Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިލެކްޝަންސް ކޮމިޝަން

އިންޑިއާގެ ނިއުދިއްލީ އާއި ސިންގަޕޫރުގެ އިތުރުން 11 ތަނެއްގައި ވޯޓްފޮށި ނުބަހައްޓަން ނިންމައިފި!

ނިއުދިއްލީ އާއި ސިންގަޕޫގައި ވޯޓްފޮށި ނުބަހައްޓާ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 25 އޯގަސްޓު 2018 | ހޮނިހިރު 13:05
އިންތިހާބީ މަރުކަޒެއްގައި ވޯޓް ގުނަނީ

އިންތިހާބީ މަރުކަޒެއްގައި ވޯޓް ގުނަނީ

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އިންޑިއާގެ ނިއުދިއްލީ އާއި ސިންގަޕޫރުގެ އިތުރުން 11 ތަނެއްގައި ވޯޓްފޮށި ނުބަހައްޓަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހޮނިހިރު ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހަށްޓާނެކަމަށް އިޢުލާނުކޮށްފައިވާ 7 ތަނުގެ ތެރެއިން ކޮމިޝަނުން ކަނޑައަޅާފައިވާ ޢަދަދަށް މަދުވެގެން 200 މީހުން ރަޖިސްޓަރީކޮށްފައި ނުވާތީ އިންޑިއާގެ ނިއުދިއްލީއާއި، ސިންގަޕޫރުގައި ވޯޓްފޮށި ނުބެހެއްޓުމަށް ނިންމީ ކަމަށެވެ.

މީގެ އިތުރުން 9 ރިސޯޓެއްގައިވެސް ވޯޓްފޮށި ނުބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. ސަބަބެއްކަމަށް އެ ކޮމިޝަނުން ބުނީ، އިންތިޚާބުގައި ވޯޓުފޮށި ބަހަށްޓާނެކަމަށް އިޢުލާނުކޮށްފައިވާ 44 ރިސޯޓުގެ ތެރެއިން ކޮމިޝަނުން ކަނޑައަޅާފައިވާ ޢަދަދަށް މަދުވެގެން 100 މީހުން ރަޖިސްޓަރީކޮށްފައި ނުވާތީ ކަމަށެވެ. އެގޮތުން ވޯޓްފޮށި ނުބެހެއްޓުމަށް ނިންމާފައިވަނީ، އަދާރަން ސިލެކްޓް ހުދުރަންފުށި (ކ. ޅޮހިފުށި)، ވައްކަރު މޯލްޑިވްސް (ބ.ވައްކަރު)، އަމިއްލަފުށި އެންޑް ކޯސްޓްލައިން ރެސިޑެންސް (ބ.ފިނޮޅަސް)، އެޓްމޮސްފިއަރ ކަނިފުށި މޯލްޑިވްސް(ޅ. ކަނިފުށި) ، ކޮކޫން މޯލްޑިވްސް (ޅ. އޫކޮޅު ފިނޮޅު)، ކޮންސްޓަންސް ހަލަވެލި ރިސޯޓު (އއ. ހަލަވެލި)، އަމާރި ހަވޮއްޑާ މޯލްޑިވްސް (ގދ. ހަވޮޢްޑާ)، ކަނުހުރާ (ޅ. ކަނުހުރާ)، ރޮބިންސަން ކްލަބް ނޫނު(ނ. އޮރިވަރު) ގައެވެ.

އަދި ސިނާއީ މަސައްކަތް ކުރާ ދެ ރަށް ކަމުގައިވާ ފެލިވަރާއި ކައްދޫގައިވެސް 100 މީހުން ހަމަވާ ވަރަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެ ދެ ރަށުގައިވެސް ވޯޓްފޮށި ނުބެހެއްޓުމަށް ނިންމާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ، މި ވޯޓުފޮށިތަކަށް ރީ-ރަޖިސްޓަރީ ވެފައިވާ މީހުން އެމީހަކު ރަޖިސްޓަރީ ވެފައިވާތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ބޭނުންވާނަމަ، މި އޮގަސްޓް މަހުގެ 27 އިން 29 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ހަވީރު 06:00 އަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ސިންގަޕޫރުގެ ޑީބީއެސް ބޭންކަށް ސޮވެރިން ބޮންޑް ވިއްކަނީ

01 ފެބުރުއަރީ 2017
ސިންގަޕޫރުގެ ޑީބީއެސް ބޭންކަށް ސޮވެރިން ބޮންޑް ވިއްކަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު