Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިޚާބު 2018

ރައީސް ޔާމީންގެ ވާހަކަފުޅު ދިފާއުކޮށް އިލެކްޝަންސް ކޮމިޝަނުން ވާހަކަ ދައްކައިފި

ހަމަނުޖެހުމެއް ހިނގިކަން ހާމަކުރީ ރައީސް އެހެން ވިދާޅުވުމުން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 14 އޯގަސްޓު 2018 | އަންގާރަ 07:52
ރީ-ރެޖިސްޓްރީކުރުމުގެ ފަހު ދުވަހު އިލެކްޝަންސްގައި މީހުން ކިޔު ޖެހިފައި

ރީ-ރެޖިސްޓްރީކުރުމުގެ ފަހު ދުވަހު އިލެކްޝަންސްގައި މީހުން ކިޔު ޖެހިފައި

ރީ-ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވި ދުވަހުގެ ރޭ ރީ-ރެޖިސްޓްރޭޝަން ފޯމުތައް ނުލެވިގެން އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން "އިލެކްޝަންސް ކޮމިޝަނަށް އަރައިގަތް" ކަމަށް ހޯމަ ދުވަހު ރައީސް އަބުދުﷲ ޔާމީން ވިދާޅުވި ވާހަކަފުޅު ދިފާއުކޮށްފިއެވެ.

ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވޭމަންޑޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެންމެ ފަހު ވަގުތަށް ބެހެއްޓި ރީ-ރަޖިސްޓްރޭޝަން ފޯމްތައް ނުލެވިގެން "އެތަނަށް އަރައިގަތީ" ކަމަށެވެ.

Advertisement - newsAdvertisement
"ދާދިފަހުން އެ ނިންމީ ރީ-ރަޖިސްޓޭޝަން 23 ވަނަ ދުވަހު ލާ ވޯޓަށް، ކިހިނެއްތޯ އެކަން ވެސް ނިމިގެން ދިޔައީ. އަޅުގަނޑުމެން ހުށަހަޅާ ފޯމުތައް ދައުލަތުން އެ ނިންމާ ގޮތަކަށް، އިލެކްޝަންސް ކޮމިޝަނުން ނިންމާ އެ އޮންނަ މުއްދަތަކަށް ލެވޭތޯ ބަލަން. އެބޭފުޅުން އެންމެ ފަހު ދުވަހަށް ބަހައްޓާފައި ހުރި ފޯމްތައް ނުލެވިގެން އެތަނަށް އަރައިގަތީ، އެންމެ ފަހުން ފުލުހުން ގޮސްގެން އެކަން ހުއްޓުވަން ޖެހުނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓާކުރުމުގެ ސުންގަނޑި ހަމަވެފައި ވަނީ އޮގަސްޓް 11 ގައެވެ. އެރޭގެ 12:00 ޖެހުމާ ހަމައަށް އިލެކްޝަނުން ވަނީ ވަގުތު އިތުރުކޮށްދީފައެވެ. އަދި އިދިކޮޅު ފަރާތްތަކުން އެތަނަށް އަރައިގަތް ކަމަށް ރައީސް ޔާމީން މިމަހުގެ 13 ވަނަ ދުވަހު ވިދާޅުވުމާ ހަމައަށް އެފަދަ އެއްވެސް ކަމެއް އިންތިޚާބީ މަރުކަޒުގައި ހިނގާފައިވާ ކަމުގެ އެއްވެސް ވާހަކައެއް، އިލެކްޝަނުން ވެސް އަދި ފުލުހުން ވެސް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ރި-ރެޖިސްޓްރީވާން ފުރުސަތު ދިން އެންމެ ފަހު ރޭ އިންތިޚާބީ މަރުކަޒުގައި ހަމަނުޖެހުން ހިންގަން ބައެއް ފަރާތްކުން މަސައްކަތް ކުރި ކަމަށެވެ.

އަކްރަމް ވިދާޅުވީ ބަޔަކު ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ނަމަވެސް އެއީ ކޮން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބައެއްކަން ހާމަކުރަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އެހެން ނޫހަކަށް އަކްރަމް ވިދާޅުވެފައި ވަނީ އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ހަމަނުޖެހުން ހިންގި ކަމަށެވެ.

އަކްރަމް ވިދާޅުވީ ބައެއް ސިޔާސީ ޕާޓީތަކުގެ ބޭފުޅުން 12 ޖަހަން 10 މިނިޓަށް ވެފައި ވަނިކޮށް އެތަނުން ނުކުމެގެން ގޮސްފައިވާ ކަމަށެވެ. އެނބުރި ފޯމުތައް ލާން އެތަނަށް ދިޔައީ އެކެއް ޖެހި ފަހުން ކަމަށެވެ. އެކަން އެނގިވަޑައިގަތީ ކިހިނެއްތޯ ސުވާލު ކުރުމުން އަކްރަމް ވިދާޅުވީ އޭނާ އެރޭ 4 ޖަހަންދެން އެތަނުގައި އުޅުއްވި ކަމަށެވެ.

ނަމަވެސް 12:45 ކަންހާއިރު، އިންތިޚާބީ މަރުކަޒުން ބޭރަށް ނުކުންނަވައި ރާއްޖެއެމްވީގެ ނޫސްވެރިއަކާއި ވާހަކަ ދައްކަވަން މަޑުކޮށްލައިގެން ހުންނެވުމަށް ފަހު އަކްރަމް ވަނީ އެތަނުން ވަޑައިގަންނަވާފައެވެ.

އެ ސުވާލު އަކްރަމާ ކުރުމުން އޭނާ ވިދާޅުވީ އަލުން އަނބުރާ އިންތިޚާބީ މަރުކަޒަށް ވަޑައިގެންނެވި ކަމަށާއި ނަމަވެސް އެތެރެއަށް ވަދެވަޑައިގަތީ އެހެން ދޮރާއްޓަކުން ކަމަށެވެ. އެހެންވެ އިންތިޚާބީ މަރުކަޒުގެ މައި ދޮރާށި ކައިރީގައި މަޑުކޮށްލައިގެން ތިބޭ ބަޔަކަށް އޭނާ ނުފެނިދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އިންތިޚާބީ މަރުކަޒުގެ އެތެރޭގައި ހުރިހާ ކަމެއް ވެސް ދިޔައީ "ވަރަށް ސުމޫތު" (އޮމާން) ކޮށް ކަމަށާއި ހަމަނުޖެހުމެއް ހިނގާފައި ވަނީ އިންތިޚާބީ މަރުކަޒަށް ވަންނަ މައިދޮރާށި ކައިރީގައި ކަމަށެވެ. އަދި އެތަނުގައި ކުރީގެ ބައެއް މަޖިލިސް މެމްބަރުން ވެސް ތިއްބެވި ކަމަށް އަކްރަމް ވިދާޅުވިއެވެ

އެތަނުގައި ކުރީގެ ބައެއް މަޖިލިސް މެމްބަރުން ވެސް ތިއްބެވި ކަމަށް އަކްރަމް ވިދާޅުވުމުން އެއީ ކޮންބައެއްތޯ ސާފުކޮށްދިނުމަށް ތަކުރާރުކޮށް ސުވާލުކުރުމުން އަކްރަމް ވިދާޅުވީ "މަސްލަހަތު ގެއްލިދާނެތީ އެވާހަކަ ދެއްކުން އެހާ ރަނގަޅު ނުވާނެ" ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު