Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަތަލް ބިހާރީ ވަޖްޕާއީ

އަތަލް ބިހާރީ ވަޖްޕާއީ އަވަހާރަވެއްޖެ

އަތަލް ބިހާރީ ވަޖްޕާއީ އަވަހާރަވިއިރު އޮންނެވީ ލައިފް ސަޕޯޓުގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 16 އޯގަސްޓު 2018 | ބުރާސްފަތި 13:14
އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އަތަލް ބިހާރީ ވަޖްޕާއީ

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އަތަލް ބިހާރީ ވަޖްޕާއީ

ބުދަ ދުވަހުގެ ރެއިން ފެށިގެން ލައިފް ސަޕޯޓުގެ އެހީގައި އޮންނެވި އިންޑިއާގެ ކުރީގެ ބޮޑު ބަޒީރު އަތަލް ބިހާރީ ވަޖްޕާއީ ބުރާސްފަތި ދުވަހު އަވަހާރަވެއްޖެއެވެ.

މިދިޔަ ޖޫން މަހުން ފެށިގެން، އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އެއިމްސް) ގައި، އެޑްމިޓުކޮށްފައި އޮންނެވި ވަޖްޕާއީ އަވަހާރަވީއިރު އުމުރުފުޅަކީ 93 އަހަރެެވެ. ވަޖްޕާއީއަކީ އިންޑިއާގެ ބާރަތިޔާ ޖަނަތާ ޕާޓީއަށް ނިސްބަތްވާ، އަދި އެޕާޓީއަށް ނިސްބަތްވާ، އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރި ފުރަތަމަ ބޭފުޅާ އެވެ. ވަޖްޕާއީ އިންޑިއާގެ ބޮޑުވަޒީރުކަން ތިން ފަހަރެއްގެ މަތިން ކުރައްވައިފާއިރު، އެއީ 1996 ވަނަ އަހަރު 13 ދުވަހަށާއި، 1998 ވަނަ އަހަރުން ފެށިގެން 13 މަހަށާއި އަދި 1999 އިން ފެށިގެން ހަ އަހަރަށެވެ.

ވަޖްޕާއީ އަކީ ހަކުރު ބަލީގެ ޕޭޝަންޓަކަށްވާއިރު، އެމަނިކުފާނުގެ، ފަންކްޝަން ކުރަނީ އެންމެ ކިޑްނީއެކެވެ. 2009 އެއްގައި އެމަނިކުފާނަށް ސްޓްރޯކެއް ޖެހިފައިވާއިރު، އެ ސްޓްރޯކުގެ ސަބަބުން އެމަނިކުފާނުގެ ކޮގްނިޓިވް އެބިލިޓީސްތައް ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އަދި ފަހުން ޑިމެންޝިއާ ވެސް އެމަނިކުފާނަށް ޖެހިފައިވެއެވެ.

ވަޖްޕާޔީއަށް 1994 ވަނަ އަހަރު ގާނޫނު ހަދާ މަޖިލީހުގެ ބެސްޓް ޕާލަމެންޓޭރިއަންގެ ލަގަބު ލިބިވަޑައިގެންނެވިއެވެ. އިންޑިއާގެ އެންމެ މަތީ މަދަނީ ޝަރަފު، ބާރަތު ރަތުނާވެސް 2015 ވަނަ އަހަރު ލިބިވަޑައިގެންނެވި ވަޖްޕާއީގެ ސިއްހީ ހާލުކޮޅު ދަށަށްދާން ފެށުމާ ގުޅިގެން އެމަނިކުފާނު ވަނީ ފަބްލިކް ލައިފުން މަޑުމަޑުން ދުރަށް ޖެހިވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2018

ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު މޯގަން ސްވާންގިރާއި އަވަހާރަވެއްޖެ

15 ފެބުރުއަރީ 2018
ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު މޯގަން ސްވާންގިރާއި އަވަހާރަވެއްޖެ
07 ނޮވެމްބަރު 2017

އަނެއްކާވެސް ސައުދީ ޕްރިންސަކު އަވަހާރަވެއްޖެ ކަމުގެ ޚަބަރުތައް ފެތުރެން ފަށައިފި

07 ނޮވެމްބަރު 2017
އަނެއްކާވެސް ސައުދީ ޕްރިންސަކު އަވަހާރަވެއްޖެ ކަމުގެ ޚަބަރުތައް ފެތުރެން ފަށައިފި
05 ނޮވެމްބަރު 2017

ހެލިކޮޕްޓަރެއް ވެއްޓި، ސައުދީ ޕްރިންސަކު އަވަހާރަވެއްޖެ

05 ނޮވެމްބަރު 2017
ހެލިކޮޕްޓަރެއް ވެއްޓި، ސައުދީ ޕްރިންސަކު އަވަހާރަވެއްޖެ
03 އޮކްޓޯބަރު 2017

ސައްދާމަށް ފަހު އިރާޤުގެ ވެރިކަން ކުރެއްވި ކުރުދީ ރައީސް، ތަލަބާނީ އަވަހާރަވެއްޖެ

03 އޮކްޓޯބަރު 2017
ސައްދާމަށް ފަހު އިރާޤުގެ ވެރިކަން ކުރެއްވި ކުރުދީ ރައީސް، ތަލަބާނީ އަވަހާރަވެއްޖެ
14 ޖުލައި 2017

ސައުދީ ޕްރިންސް އަބްދުއްރަހްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު އަވަހާރަވެއްޖެ

14 ޖުލައި 2017
ސައުދީ ޕްރިންސް އަބްދުއްރަހްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު