Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޮރިން މިނިސްޓްރީ

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އުފެއްދުންތެރިކަން ކުރިއެރުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 19 ފެބުރުއަރީ 2017 | އާދީއްތަ 17:06
ރާއްޖޭގެ ފޮރިން މިނިސްޓަރާއި ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވަނީ

ރާއްޖޭގެ ފޮރިން މިނިސްޓަރާއި ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވަނީ

ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ދެމެދު ހަ ވަނަ މަޝްވަރާ ބައްދަލުވުން އާދީއްތަ ދުވަހު ބާއްވައިފިއެވެ.

ރާއްޖޭގެ ފޮރިން މިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އުފެންދުންތެރިކަން ކުރިއެރުވުމަށާއި، ޓޫރިޒަމް ކުރިއެރުވުމަށާއި، އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އަދި ވިޔަފާރި އިތުރަށް ފުޅާކޮށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

Advertisement - newsAdvertisement

ހަމައެހެންމެ ޗައިނާ ސަރުކާރުގެ އެހީގައި މިވަގުތު ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ދެ ޕްރޮޖެކްޓްކަމުގައިވާ "މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖް ޕްރޮޖެކްޓް" އާއި "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑިން ޕްރޮޖެކްޓް" އާ ގުޅޭ މަޝްވަރާތައް ކުރެވުނެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިއެވެ.

ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއަކަށްވެފައި، ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި އެތަކެއް އެހީ ވެދެއްވަމުންގެންދަވާފައިވާތީ އެކަން ފާހަގަކޮށް ޗައިނާ ސަރުކާރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކުރެއްވިއެވެ.

މި އަހަރަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 45 އަހަރުފުރުން ފާހަގަކުރާ އަހަރު ކަމަށްވާތީ، މިއަހަރު ކުލަގަދަގޮތެއްގައި ފާހަގަ ކުރުމާގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލުބަދަލުކޮށް ވާހަކަ ދެކެވުނެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ މި މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓަރަލް، އަޙުމަދު ޚަލީލް އެވެ. ޗައިނާގެ ވަފްދުގައި އިސްކޮށްހުންނެވީ، އެސިސްޓެންޓެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކޮންގް ޒުއާންޔޫ އެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު