Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ ކޮރަޕްޝަން

އަނެއްކާވެސް ސައުދީ ޕްރިންސަކު އަވަހާރަވެއްޖެ ކަމުގެ ޚަބަރުތައް ފެތުރެން ފަށައިފި

ޕްރިންސް އަބްދުލް އަޒީޒް ބިން ފަހުދު އަވަހާރަވެފައިވަނީ އޭނާ ހައްޔަރު ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ހިނގި ކުރިމަތިލުންތަކެއްގައި ކަމަށް ރިޕޯޓްތައް ބުނޭ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2017 | އަންގާރަ 05:47
ސައުދީ ޕްރިންސް އަބްދުލް އަޒީޒު ބިން ފަހުދު: ޕްރިންސް އަބްދުލް އަޒީޒު ހައްޔަރުކުރުމުގެ ތެރޭގައި ހިނގި ކުރިމަތިލުންތަކެއްގައި އޭނާ އަވަހާރަވެފައިވާ ކަމަށް ރިޕޯޓްތައް ބުނޭ

ސައުދީ ޕްރިންސް އަބްދުލް އަޒީޒު ބިން ފަހުދު: ޕްރިންސް އަބްދުލް އަޒީޒު ހައްޔަރުކުރުމުގެ ތެރޭގައި ހިނގި ކުރިމަތިލުންތަކެއްގައި އޭނާ އަވަހާރަވެފައިވާ ކަމަށް ރިޕޯޓްތައް ބުނޭ

ހެލިކޮޕްޓަރ އެކްސިޑެންޓެއްގައި ސައުދީ ޕްރިންސް މަންސޫރު ބިން މުގްރިން އަވަހާރަވިތާ 24 ގަޑިއިރު ނުވަނީސް، ސައުދީ ޝާހީ އާއިލާގެ އިތުރު ޕްރިންސަކު އަވަހާރަވިކަމުގެ ޚަބަރެއް ފެތުރެން ފަށައިފި އެވެ.

ސައުދީ ރޯޔަލް ކޯޓާ ހަވާލާދީ މި ޚަބަރު އެންމެ ފުރަތަމަ ފަތުރާފައިވަނީ އިނގިރޭސި ބަހުން ނެރޭ ނޫހެއް ކަމަށްވާ ޒީރޯ ހެޖް އިންނެވެ. މީގެ އިތުރުން، އެމެރިކާގެ ތަހުގީގީ އިދާރާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) އާ ހަވާލާދީ ދުރާން ނޫހުންވެސް މިޚަބަރު ފަތުރާފައިވެއެވެ.

ޒީރޯ ހެޖް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕްރިންސް އަބްދުލް އަޒީޒް ބިން ފަހުދު އަވަހާރަވެފައިވަނީ، ސައުދީގެ ސަލާމަތީ ބާރުތަކުން އޭނާ ހައްޔަރު ކުރުމަށް ކުރި މަސައްކަތުގައި އޭނާގެ ސެކިއުރިޓީ އޮފިޝަލުންނާއި ސައުދީ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގަ އެވެ.

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް ސައުދީ ރަސްގެފާނުގެ ޝާހީ ގަރާރަކުން އުފައްދަވާފައިވާ ސައުދީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އަމުރަށް، ސައުދީ ޝާޙީ އާއިލާގެ 11 އަމީރަކާއި، 4 ވަޒީރެއްގެ އިތުރުން ސައުދީ ސަރުކާރުގެ ކުރީގެ އިސް އޮފިޝަލުންތަކަކާއި ވިޔަފާރިވެރިންތަކެއް މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރި އެވެ.

ޕްރިންސް އަބްދުލް އަޒީޒް ބިން ފަހުދަކީ އަވަހާރަވެފައިވާ ސައުދީ ރަސްގެފާނު ފަހުދް ބިން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ އެންމެ ހަގު ދަރިކަލުންނެވެ. އުމުރުފުޅުން 44 އަހަރުގެ ޕްރިންސް އަބްދުލްއަޒީޒަކީ، މިހަފްތާގައި އިސްތިއުފާ ދެއްވި ލުބުނާނުގެ ބޮޑުވަޒީރު ސާދް ހަރީރީގެ ވިޔަފާރީގެ ބައިވެރިއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިންގުން ހުއްޓާލާފައިވާ ސައުދީ އޮގަރ ލިމިޓެޑްގެ ވިޔަފާރީގައި ޕްރިންސް އަބްދުލްއަޒީޒްގެ ބައިވެރިވުމެއް އޮންނަ ކަމަށް ޚަބަރުތައް ބުނެއެވެ. ސައުދީ އޮގަރ ލިމިޓެޑަކީ ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ހަރީރީގެ އާއިލީ ވިޔަފާރިއެކެވެ. ހޫނު މޫސުމުގައި ވިޔަފާރި ހުއްޓާލުމާ ހަމަޔަށް ވިޔަފާރި ބެލެހެއްޓެވުމުގައި ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ސާދް ހަރީރީ އިސް ދައުރެއް އަދާކުރެއްވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕްރިންސް އަބްދުލްއަޒީޒް އަލް ފަހުދު އަވަހާރަވިކަމުގެ ރިޕޯޓްތަކެއް ފެތުރުނު ނަމަވެސް، ސައުދީ ރަސްމީ ފަރާތަކުން މިޚަބަރު ކަށަވަރުކޮށްދީފައެއްނުވެއެވެ. ސައުދީގެ ރަސްމީ ނޫސްތަކާއި ބައިނަލްއަޤްވާމީ ބޮޑެތި މީޑިއާތަކުން މިޚަބަރު ރިޕޯޓްކޮށްފައެއްނުވެއެވެ.

ޕްރިންސް އަބްދުލްއަޒީޒް އަލް ފަހުދު އަވަހާރަވިކަން ކަށަވަރުވެއްޖެނަމަ، އޭނާ ވެގެންދާނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދުނިޔެ ދޫކުރެއްވި ސައުދީ ޝާޙީ އާއިލާގެ ދެވަނަ އަމީރަށެވެ. މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި ހެލިކޮޕްޓަރ އެކްސިޑެންޓެއްގައި ސައުދީ ޕްރިންސް މަންސޫރު ބިން މުގްރިން އަލް ސައުދު ވަނީ އަވަހާރަވެފައެވެ. އެހެންނަމަވެސް، ޕްރިންސް މަންސޫރު ދަތުރު ކުރެއްވި ހެލިކޮޕްޓަރ އެކްސިޑެންޓްވާން މެދުވެރިވި ސަބަބު އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު