ރައީސް ޔާމިން ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފި
1 ސެޕްޓެމްބަރު 2018 | ހޮނިހިރު 09:45ރައީސް ޔާމީންގެ މިދަތުރުފުޅުގައި ޅ. ނައިފަރާއި، ކުރެންދޫ، ހިންނަވަރު އަދި އޮޅުވެލިފުއްޓަށް ވަނީ ވަޑައިގެންފައި


ރައީސް ޔާމީން ވަނީ ދެދުވަހުގެ ދަތުރުފުޅެއް ޅ. އަތޮޅަށް ކުރައްވާފައި
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޅ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ހޮނިހިރު ދުވަހު މާލެ ވަޑައިގެންފިއެވެ.
ރައީސް ޔާމިންގެ މި ދަތުރުފުޅުގައި ޅ. ނައިފަރަށް ވަޑައިގެން ޅ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް ހުޅުއްވައިދެއްވައި، ނައިފަރު ބަނދަރު ވެސް ވަނީ ހުޅުއްވައި ދެއްވައިފައެވެ.
މީގެ އިތުރުން ޅ. ކުރެންދޫއަށް ވަޑައިގެން ކުރެންދޫ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ ނިމުން ވެސް ވަނީ ފާހަގަކޮށްފައެވެ.
ޅ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދެ ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ ޅ. ހިންނަވަރަށާއި، ޅ. އޮޅުވެލިފުއްޓަށް ޒިޔާރަތްކުރައްވައި އެރަށް ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.









