Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު 2018

އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނީ ވައުދެއްގެ ގޮތުގައެއް ނޫން، ގާނޫނު އާސާސީން ލާޒިމްކުރާ ކަމެއްގެ ގޮތުގައި: އިބޫ

ރައީސް މައުމޫނަށް އަނިޔާދެމުންދަނީ އެއްވެސް ކުށެއް ނެތި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2018 | ބުރާސްފަތި 07:23
އިބޫ މާރަންދޫގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ: އަސާސީ ހިދުމަތަކީ ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކެއް ކަމަށް ވިދާޅުވި

އިބޫ މާރަންދޫގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ: އަސާސީ ހިދުމަތަކީ ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކެއް ކަމަށް ވިދާޅުވި

އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވައުދެއްގެ ވައުދެއް ވާން ނުޖެހޭ ކަމަށާއި އެކަންކަން ކޮށްދެއްވާނީ އެއީ ގާނޫނު އަސާސީން ލާޒިމްކުރާ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހއ. މާރަންދޫއަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމާއި އަދިވެސް އެހެނިގެން އަސާސީ ހިދުމަތްތައް ރަށްރަށަށް ފޯރުކޮށްދެއްވުމަށް ވައުދެއްގެ ގޮތުގައި ކޮންމެ ރަށެއްގައި ވިދާޅުވާން ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ވެސް އަސާސީ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދޭނެ ކަމަށް ލިޔެފައި އޮންނާނެ ކަމާށެވެ.

Advertisement - newsAdvertisement

މާރަންދޫއަށް އިބޫ ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ

ކުރީގެ ރައީސް މައޫނު އަބްދުލް ގައްޔޫމަކީ ރައީސް އަބްދުﷲ ޔާމިންގެ އެއްބަފާ ބޭބެފުޅު ކަމަށްވާއިރު ވެސް އެމަނިކުފާނު ޖަލަށް ލައިގެން އުޅެނީ އެމަނިކުފާނުގެ އެއްވެސް ކުށެއް ނެތި ކަމަށް އިބޫ ފާހަގަ ކުރެއްވިއެވެ. އަދި ކުށެއް ނެތި ރައީސް މައުމޫނަށް އަނިޔާތަކެއް ދެމުންދާއިރު ރައީސް ޔާމިން އެމަނިކުފާނުގެ ގާތްރައްޓެހިންނާ މެދު ވެސް އަމަލު ކުރައްވަނީ އެގޮތަށް ކަމަށް ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ދެން އާންމު ރައްޔިތުންނާ އަމަލުކުރާނެ ގޮތާ މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ. ނަމަވެސް އިބޫ ވަނީ އަނިޔާ ލިބެމުންދާ މީހުނަށް އިންސާފު ހޯދައިދީ ރައީސް މައުމޫނާއި އެހެނިހެން ވެސް ސިޔާސީ ބޭފުޅުން އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ގެއަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރަށުގެ ތަރައްގީއާ ގުޅޭ ގޮތުން އިބޫ ވިދާޅުވީ ރަށު ކައުންސިލަށް ބާރުވެރިކަން ދީ ސަރުކާރުން މާލީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު

ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު

18 މާރިޗު 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު