިތުންނާ ބައްދަލުކުރެއްވި ތަނަށް ކައުންސިލްގެ މެންބަރުން ދިޔުމުން ބޭރުކޮށްލީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަރުމެން ތިން މީހުން ވެސް ރައީސް ވީމަ ހެޔޮ ހިތުން ދިޔައީ ރީނދޫ ޓައި އަޅައިގެން. އެއީ ވަކި ޕާޓީއެއްގެ ރައީސްއެއް ނޫން. މިގައުމުގެ ރައީސް. އަދި އެމްޑީޕީގެ ކައުންސިލަށް ވިޔަސް އެހެން ކަންތައް ކުރުމަކީ ވަރަށް ދަށް ފެންވަރު ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. ބައްދަލުވުމަށް ވަދެވަދެ ތިއްބާ ނެރުނީ. ތި ބޭފުޅުނަށް ނުވަދެވޭނޭ ކިޔާފައި. ވަކި ސަބަބެއް ނުދައްކާ. ބުނީ ހަމައެކަނި ނަރުދަމާގެ ޚިދުމަތް އިފްތިހާހް ކުރުމުގެ ރަސްމިއްޔާތަށޭ ތިބޭފުޅުން ބޭނުންވީ. ރައްޔިތުންނާ ބައްދަލުކުރާ ބައްދަލުވުމަކުން ބޭރު އެކުރީ. އަޅުގަނޑުމެންނަކީ ވެސް ރައްޔިތުން ތެދެއްތޯ،" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވީތީ ރައްޔިތުންގެ މިބައްދަލުވުމުން ނެރުމުން ރައީސް ޔާމިންގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ހަބީބު ވިދާޅުވީ ރައީސް ޔާމިނަށް ތާއިދު ނުކުރާތީ ބާކީކޮށް އެކަހެރި ކުރި ނަމަވެސް ރައީސް ޔާމިންނަށް ރައްޔިތުންގެ ތާއީދާއި ލޯބި ނުލިބޭނެ ކަމަށާއި، މިއީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި މިބައްދަލުކުރެއްވުމަކީ ރައީސް ޔާމީނަށް ތާއިދުކުރާ މަދު ފަރާތްތަކެއް އެއްކޮށްގެން ބޭއްވި ބައްދަލުވުމެއް ކަމަށް ހަބީބު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

4

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

5

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް