Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލ. ފޮނަދޫ

މުވައްޒަފުން ލައްވާ ރައީސް ޔާމިންގެ ކެންޕޭންގެ މަސައްކަތް ކުރުވާ މައްސަލަ ފެންމަތިވެއްޖެ

28 އޯގަސްޓު 2018 | އަންގާރަ 04:43

ދިދަ ދެމުމާއި ޕޯސްޓަރުތައް ހަރުކުރުމުގައި އުޅެން ޖެހެނީ ޕަބްލިކް ވޯރކްސްގައި މަސައްކަތްކުރާ މުވައްޒަފުން

އަމްނާ އިމާދު
އަމްނާ އިމާދު | 28 އޯގަސްޓު 2018 | އަންގާރަ 04:43
ހުޅުމާލޭގައި ދިދަފަތި ދެމުމަށް އެޗްޑީސީގެ ވެހިކަލްތަކާއި މުވައްޒަފުން ބޭނުންކުރަނީ: ދައުލަތުގެ އެހެން އިދާރާތަކުން ވެސް ވަނީ ރައީސް ޔާމީންގެ ކެމްޕެއިން އަށް މީހުން ދޫކޮށްފައި

ހުޅުމާލޭގައި ދިދަފަތި ދެމުމަށް އެޗްޑީސީގެ ވެހިކަލްތަކާއި މުވައްޒަފުން ބޭނުންކުރަނީ: ދައުލަތުގެ އެހެން އިދާރާތަކުން ވެސް ވަނީ ރައީސް ޔާމީންގެ ކެމްޕެއިން އަށް މީހުން ދޫކޮށްފައި

ލ. ފޮނަދޫގައި ޕަބްލިކް ވޯރކްސްގައި މަސައްކަތް މުވައްޒަފުން ލައްވާ ރައީސް އަބްދުﷲ ޔާމީންގެ ކެންޕޭންގެ މަސައްކަތް ކުރުވާ މައްސަލަ ފެންމަތިވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ޕަބްލިކް ވޯކްސްގައި މަސައްކަތްކުރާ މުވައްޒަފަކު ބުނީ ރިޔާސީ އިންތިޚާބަށް ކެންޕޭން ކުރުމަށް ހިންގާ ހަރަކާތްތައް އިންތިޒާމް ކުރުމުގައި އުޅެން ޖެހެނީ ޕަބްލިކް ވޯރކްސްގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މަގުތަކުގައި ދިދަ ދެމުމާއި ޕޯސްޓަރުތައް ހަރުކުރުމުގައި މަސްއޫލުވެ އުޅެންޖެހޭ ކަމަށް އޭނާ ބުންޏެވެ.

"ޕީޕީއެމުން ޖަގަހަ ހުޅުވި އެކަމުގައި މިއުޅެންޖެހެނީ. މީ ދެން ވަރަށް އުނދަގޫވާ ކަމެއް. ވާޒީފާގައި ކުރަން ޖެހޭ މަސައްކަތަށް ވެސް ނުކުރެވޭ. އެކަމަކު ވަޒީފާގެ ބިރަށް ދެން އުޅެނީ. މިތާ މުވައްޒަފުން ވަރަށް ޝަކުވާ ވެސް ކުރާނެ،" އެމީހާ ބުންޏެވެ.

ޕަބްލިކް ވޯކްސްގައި މަސައްކަތްކުރާ އެ މީހާ ބުނީ ޕީޕީއެމްގެ ކެންޕޭން މަސައްކަތްކުރުމުގެ އިތުރަށް ވަޒީފާގެ ގޮތުން އެ ދުވަހެއްގައި ކުރަން ޖެހޭ މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށެވެ. އަދި ގިނަ ފަހަރަށް މަގުތަކުގައި ދިދަ ދަމަން ނުކުންނަން ޖެހެނީ ދަންވަރު ކަމަށާއި އެހެންކަމުން ވަރަށް އުނދަގޫތައް ކުރިމަތިވާ ކަމަށް އޭނާ ބުންޏެވެ.

މުޅި ދުވަހު އުޅެން ޖެހެނީ މަސައްކަތުގައިކަން ފާހަގަކޮށް އެ މީހާ ބުނީ ބުރަ މަސައްކަތް ކުރުމަށް ފަހު ބޯނެ ފެން ނުހުންނަ ކަމަށާއި، ފެން ބޯންޖެހެނީ ވެސް އަމިއްލަ އަށް ގަނެގެން ކަމަށެވެ.

އެކި ފަހަރު މަތިން މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި ނަމަވެސް ހައްލު ލިބިފައި ނުވާ ކަމަށް އެމީހާ ބުންޏެވެ.

ފޮނަދޫގައި ތާރުއަޅަގެން ޒަމާނީ ފެންވަރަށް ތަރައްގީކުރާ މަގުގެ މަސައްކަތް ކުރަނީ ޕަބްލިކް ވޯރކްސްގައި މަސައްކަތް ކުރާ މީހުންނެވެ. އެހާ ބުރަކޮށް އުޅެމުން އެ މަސައްކަތްކޮށްފައި ރައީސް ޔާމީނުގެ ކެމްޕެއިން މަސައްކަތްތަކުގައި އުޅެން ޖެހުމުން ހަމަ ނިދި ވެސް ނުލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ފޮނަދޫގެ އިތުރުން އެހެން ބައެއް ރަށްރަށުގައި ސަރުކާރުގެ ކުންފުނިތަކާއި މުވައްޒަފުން ބޭނުންކޮށްގެން ރައީސް އަބްދުﷲ ޔާމީނަށް ކެމްޕެއިން ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ސްޓެލްކޯ އާއި ފެނަކަ ފަދަ ބައެއް ކުންފުނިތަކުން ރަސްމީ ގަޑީގައި އޮފީހުގައި ސޮއިކޮށްލުމަށް ފަހު ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް ނުކުންނަން ޖެހޭ ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ. މީގެ އިތރުން ހުޅުމާލޭގައި އެޗްޑީސީގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން ދިދަފަތި ދެމުމާއި އެ ނޫން ވެސް އެތައް ކަމެއް ދަނީ ކުރުވަމުންނެވެ. ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވެސް ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ކެމްޕެއިންގައި ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރާނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް