Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް މައުމޫނު

ވަގުތު ކުޑަތަން ވެފައިވަނިކޮށް ބައްދަލުވުން ކެންސަލްކޮށްފި: ރައީސް މައުމޫންގެ ވަކީލުން

ބައްދަލުވުން ކެންސަލް ކުރިކަން އެންގީ އެންމެ 8 މިނެޓަށް ވެފައި ވަނިކޮށް

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2018 | ހުކުރު 13:48
ރައީސް މައުމޫނަށް ދަނީ ބޭއިންސާފުން އަނިޔާ ދެމުންކަމަށް ގިނަބަޔަކު ތުހުމަތު ކުރޭ

ރައީސް މައުމޫނަށް ދަނީ ބޭއިންސާފުން އަނިޔާ ދެމުންކަމަށް ގިނަބަޔަކު ތުހުމަތު ކުރޭ

ރައީސް މައުމޫންއާއެކު ޝެޑިއުލް ކޮށްފައިވާ ބައްދަލުވުން ކެންސަލްކޮށްފި ޚަބަރު ދިނީ އެންމެ 8 މިނެޓަށްވެފައި ވަނިކޮށް ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

ބައްދަލުވުން ކެންސަލް ކުރިކަން އެންގީ ފޯނު ކޯލެއް މެދުވެރިކޮށް ކަމަށާއި އެހެން ނަމަވެސް ކެންސަލް ކުރީ ކީއްވެގެންކަމެއް އަންގާފައި ނުވާކަމަށް ވަކީލުން ވިދާޅުވިއެވެ. ފުލުހުން ގާތު ކެންސަލްވި ސަބަބު އެހުމުން ފުލުހުން ބުނެފައިވަނީ ފަހުން ކިޔައިދޭނެ ކަމަށެވެ. އަދި ފަހުން ފުލުހުން ވަނީ ބައްދަލުވުން ކެންސަލް ކުރީ އިދާރީ ކަންތައްތައް ހަމަނުޖެހިގެންކަމަށް އަންގާފައި ކަމަށް ވެސް ވަކީލުން ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ކަން އެގޮތަށް އޮތް ނަމަވެސް، ބައްދަލުވުން އަސްލު ކެންސަލް ކޮށްފައި ވަނީ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު މާ ބޮޑަށް ދަށްވުމުން އެކަން ފޮރުވުމަށްކަމަށް ބެލެވޭކަމަށް ވެސް ވަކީލުން ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ދަށްވެފައިވާ މިދަނޑިވަޅުގައި އެމަނިކުފާނަށް ދޭންޖެހޭ ބޭސްތައް ފުލުހުން އެއްވެސް ފަރާތަކަށް ނާންގާ ނަގައިފައިވާކަމަށް އެމަނުކުފާނުގެ ވަކީލުން ވަނީ ތުހުމަތު ކޮށްފައެވެ.

އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ހުސައިން ޝަމީމް ވިދާޅުވީ ރައީސް މައުމޫން ދޫނިދޫ ޖަލަށް ބަދަލުކުރުމަށްފަހު ފުލުހުން އެމަނިކުފާނުގެ ދަބަސްކޮޅުން އެބޭސްތައް ނަގާފައިވާކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެރޭ ބޭސް ފަރިއްކުޅުއްވަން ބެއްލެވިއިރު ބޭސްތައް ނެތްކަމަށް ޝަމީމް ވިދާޅުވިއެވެ. ރައީސް މައުމޫންގެ ބޭސްތައް ފުލުހުން ނެގީ އެމަނިކުފާނަށް ނޭނގިކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ނ.މިލަދޫގައި ބުދަ ދުވަހުގެ ރޭ ބޭއްވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ ފާއިތުވި ދެ ދުވަހު ވެސް މައުމޫނުގެ ސިއްހީ ހާލުކޮޅު ނާޒުކު ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް މައުމޫނަށް ޖަލު ގޮޅި ހައްގު ކަމަށް ވަކި ބަޔަކު ގަބޫލުކޮށްގެން އެމަނިކުފާނު ޖަލަށް ލީ ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ކަމަށެވެ. އެ އަނިޔާ ރައީސް މައުމޫނު ލިބެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި

އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި

29 މާރިޗު 2017
ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ

ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ

28 މާރިޗު 2017
 ޕީޕީއެމް ޕީޖީ ގްރޫޕުގެ ރިސޯޓް "ކޭމްޕް" ކެންސަލްކޮށް، ބައްދަލުވުން މާލޭގައި!

ޕީޕީއެމް ޕީޖީ ގްރޫޕުގެ ރިސޯޓް "ކޭމްޕް" ކެންސަލްކޮށް، ބައްދަލުވުން މާލޭގައި!

26 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު