ރައީސް އަބްދުﷲ ޔާމީން ހދ. ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރަށް ފުރާ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި، ނޮޅިވަރަންފަރު ބަނދަރު އިފްތިތާހު ކޮށްދެއްވުމަށާއި، ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ. ރައީސް އެ ދެ ރަށަށް ފުރާވަޑައިގެންފައިވަނީ ބުދަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައެވެ. .
ރިޔާސީ އިންތިޚާބާއި ކައިރިކޮށް ރާއްޖޭގެ އެކި ރަށްރަށަށް ރައީސް ކުރައްވާ ދަތުރުފުޅުތަކުގައި އެންމެ ފަހުން ވަޑައިގެންފައިވަނީ ތ އަތޮޅަށެވެ.