Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިންވިއްކުން

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

ޤާނޫނު އަސާސީ އިސްލާހުކުރުމަށް ބޭނުންވާ މެޖޯރިޓީއެއް އިދިކޮޅު ފަރާތްތަކަށް ނުލިބޭނެކަމަށް ޝައިނީ ވިދާޅުވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2017 | ހޮނިހިރު 02:50
ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ސައިނީ: އޭނާ އަންނަނީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ސައިނީ: އޭނާ އަންނަނީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުން އެ ވާހަކަ ދައްކަނީ ރައްޔިތުން އޮޅުވާލުމުގެ ގޮތުން ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޓީވީ، ޓީވީއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަށް މަސައްކަތްކުރަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ކަމަށާއި، ޤައުމިއްޔަތޭ ކިޔާ، ރައްޔިތުން ނިކަމެތިކޮށްލުމަށް ކަމަށެވެ. އަދި ފެނިވަޑައިގަންނަވަނީ، ވަރަށް ލަދުވެތި މަންޒަރެއްކަމަށާއި، ކުރީގެ ރައީސް މައުމުނު އަބްދުއްޤައްޔޫމްގެ ވާހަކަތަކުގެ ސަބަބުން ވަރަށް ބޮޑަށް ލަދުގަންނަ ކަމަށް ޝައިނީ ވިދާޅުވި އެވެ. އެއީ 30 އަހަރު ވެރިކަން ކުރައްވާފައިހުންނެވި ބޭފުޅެއްގެ ފަރާތުން އަޑުއިވިގެންވާނެފަދަ ވާހަކަފުޅެއްކަމަށް ގަބޫލުނުކުރައްވާކަމަށް ޝައިނީ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ބިން ވިއްކޭ ގޮތަށް ޤާނޫނު އަސާސީއަށް 2015 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން އިތުރުކުރި ބާބު ބަދަލުކޮށް، ބިން ނުވިއްކޭ ގޮތަށް އިސްލާހު ހުށަހަޅުއްވާނެކަމަށް އެމްޑީޕީން ހާމަކޮށްފައިވާއިރު، އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ޝައިނީ ވިދާޅުވީ ޤާނޫނު އަސާސީއަށް އެގޮތަށް އިސްލާހެއް ނުގެނެވޭނެ ކަމަށެވެ. އަދި އެ އިސްލާހު ގެނައުމަށް ބޭނުންވާ މެޖޯރިޓީވެސް އިދިކޮޅު ފަރާތްތަކަށް ނުލިބޭނެ ކަމަށް ޝައިނީ ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހުކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކަރުން ގެންނަމުންގެންދާ ތަރައްޤީ ހަޖަމްނުވުމުގެ ސަބަބުންނެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި -- ފޮޓޯ: މަޖިލީސް

ޤާނޫނު އަސާސީ އިސްލާހުކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ލިބޭނެ: އެމްޑީޕީ

ގާނޫނުއަސާސީ އަށް ބަދަލެއް ގެނެވޭނީ މަޖިލިހުގެ ހަތަރު ބައި ކުޅަ ތިން ބައިގެ ވޯޓުންނެވެ. އެއީ މިހާރު 85 މެމްބަރުން ތިއްބެވި މަޖިލިހުގެ ނިސްބަތުން 64 މެމްބަރުންގެ ވޯޓެވެ.

ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ބޭރު ބަޔަކަށް ރާއްޖޭގެ ބިން ވިއްކުމަށް ފުރުސަތު ލިބޭ ގޮތަށް ގާނޫނުއަސާސީއަށް މިހާރު ގެނެސްފައިވާ އިސްލާހު، އިސްލާހު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ބުރާސްފަތި ދުވަހު މަޖިލީހަށް އެބިލަށް ވެއްދޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އިބޫ ވިދާޅުވި އެވެ.

އެމްޑީޕީން ގަބޫލުކުރާގޮތުގައި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ އޮތްނަމަވެސް، ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ނުވިއްކެގޮތަށް ޤާނޫނު އަސާސީ އިސްލާހުކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ލިބޭނެ އެވެ.

ރައްޔިތުންގެ މަޖިލިހުގައި މެމްބަރުން ބެހިފައިވާ ގޮތް:

  • ޕީޕީއެމް - 48
  • އެމްޑީޕީ - 21
  • ޖުމްހޫރީ ޕާޓީ - 7
  • އެމްޑީއޭ - 6
  • އަދާލަތު ޕާޓީ - 1
  • މިނިވަން - 2

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު