Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިލަދޫ ޖަލްސާ

އަމިއްލަފުޅަަށް ބޭޒާރުނުވެ ރައީސް ޔާމީން އިސްތިއުފާދެއްވާ: ޑރ.ހުސެއިން

ރައީސް ޔާމީންގެ ވާހަކަފުޅު މިހާރު ހުރީ މަސްނުބޭނުމުން ކަނޑު ނުބައިވާ އުސޫލަށް ކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 23 އޯގަސްޓު 2018 | ބުރާސްފަތި 01:23
ހުސެއިން ރަޝީދު އަހުމަދު

ހުސެއިން ރަޝީދު އަހުމަދު

ދެކޮޅުނުޖެހޭ ވާހަކަތައް ދައްކަވައިގެން ބޭޒާރުނުވެ ރައީސް އަބްދުﷲ ޔާމީން އިސްތިއުފާ ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަން ގޮވާލައްވައިފިއެވެ. ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގެ ރޭ ނ. މިލަދޫގައި ބޭއްވި ޖަލްސާގައި ޑރ. ހުސައިން ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި އޮތީ އެންމެ ބުރެއް ކަމަށާއި އެހެން ކަމުން އެއްބުރުން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ހޮވަންޖެހޭ ކަމަށެވެ. ރައީސް ޔާމީނާއި އިބްރާހީމް މުހައްމަދު ސޯލިހާ، ދެބޭފުޅުންނަކީ އުޑާއިބިމާހާ ތަފާތު ދެބޭފުޅުން ކަަމަށް އޭނާ ވިދާޅުވިއެވެ.

"އިބްރާހީމް މުހައްމަދު ސޯލިހަކީ ހަގީގަތުގައި ވެސް ސޯލިހު ބޭފުޅެއް. ރައީސް ޔާމީނާ ޚިލާފަށް އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ނެތް. އެމަނިކުފާނަކީ އެއްވެސް ކިލަނބުކަމެއް ނެތް ސާފު ބޭފުޅެއް"ހުސައިން ވިދާޅުވިއެވެ.

ޑރ.ހުސައިން ވިދާޅުވީ ރައީސް ޔާމީންގެ ވާހަކަފުޅު މިހާރު ހުރީ މަސް ނުބޭނުމުން ކަނޑު ނުބައިވާ އުސޫލަށް ކަމަށެވެ. ކައުންސިލްތަކުން ހުރަސްއަޅާ ވަރުން ތަރައްގީ ނުގެނެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއިރު ގާނޫނުތަކަށް ބަދަލުގެނެސްގެން ކައުންސިލްތަކުގެ ހުރިހާ ބާރެއް އެމަނިކުފާނު ވަނީ މުށުތެރެއަށް ނަންގަވާފައި ކަމަށް ވިދާޅުވެ، ޑރ. ހުސައިން ވަނީ އެކަންކަން ރައީސް ޔާމީން ހަނދުމަފުޅު ނެތުނީތޯ ސުވާލު އުފައްދަވާފައެވެ.

ޑރ.ހުސައިން ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީ ޚިޔާރުކުރާނީ ރައްޔިތުން ކަމަށާއި އެއީ ވެރިއަކަށް ހުންނަވާ ބޭފުޅަކު ކުރައްވަން ޖެހޭ ކަމެއް ނޫން ކަަމަށެވެ.

ތިން ބާރު މުށުތެރެއަށް ލައްވައި ރައްޔިތުންގެ މައްޗަށް ޚުދުމުޚުތާރު ވެރިކަމެއް ކުރަން ގާނޫނުއަސާސީން ބާރުދީފައި ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު