Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތަލަބާނީ އަވަހާރަވުން

ސައްދާމަށް ފަހު އިރާޤުގެ ވެރިކަން ކުރެއްވި ކުރުދީ ރައީސް، ތަލަބާނީ އަވަހާރަވެއްޖެ

އަވަހާރަވެފައިވަނީ އުމުރުފުޅުން 83 އަހަރުފުޅުގައި ޖަރުމަނުގަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2017 | އަންގާރަ 15:29
ސައްދާމް ޙުސައިންގެ ވެރިކަން ނިންމުމަށް ފަހު، އިރާޤުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، އެ ޤައުމުގެ ރައީސްކަން ކުރެއްވި ޖަލާލް ތަލަބާނީ

ސައްދާމް ޙުސައިންގެ ވެރިކަން ނިންމުމަށް ފަހު، އިރާޤުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، އެ ޤައުމުގެ ރައީސްކަން ކުރެއްވި ޖަލާލް ތަލަބާނީ

ސައްދާމް ޙުސައިންގެ ވެރިކަން ނިންމުމަށް ފަހު، އިރާޤުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، އެ ޤައުމުގެ ރައީސްކަން ކުރެއްވި ޖަލާލް ތަލަބާނީ އަވަހާރަވެއްޖެއެވެ.

އިރާޤާއި ކުރުދިސްތާނުގެ ރަސްމީ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ތަލަބާނީ އަވަހާރަވެފައި ވަނީ އުމުރުފުޅުން 83 އަހަރުފުޅުގައި ޖަރުމަނުގައެވެ. އެމަނިކުފާނު އަވަހާރަވީއިރު، ގެންދެވީ ޖަރުމަނުގައި ސިއްހީ ފަރުވާ ހޯއްދަވަމުންނެވެ.

ކުރުދީންނަށް މިނިވަންކަން ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ތަލަބާނީ އިރާޤުގެ ރައީސްކަން ކުރެއްވީ 2005 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށެވެ. އެމަނިކުފާނު އަވަހާރަވެފައި މިވަނީ އިރާޤުގެ އުތުރުގައި ކުރުދީން ވަކި ދައުލަތެއް އިޢުލާނުކުރިތާ ހަފްތާއެއްހާ ދުވަސްފަހުންނެވެ.

ކުރުދީންގެ މިނިވަންކަމަށް ތަލަބާނީ މަސައްކަތް ކުރެއްވި ނަމަވެސް، ކުރުދީންގެ މިނިވަން ކަމަށް ނެގި ވޯޓަށް ތާޢީދުކޮށް، ތަލަބާނީގެ އަނބިކަނބަލުން އަދި ސިޔާސީ ބައިވެރިޔާ ހީރޯ އިބްރާހިމް އަޙުމަދާއި، ތަލަބާނީގެ ޕާޓީ، ޕޭޓްރިއޮޓިކް ޔޫނިއަން އޮފް ކުރުދިސްތާން (ޕީޔޫކޭ) އިން މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

ކުރުދިސްތާނުގެ ސަރަހައްދީ ސަރުކާރުގެ އިންތިޤާލީ ރައީސްކަން މިހާރު ކުރައްވަމުން ގެންދަވާ މަސްޢޫދު ބަރްޒާނީ އާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ކުރުދިޝް ޑިމޮކްރެޓިކް ޕާޓީ (ކޭޑީޕީ) އާއި ޚިލަފަށް، ތަލަބާނީ އާއި އެމަނިކުފާނުގެ ޕީޔޫކޭއިން ވަނީ އީރާނާއި، އީރާނުގެ ޝީއީ ގްރޫޕްތަކުގެ އެހީއާއި އެކު ބަޣްދާދުގައި ވެރިކަންކުރާ ފަރާތްތަކާއި ގާތް ގުޅުމެއް ބާއްވަވާފައެވެ.

1933 ވަނަ އަހަރު ތަލަބާނީ އުފަންވެވަޑައިގަތީ، ކުރުދިސްތާނުގެ ސަރަހައްދީ ސަރުކާރުގެ ވެރިކަން މިހާރު ކުރާ އަރްބިލަށެވެ. އެމަނިކުފާނު ދިރިއުޅުއްވީ، ޕީޔޫކޭއަށް ބޮޑު ތާޢީދެއް އޮންނަ، ކުރުދިޝް ޑިމޮކްރެޓިކް ޕާޓީ (ކޭޑީޕީ)ގެ ބާރު ކުޑަ، ސުލައިމާނިއްޔާގައެވެ.

2005 ވަނަ އަހަރު ތަލަބާނީ ވެރިކަމަށް ވަޑައިގަތީ، ސައްދާމް ޙުސައިންގެ ވެރިކަން ވައްޓާލިތާ ދެ އަހަރުފަހުން، އިރާޤުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. އެމަނިކުފާނަކީ، އިރާޤުގައި ވެރިކަން ކުރެއްވި އަރަބި ދަރިކޮޅަށް ނިސްބަތްނުވާ ފުރަތަމަ ރައީސެވެ.

ވެރިކަމުގައި ހުންނަވަނިކޮށް، 2012 ވަނަ އަހަރު ޖެހިވަޑައިގަތް ސްޓްރޯކަކަށް ފަރުވާ ހޮއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ޥިފަހުން ތަލަބަނީ ވެރިކަމުން ދުރަށް ޖެހިވަޑައިގެންފައިވަޏި 2014 ވަނަ އަހަރުއެވެ. ސައްދާމްގެ ވެރިކަމަށް ފަހު އެމެރިކާގެ ބެލުމުގެ ދަށުން އިރާޤުގައި އެކުލަވާލި ސިޔާސީ ނިޒާމުގައި މަބޮޑު ބާރެއް ނެތް ރަމްޒީ މަޤާމެއް ގޮތުގައި އޮތް ރައީސް ކަމުގެ މަޤާމް ތަލަބާނީ ދޫކޮށްލެއްވުމުން، ދެން އެ މަޤާމާއި ހަވާލުވެވަޑައިގަތީ، ޕީޔޫކޭއަށް ނިސްބަތްވެވަޑައިގަންނަވާ ކުރުދީއެއް ކަމުގައިވާ ފުއާދް މައުސޫމެވެ.

ތަލަބާނީ އަވަހާރަވީއިރު، އެމަނިކުފާނުގެ އަނބިކަނބަލުން ހީރޯ އިބްރާހިމް އަޙުމަދާއި، ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. އެ ދެބޭފުޅުން ވެސް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާއިރު، އޭގެ ތެރެއިން ހަގަށް ހުންނަވާ ޤުބާދް ތަލަބާނި އަކީ ކުރުދިސްތާނުގެ ސަރަޙައްދީ އިންތިޤާލީ ސަރުކާރުގެ ބޮޑުވަޒީރުގެ ނައިބެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި

02 އެޕްރީލު 2017
ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
23 މާރިޗު 2017

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި
21 މާރިޗު 2017

އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

21 މާރިޗު 2017
 އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް
25 ފެބުރުއަރީ 2017

ކުރުދީ ރިޕޯޓަރަކު މަރާލައިފި

25 ފެބުރުއަރީ 2017
ކުރުދީ ރިޕޯޓަރަކު މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު