Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑޭވިސް ކަޕް

ޑޭވިސް ކަޕް: ފައިނަލްގައި ވާދަކުރާނީ ބެލްޖިއަމް އާއި ފްރާންސް

ފައިނަލްއިން ބެލްޖިއަމް ޖާގަ ހޯދީ ތިން މެޗު ދެ މެޗުން އޮސްޓްރޭލިއާ ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2017 | ހޯމަ 07:42
ޑޭވިސް ކަޕްގެ ފައިނަލްގައި ވާދަކުރާ ބެލްޖިއަމްގެ ޓީމު

ޑޭވިސް ކަޕްގެ ފައިނަލްގައި ވާދަކުރާ ބެލްޖިއަމްގެ ޓީމު

ދުނިޔޭގެ ގައުމުތަކުގެ ގައުމީ ޓެނިސް ޓީމުތަކުގެ މެދުގައި ކުޅޭ ޑޭވިސް ކަޕްގެ މިއަހަރުގެ ފައިނަލްގައި ވާދަކުރާ ޓީމުތައް ކަށަވަރު ވެއްޖެއެވެ.

ނޮވެމްބަރު މަހު ކުޅެން ހަމަޖެހިފައިވާ ޑޭވިސް ކަޕްގެ ފައިނަލްގައި ވާދަކުރާނީ ފްރާންސްއާ ބެލްޖިއަމްއެވެ. ޑޭވިސް ކަޕްގެ ފޯމެޓް އޮންނަ ގޮތުން ކޮންމެ ޓީމަކުން ވެސް ފަސް މެޗު ކުޅެން ޖެހޭއިރު ކޮލިފައި ވުމަށް އޭގެ ތެރެއިން ތިން މެޗު ކާމިޔާބުކުރަން ޖެހެއެވެ.

މި މުބާރާތުގެ ފައިނަލްއިން ބެލްޖިއަމް ޖާގަ ހޯދީ ތިން މެޗު ދެ މެޗުން އޮސްޓްރޭލިއާ ބަލިކޮށްގެންނެވެ. ފިރިހެން ސިންގަލްސް ފުރަތަމަ މެޗުގައި ބެލްޖިއަމްގެ ޑޭވިޑް ގޮފިން ތިން ސެޓު އެއް ސެޓުން އޮސްޓްރޭލިއާގެ ޖޯން މިލިމަން ބަލިކުރި ނަމަވެސް ދެވަނަ މެޗުގައި އޮސްޓްރޭލިގެ ނިކް ކިރްގިއޯސް ވަނީ ބެލްޖިއަމްގެ ސްޓީވް ޑާސިސް ތިން ސެޓު ދެ ސެޓުން ބަލިކޮށް އޮސްޓްރޭލިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ފިރިހެން ޑަބަލްސް މެޗުގައި އޮސްޓްރޭލިއާގެ ޖޯން ޕިއާސްއާ ޖޯޑަން ތޮމްޕްސަން ސީދާ ތިން ސެޓުން ބެލްޖިއަމްގެ ރުބެން ބެމެލެމެންސްއާ އަރްތޫރް ޑެ ގްރީފް ބަލިކޮށް ލީޑު ނެގިއެވެ. އެހެނަސް ބެލްޖިއަމްގެ ޑޭވިޑް ގޮފިން ވަނީ ހަތަރު ވަނަ މެޗުގައި ތިން ސެޓު އެއް ސެޓުން އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް ބަލިކޮށް ބެލްޖިއަމްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ސެމީފައިނަލްގެ ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ މެޗުގައި ބެލްޖިއަމްގެ ސްޓީވް ޑާސިސް ވަނީ ސީދާ ތިން ސެޓުން އޮސްޓްރޭލިއާގެ ޖޯޑަން ތޮމްޕްސަން ބަލިކޮށް ބެލްޖިއަމްއަށް ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްދީފައެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ފްރާންސްއިން ވަނީ ތިން މެޗު އެއް މެޗުން ސާބިއާ ބަލިކޮށް މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. އެގޮތުން ސިންގަލްސް ފުރަތަމަ މެޗުގައި ސާބިއާގެ ޑޫސާން ލަޖޮވިޗް ވަނީ ތިން ސެޓު އެއް ސެޓުން ފްރާންސްގެ ލޫކަސް ޕޮލީ ބަލިކޮށް އެ ޓީމަށް ލީޑު ނަގައިދީފައެވެ. އެހެނަސް ފްރާންސްއިން ވަނީ ފަހުން ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައެވެ.

ފްރާންސްގެ ޖޯ ވިލްފްރީޑް ޓްސޮންގާ ވަނީ ދެވަނަ މެޗުގައި ސާބިއާގެ ލާސްލޯ ޑެރޭ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. އަދި ޑަބަލްސް މެޗުގައި ފްރާންސްގެ ޕިއާ ހިއުސް ހާބާޓްއާ ނިކޮލަސް މަހުޓް ވަނީ ސީދާ ތިން ސެޓުން ސާބިއާގެ ފިލިޕް ކްރަޖިނޮވިޗްއާ ނެނަޑް ޒިމޮންޖިޗް ބަލިކޮށްފައެވެ. ފްރާންސްއަށް ފައިނަލްގެ ޖާގައެއް ކަށަވަރުވީ ހަތަރު ވަނަ މެޗުގައި އެ ޓީމުގެ ޖޯ ވިލްފްރީޑް ޓްސޮންގާ ތިން ސެޓު އެއް ސެޓުން ސާބިއާގެ ޑޫސާން ލަޖޮވިޗް ބަލިކުރުމުންނެވެ.

ޑޭވިސް ކަޕްގެ ފައިނަލްއިން މި ދެ ޓީމު ޖާގަ ހޯދާފައިވާއިރު ފްރާންސްއިން ވަނީ މީގެ ކުރިން ނުވަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. ބެލްޖިއަމްއިން މި މުބާރާތުގައި ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބަކީ 2015 އަހަރުގެ މުބާރާތުން ދެވަނަ ލިބުމެވެ. މިއަހަރުގެ ޑޭވިސް ކަޕްގެ ފައިނަލް ކުޅެން ހަމަޖެހިފައިވަނީ 24 ނޮވެމްބަރުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު