Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލްޔާސް ފަރުހާދު

އިސްތިއުފާ ދިނީ މައުމޫނަށް އަނިޔާ ކުރާތީ، މިވެރިކަން ބަދަލުކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން: އިލްޔާސް

22 އޯގަސްޓު 2018 | ބުދަ 12:00

ސިޔާސީ މައިދާނަށް ނިކުތީ މައުމޫނު ސަރުކާރުގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 22 އޯގަސްޓު 2018 | ބުދަ 12:00
އިލްޔާސް ފަރުހާދު: އިސްތިއުފާ ދެއްވީ މައުމޫނަށް އަނިޔާ ކުރާތީ

އިލްޔާސް ފަރުހާދު: އިސްތިއުފާ ދެއްވީ މައުމޫނަށް އަނިޔާ ކުރާތީ

މަޤާމުން އިސްތިއުފާ ދެއްވީ ކުރީގެ ރައީސް މައުމޫނަށް އަނިޔާ ކުރަމުންދާތީ ކަމަށާއި ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް ގުޅިފައިވާ ޕާޓީތަކާ އެކު ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު ކަމުން ދާދިފަހުން އިސްތިއުފާދެއްވި އިލްޔާސް ފަރުހާދު ވިދާޅުވެއްޖެއެވެ.

މިސަރުކާރުގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމު ވެސް ކުރިން އަދާކުރެއްވި އިލްޔާސް އިސްތިއުފާ ދެއްވަމުން ރައީސް ޔާމީނަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އެންމެ ޅަދުވަހުން ފެށިގެން ވެސް އޭނާއަކީ ރައީސް ޔާމީން ވެސް ހިމެނޭ ގޮތަށް ރައީސް މައުމޫނާއި އެމަނިކުފާނުގެ ޢާއިލާ ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށެވެ. އަދި އޭނާގެ ސިޔާސީ ހަޔާތް ފެށުނީ ވެސް ރައީސް މައުމޫނުގެ ވެރިކަމުގައި ކަމުން އެމަނިކުފާނުގެ ސިޔާސަތުތަކަށް އިންތިހާއަށް ލޯބިކުރައްވާ ކަމަށް ވެސް ސިޓީގައި ވެއެވެ.

Advertisement - newsAdvertisement

ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި ރައީސް މައުމޫން ފެއްޓެވި އިސްލާހީ މަސައްކަތްޕުޅަކީ ޤައުމަށް ނުހަނު ބޭނުންތެރި މަސައްކަތްޕުޅުތަކެއް ކަމުގައި ހިތުގެ އަޑިން ޤަބޫލްކުރެވޭ ހިނދު އެއީ ދަރިންގެ ދަރިންނާއި ހަމައަށް މިޤައުމު އަމާންކަމާ އެކު ގެންގޮސް ދެއްވުމަށް އެމަނިކުފާނު ފެއްޓެވި އިޚްލާސްތެރި މަސައްކަތްޕުޅެއް ކަމަށެވެ.

ރައީސް މައުމޫނަށް ދެމުން ގެންދާ އަނިޔާ އެއްވެސް ހާލެއްގައި ޤަބޫލު ނުކުރާނެކަން ފާހަގަ ކުރައްވަމުން އިލްޔާސް ވިދާޅުވީ އިންސާނީ ކަރާމާތާއި ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ ޤަބޫލުކުރާ އަސާސް ކަމަށް ވާއިރު ރައީސް މައުމޫނަށް ލިބެންޖެހޭ އިންސާނީ ކަރާމާތާއި ޙައްޤުތަކާއި މިނިވަންކަން ނުދީ އެމަނިކުފާނު ޖަލުގައި ބަންދުގައި ބަހައްޓާފައިވާ ބެހެއްޓުމަކީ އެމަނިކުފާނަށް ދެވޭ އަނިޔާއެއް ކަމުގައި ނޫނީ ނުވާނެ ކަމަށެވެ. އަދި އެކަމާ ހިތާމަކޮށް އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައި ވެއެވެ.

ހަމަ އެފަދައިން ދިވެހިންނަކީ ދުވަހަކު ވެސް އަނިޔާވެރިކަމާއި ފަސާދަ ޤަބޫލުކުރާ ބަޔަކަށް ނުވާހިނދު މިއީ އެއްވެސް ދިވެހި ރައްޔިތަކު ބަލައިގަންނަ ކަމަކަށް ނުވާނެތީ އާއި މިއީ މިއަދު މިޤައުމުގައިވާ ނާތަހުޒީބު ކަމެއް ކަމުގައި ދެކޭ ކަމަށް ވެސް މަޤާމުން އިސްތިއުފާ ދެއްވައި ފޮނުއްވި ސިޓީގައި އިލްޔާސް ވިދާޅުވެފައި ވެއެވެ.

ރާއްޖެ އެމްވީއަށް އިލްޔާސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތްތަކުން ވެސް ފެންނާނެ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ބަލިކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރައްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް