Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ފައިނަލްގައި ރެއާލްއާ ދެކޮޅަށް ނުކުންނާނީ ލިވަޕޫލް

3 މެއި 2018 | ބުރާސްފަތި 12:25

ލިވަޕޫލް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 7-6 ގެ އެގްރިގޭޓް ނަތީޖާއަކުން އިޓަލީގެ ރޯމާގެ މައްޗަށް ކުރި ހޯދައިގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 މެއި 2018 | ބުރާސްފަތި 12:25
ފައިނަލްގެ ޖާގައެއް ލިބުމާއެކު ލިވަޕޫލްގެ ކުޅުންތެރިން އުފާފާޅުކުރަނީ

ފައިނަލްގެ ޖާގައެއް ލިބުމާއެކު ލިވަޕޫލްގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި ދެކޮޅަށް ނުކުންނާނީ އިނގިރޭސިވިލާތުގެ ލިވަޕޫލްކަން ކަށަވަރުވެއްޖެއެވެ.

ލިވަޕޫލް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 7-6 ގެ އެގްރިގޭޓް ނަތީޖާއަކުން އިޓަލީގެ ރޯމާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ލިވަޕޫލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 5-2 އިން ލިވަޕޫލް ކާމިޔާބުކުރި ނަމަވެސް އެ ޓީމު ވަނީ ރޯމާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން 4-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގެ އުއްމީދުގައި ނުކުތް ދެ ޓީމުން ވެސް ވަނީ މި މެޗުގައި ވަރުގަދަ ފުރަތަމަ އެގާރައެއް ކުޅެން ނެރެފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިވަޕޫލްއިންނެވެ. ރޯމާގެ މެދުތެރެއިން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގައިގެން ލިވަޕޫލްއަށް ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ މާނޭއެވެ.

މި ލަނޑަށްފަހު ރޯމާއިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 15 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑަކީ ލިވަޕޫލްގެ ޑިފެންސުން ހެދުނު ގޯހެއްގައި އެ ޓީމުގެ މިލްނާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ރޯމާގެ ކުޅުން އިތުރަށް ވަރުގަދަކުރިއިރު ލިވަޕޫލްއިން ކުޅެފައިވަނީ ކައުންޓާއަށް ވިސްނައިގެންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ލިވަޕޫލްއިން ވަނީ އަނެއްކާ ވެސް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޯޖީނިއޯ ވައިނާލްޑަމްއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ރޯމާއިން ވަނީ މެޗުގެ ކޮންޓްރޯލާ ނަގާފައެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި އެޑިން ޒެކޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ރޯމާއިން ފުލުފުލުގައި ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ހަމަލާތައް ފޮނުވާލަމުންދިޔައިރު ލިވަޕޫލްގެ ކީޕަރު ލޯރިއަސް ކާރިއަސް ވަނީ ގިނަ ސޭވްތަކެއް މި މެޗުގައި ކޮށްފައެވެ.

މެޗުގެ 86 ވަނަ މިނެޓުގައި ނައިންގޮލަން ވަނީ ހިތްގައިމު ލަނޑެއް ޖަހާ ރޯމާއަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީ ފައިނަލްގެ އުއްމީދު އާކޮށްދީފައެވެ. ރޯމާގެ އުއްމީދުތައް އިތުރަށް ބޮޑުވެގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއާއެކުއެވެ. މި ޕެނަލްޓީ ވެސް ނައިންގޮލަން ކާމިޔާބުކުރިއިރު އެ ޓީމަށް މެޗު އިތުރު ވަގުތައް ގެންދެވިފައެއް ނުވެއެވެ.

މި ދެ ޓީމު ކުޅުނު ސެމީ ފައިނަލް ވެގެންދިޔައީ ދެ ލެގުގެ އެގްރިގޭޓަށް ބަލާއިރު އެންމެ ގިނަ ލަނޑު ފެނިގެންދިޔަ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށެވެ. ލިވަޕޫލް ވެގެންގޮސްފައިވަނީ 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ރެއާލް މެޑްރިޑް 20 ލަނޑު ޖެހިފަހުން އެއަދަދަށް ރަށުން ބޭރުގައި ލަނޑު ޖެހި ފުރަތަމަ ޓީމަށެވެ. މިއަހަރުގެ ފައިނަލް ވެގެންދާނީ ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފެނިގެންދާނެ އަށްވަނަ ފަހަރަށެވެ. މި އަދަދަށް އިނގިރޭސިވިލާތަށް ނިސްބަތްވާ އެހެން އެއްވެސް ޓީމަކަށް ފައިނަލްގައި ވާދަކުރެވިފައެއް ނުވެއެވެ.

މިދިޔަ ދެ އަހަރުގެ ވެން ޗެމްޕިއަނުން ކަމަށްވާ ރެއާލް މެޑްރިޑާއި ދެކޮޅަށް ލިވަޕޫލް ފައިނަލްގައި ނުކުންނާނީ މި މަހުގެ 26 ވަނަ ދުވަހު ޔޫކްރެއިންގެ ކިއޭވްގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް