Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫނު

ކަރެކްޝަނުން ރައީސް މައުމޫނަށް ކުރިމަތިކުރުވާ ކަންކަމަކީ ޓޯޗާރ ކުރުމުގެ އަމަލުތަކެއް: ވަކީލު ޝަމީމް

25 އޯގަސްޓު 2018 | ހޮނިހިރު 08:49

ރައީސް މައުމޫން ބޭސް ކެއުމަށް ފަހު 48 ގަޑިއިރު ވަންދެން ހަރަކާތްތެރިވެ ނޫޅެ ތަނެއްގައި އޮންނަވަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޯގަސްޓު 2018 | ހޮނިހިރު 08:49
ގާނޫނީ ވަކީލު ހުސެއިން ޝަމީމް

ގާނޫނީ ވަކީލު ހުސެއިން ޝަމީމް

މޯލްޑިވްސް ކަރެކްޝަން ސާރވިސް އިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކުރިމަތިކުރާ ކަންކަމަކީ ޓޯޗާރގެ އަމަލުތަކެއް ކަމަށް އެމަނިކުފާނުގެ ދިފާއީ ވަކީލުންގެ ޓީމުގައި އިސްކޮން މަސައްކަތް ކުރައްވަމުން ގެންދަވާ ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ ރައީސް މައުމޫނަށް ޖެހިވަޑައިގެންފާއިވާ އާލާސްކަންފުޅުގެ ސަބަބުން އެއްތަނުން އަނެއްތަނަށް ވަޑައިގަތުން ޑޮކްޓަރު މަނާ ކޮށްފައިވާ ކަމަށާއި، ބޭސް ފަރިއްކުޅުއްވުމަށް ފަހު 48 ގަޑިއިރު ވަންދެން ހަރަކާތްތެރިވެ ނޫޅެ ތަނެއްގައި އޮންނަވަންޖެހޭ ކަމަށެވެ. ޝަމީމް ވިދާޅުވީ ޑޮކްޓަރުން ލަފަޔާ ދެކޮޅަށް ކަރެކްޝަނުން އަމަލުކުރާ ކަމަށާއި، މިއީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މައުމޫންގެ ސިއްހީހާލުކޮޅު އެނގި ތިބެ މިގޮތަށް އެމަނިކުފާނު ތެޅުވުމަކީ ޓޯޗާރކުރުންކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ މިއީ ރައީސް މައުމޫނާއި، އެމަނިކުފާނުގެ އާއިލާއަށް ތުރާ ކުރުމުގެ އިތުރުން ކުރާ ޖެއްސުން ކުރުމުގެ އަމަލެއް ކަމަށެވެ.

"އެގޮތަށް ލަފާ ދެއްވީމަ އަޅުގަނޑުމެންނަކަށް ނޭނގެ ކަރެކްޝަން ބޭފުޅުން ކިހިނެއް ކަމެއް އެލަފާ ކިޔުއްވުނީކީއެއް. ކަރެކްޝަން ބޭފުޅުންނަށް ގަބޫލުކުރެއްވުނީ އެހެންވީމަ އެމަނިކުފާނު ތަންތަނަށް ދުއްވަންވީއޭ. ތަންތަނަށް ބަދަލުކުރަންވީއޭ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ރައީސް މައުމޫންގެ ސިއްހީހާލުކޮޅު ގޯސްވުމުން ގެންދަން ޖެހޭނީ ދޫނިދޫއަށް ނޫން ކަމަށާއި، އެމަނިކުފާނުގެ ގެންދަންޖެހޭނީ ސިއްހީ ފަރުވާދޭ މަރުކަޒަކަށް ކަމަށެވެ.

ޝަމީމް ވިދާޅުވީ ފާއިތުވި 24 ގަޑައިރު ތެރޭގައި ރައީސް މައުމޫން ބެހެއްޓެވިތަނެއް ކަށަވަރު ނުވާ ކަމަށާއި، އާއިލާއަށް އެއްވެސް މައުލޫމާތެއް ކަރެކްޝަނުން ހިއްސާކޮށްފައިނުވާ ކަމަށެވެ. ރައީސް މައުމޫންގެ ސިއްހީފަރުވާއަށް އިހުމާލުވާ މައްސަލަ އެތަކެއް ފަހަރުމަތިން ހިއުމަންރައިޓްސް ކޮމިޝަނަށް ހުހަޅާފައިވާ ކަމަށާއި، ނަމަވެސް މައްސަލައަށް ވާ ގޮތް ނޭނގޭ ކަމަށް އޭނަ ވިދާޅުވިއެވެ.

"ހިއުމަން ރައިޓްސްއަށް ހުށަހަޅާ މައްސަލަ އަރަނީ އުޑަށް ކަމެއް ބިން ފަޅާފައި އަޑިއަށް ދަނީ ކަމެއް ނޭނގެ. މިމައްސަލައަށް ވާގޮތެއް އަޅުގަނޑުމެންނަށް ސާފެއް ނުވޭ. އެބޭފުޅުން މިބައްލަވަނީ ތިމައްސަލަ މިދަނީ ބަލަމުންނޭ މި ނޫން ޖަވާބެއް ނުދޭ. މިހާރު ނެތް އިތުބާރެއް. އެހެން ގައުމުތަކުގައި މަސައްކަތް ކުރާ ގޮތަކަށް ނޫން ރާއްޖޭގެ މިހިއުމަން ރައިޓްސްއިން މަސައްކަތް ކުރަނީއެއް. ވަޒީފާއެއް އަދާ ކުރާ އުސޫލުން. ޒިންމާ ނަގާތަނެއް ނުފެނޭ،" ޝަމީމް ވިދާޅުވިއެވެ.

ރައީސް މައުމޫންގެ އާއިލާއިން ބުނާ ގޮތުގައި، އެމަނިކުފާނަށް ވަނީ ވެއްޓިވަޑައިގަތުމުގެ އާލާސްކަންފުޅަކާ ކުރިމަތިވެފައެވެ. އެހެންވެ އެމަނިކުފާނު އެކަހެރިކޮށް ނުހުންނެވުމަށް ވެސް ޑޮކްޓަރުން ވަނީ ލަފާ ދީފައެއެވެ.

ރައީސް މައުމޫން ހައްޔަރުކޮށް، ހުކުމެއް އިއްވާފައި ވަނީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހިންގި ތަހުގީގަކަށް ފަހުއެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލާފައެވެ. އެ ދައުވާގެ އަޑުއެހުންތައް ކޯޓްގައި ތާވަލްކުރި ނަމަވެސް ވަނީ ކެންސަލްކޮށްފައެވެ. އަދި ހާލުކޮޅު ހުރި ގޮތުން ރައީސް މައުމޫނުގެ ޝަރީއަތްތައް ޣައިރު ހާޒިރުގައި ކުރިއަށް ގެންދިޔުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ރައީސް މައުމޫން ގެއަށް ބަދަލުކޮށް ދިނުމަށް އާއިލާއިން ކޯޓާއި ސަރުކާރުގައި ވެސް އެދިފައިވެއެވެ. ނަމަވެސް މިހާތަނަށް ސަރުކާރުން މިކަމަށް އެއްވެސް އިޖާބައެއް ދީފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް