Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ ޝާޙީ އާއިލާ

ހެލިކޮޕްޓަރެއް ވެއްޓި، ސައުދީ ޕްރިންސަކު އަވަހާރަވެއްޖެ

5 ނޮވެމްބަރު 2017 | އާދީއްތަ 21:50

ހެލިކޮޕްޓަރު ވެއްޓިފައިވަނީ ސައުދީގެ ދެކުނުން ޔަމަނާއި ގުޅޭ ސަރަޙައްދީ ރޮނގުގެ ކައިރިއަށް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 5 ނޮވެމްބަރު 2017 | އާދީއްތަ 21:50
ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އަވަހާރަވެފައިވަނީ ސައުދީ ޕްރިންސް މަންސޫރު ކަމަށް ރިޕޯޓްތައް ބުނޭ

ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އަވަހާރަވެފައިވަނީ ސައުދީ ޕްރިންސް މަންސޫރު ކަމަށް ރިޕޯޓްތައް ބުނޭ

ސައުދީ އަރަބިއްޔާގެ ދެކުނުން ޔަމަނުގެ ބޯޑަރު ކައިރިއަށް ހެލިކޮޕްޓަރެއް ވެއްޓި، އެއިން ދަތުރުކުރި ސައުދީ ޝާޙީ އާއިލާގެ ޕްރިންސަކު އަވަހާރަވެފައިވާ ކަމަށް ސައުދީ ގައުމީ ޓީވީއިން ބުނެފި އެވެ.

ސައުދީ ޕްރިންސް މަންސޫރު ބިން މޮގްރެން އަވަހާރަވި ޚަބަރު އާއްމުކޮށްފައިވަނީ ސައުދީ ނިއުސް ޗެނަލް އަލް އެޚްބަރިޔާ އަދި އަލް އަރަބިއްޔާ އިންނެވެ. ޕްރިންސް މަންސޫރު ބިން މޮގްރެން ހުންނެވީ ސައުދީ އަރަބިއްޔާގެ ދެކުނުގެ ފަރުބަދަމަތީގެ އާސިރް ޕްރޮވިންސްގެ ގަވަރުނަރުގެ ނައިބުގެ މަގާމުގައެވެ.

ޕްރިންސް މަންސޫރު ދަތުރު ކުރެއްވި ހެލިކޮޕްޓަރުގައި އިތުރު އޮފިޝަލުންތަކެއްވެސް ތިއްބެވި ކަމަށް އަލް އެޚްބަރިޔާ އިން ރިޕޯޓްކުރި ނަމަވެސް، އޮފިޝަލުންގެ ނަމާއި، ހެލިކޮޕްޓަރު ވެއްޓުނު ސަބަބު އެ ޗެނަލް އިން ހާމަކޮށްފައެއްނުވެއެވެ.

ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާ ހިނގުމުގެ ކުރިން ޕްރިންސް މަންސޫރު ވަނީ، އިތުރު ބަޔަކާއެކު ހެލިކޮޕްޓަރަކަށް އަރާވަޑައިގަންނަވާ ވީޑިއޯ އެއް ޓްވީޓް ކުރައްވާފައެވެ. އާދީއްތަ ދުވަހުގެ ބޮޑު ބައެއް ޕްރިންސް މަންސޫރު ހޭދަކުރެއްވީ އާސިރް ޕްރޮވިންސްގައި ހިންގާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ބައްލަވާލެއްވުމުގައެވެ.

ޕްރިންސް މަންސޫރަކީ ސައުދީ އަރަބިއްޔާގެ ކުރީގެ ވަލީއަޙުދު ޕްރިންސް މުގްރިން އަލް ސައުދުގެ ދަރިކަލެކެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
16 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު

16 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް