Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

އެއް ހޮރަކުން ދެ ފަހަރު ކައްޓެއް ނުޖެހޭނެ، ރައީސް ޔާމީން ހުއްޓުވާނަން: ރައީސް ނަޝީދު

ރައީސް ނަޝީދު ސިފަކުރެއްވިގޮތުގައި މިހާރުގެ އިލެކްޝަންސް ކޮމިޝަނަކީ ރައީސް ޔާމީންގެ "ގޮނޑިކޮއްކޮ" ކޮމިޝަނެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2018 | ބުރާސްފަތި 03:37
ކުރީގެ ރައީސް މުހައްމަދު ނަޝީދު - އެމަނިކުފާނު ވަނީ ރައީސް ޔާމީނަށް ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުކޮށްފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު - އެމަނިކުފާނު ވަނީ ރައީސް ޔާމީނަށް ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުކޮށްފައި

އެއް ހޮރަކުން ދެ ފަހަރު ކައްޓެއް ނުޖެހޭނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީންގެ އޮޅުވާލުންތަކުން ސަލާމަތްވެ، އެމަނިކުފާނު ހުއްޓުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގެ ރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ، ރައީސް ޔާމީނަށް ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުކުރައްވާފަ އެވެ. އެގޮތުން ރައީސް ނަޝީދު ސިފަކުރެއްވި ގޮތުގައި މިހާރުގެ އިލެކްޝަންސް ކޮމިޝަނަކީ ރައީސް ޔާމީންގެ "ގޮނޑިކޮއްކޮ" ކޮމިޝަނެކެވެ. އަދި ވޯޓުން ކުރައްވަން އުޅޭ "ވައްކަން" ވަރަށް ބޮޑަށް ރައްޔިތުންނަށް ސާފުވެފައިވާ ކަމަށާއި، ނަމަވެސް އިންތިހާބު އޮޅުވާލެއްވުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ހުރިހާ އޮޅުވާލުންތަކުން ސަލާމަތްވެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިކުރައްވާނެ އެވެ.

"ކާނަލް ނާޒިމްގެ ކޮޓަރިކޮޅުގައި ފިސްތޯލަ ބޭއްވުމާއި، އދ.ގެ ދަތިކުރެއްވުންތަކާއި ހިލާފަށް އުތުރުކޮރެއާއަށް ވަގަށް ތެޔޮ ވިއްކެވުމާއި، މަރުގެ އަދަބު ތަންފީޒްކުރައްވާނެ ކަމަށް ވިދާޅުވެ ސަލަފު ޖަމާއަތަށް އޮޅުވާލައްވަމުންގެންދަވާ އޮޅުވާލެއްވުމާއި، ޔޫރަޕްގެ އިއްތިހާދުން ފިޔަވަޅު އަޅާނެ ބޭފުޅުންގެ ތެރޭގައި ވިޔަފާރިވެރިން ނުހިމެނޭނެކަމަށް ވިދާޅުވެ ތިޔަ އޮޅުވާލާ އޮޅުވާލެއްވުންތައް. ތިޔަ ކުރައްވާ މަސައްކަތްތަކުގެ ހުރިހާ ހީލަތެއް، ދިވެހިރާއްޖޭގެ ރައްޔިތުންނަށްވަނީ މާބޮޑަށް، ދަންނަވަންތޯ، މާބޮޑަށް ސާފުވެފައި"

އިންތިހާބެއްގައި ރައްޔިތުންގެ އެންމެ ބޮޑު ތާއީދެއް އެއް ބޭފުޅަކަށް ލިބިވަޑައިގެެން ހުންނެވި ކުރީގެ ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ހުންނެވީ މާ ބޮޑަށް ބޭޒާރުވެ، ބަލިވެވަޑައިގެންފައި ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް އިއުލާން ކުރެއްވުމަށް މަސައްކަތްކުރައްވަނީ ބޮޑު ދޮގެއްކަމަށާއި، ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ދުސްތޫރަށް އަރާވަޑައިގެންނެވުމަށް ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

ރައީސް ނަޝީދު އިޝާރަތް ކުރައްވާފައިވަނީ ރީ-ރަޖިސްޓްރޭޝަން ޕްރޮސެސްއަށެވެ. އަދި 95000 މީހުން ރީ-ރަޖިސްޓްރީ ނުވާނެކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަނީ އޮޅުވާލަން ކަމަށެވެ.

"2013 ވަނަ އަހަރު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ތިިބެ ވޯޓުދީފައިވަނީ 58000 ހާމީހުން. 60000 އެއް ހަމައެއް ނުވޭ. ރައީސް ޔާމީން، މަނިކުފާނުގެ ގުރާ އިލެކްޝަންސް ކޮމިޝަންލައްވާ ތިޔަ ވިދާޅުވަނީ، މިވަގުތު ރާއްޖޭގައި އެ މީހުންގެ އަމިއްލަ ގެދޮރުގައި ދިރިއުޅުމުގެ ފުރުސަތު ނެތް މީހުންގެ އަދަދު 90 އެތައް ހާހަކަށް އަރާ ކަމަށް. ރައީސް ޔާމީން. މަނިކުފާނު އަމިއްލަ ފުޅަށް، އަމިއްލަފުޅަށް ތިޔަ ވިދާޅުވަނީ، މަނިކުފާނުގެ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ގެދޮރު ނެތް މީހުން އަދަދު 45 އިންސައްތައަށް އިތުވެއްޖެ ކަމަށް"

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު