Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަނިލް މަދަވް

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

އަވަހާރަވީ މިއަދު ހެނދުނު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 18 މެއި 2017 | ބުރާސްފަތި 09:52
އަނިލް މަދަވް ޑޭވް

އަނިލް މަދަވް ޑޭވް

އިންޑިއާގެ އެންވަޔަރަމަންޓް މިނިސްޓަރު އަނިލް މަދަވް ޑޭވް އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 60 އަހަރުފުޅުގައި އަވަހާރަވި ޑޭވް ވޭތުވެދިޔަ މަސްތަކުގައި އުޅުއްވީ އާލަސްކަންފުޅާއެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއަދު ހެނދުނު އެމަނިކުފާނުގެ ހާލުކޮޅު ގޯސްވުމާގުޅިގެން ނިއު ދިއްލީގެ "ދަ އޯލް އިންޑިއާ އިންސްޓިޓިއުޓްސް އޮފް މެޑިކަލް ސައެންސަސް" އަށް ގެންދެވުނެވެ. އެމަނކުފާނު އަވަހާރަވީ އެތާ ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ.

ދައުލަތުގެ އިސް ގިނަ ފަރާތްތަކުން ޑޭވް އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދަނީ ވިދާޅުވަމުންނެވެ. މިގޮތުން ބޮޑުވަޒީރު ނަރެންދްރަ މޯދީ ޓްވިޓާގައި ވިދާޅުވީ ރޭ ބުދަ ދުވަހުގެ ރޭ ވަރަށް ދަންވަންދެން، މޯދީ އާއެކު ބައްދަލުވުންތަކުގައި ޑޭވް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. މޯދީ ޑޭވް ސިފަ ކުރެއްވީ ވަރަށް "ކަމަށް ކަމޭހިތާ ޕަބްލިކް ސާވެންޓެއްގެ ގޮތުގައެވެ." މޯދީ އިތުރަށް ވިދާޅުވީ ޑޭވް އަވަހާރަވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި އެމަނިކުފާނަކީ ތިމާވެށި ހިމާޔަތް ކުރެއްވުމަށް ވަރަށް ޝައުގުވެރިވެވަޑައި ގެންނެވި ބޭފުޅެއް ކަމަށެވެ.

ޖުލައި 6، 1956 ގައި އުފަންވި އަނިލް މަދަވް ޑޭވް އަކީ ސަރުކާރުގެ ގިނަ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެތެރޭގައި ސްޓޭންޑިން ކޮމިޓީ އޮން އެންވަޔަރަމަންޓް އެންޑް ފޮރެސްޓް އެންޑް ސައިންސް އެންޑް ޓެކްނޮލޮޖީގެ މެމްބަރު ކަމާއި، ސްޓޭންޑިން ކޮމިޓީ އޮފް ވޯޓާ ރިސޯސަސް ގެ މެމްބަރު ކަމާއި، ނެހްރޫ ޔުވާ ކެންޑްރާ ސަންގަތަން ގެ މެމްބަރު ކަމާއި އަދި ވެސް ތަފާތު ގިނަ މާގާމުތަކެއް ފުރުއްވިއެވެ.

އަނިލް މަދަވް ޑޭވް އަކީ ތިމާވެއްޓާ ގުޅޭ ގިނަ ފޮތްތަކެއް ލިޔުއްވި ތިމާވެއްޓަށް ގިނަގުނަ ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު