Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭވީސީ ސެންޓްރަލް ޒޯން

އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

މެޗުގެ ފުރަތަމަ ދެ ސެޓް ކާމިޔާބުކުރީ ކިރިގިސްތާން

ލީވާން އަލީ
ލީވާން އަލީ | 25 މާރިޗު 2017 | ހޮނިހިރު 19:41
ކިރިގިސްތާން ކުޅުންތެރިން އުފާފާޅުކުރަނީ

ކިރިގިސްތާން ކުޅުންތެރިން އުފާފާޅުކުރަނީ

ރާއްޖޭގައި މިހާރު ފަށައިގެން ކުރިޔަށްދާ އޭވީސީ ސެންޓްރަލް ޒޯން ފިރިހެން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާނުން ފައިނަލުގެ އުންމީދު އާކޮށްފި އެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މި މެޗު ކިރިގިސްތާނާ ވާދަކޮށް ފަހަތުން އަރާ ތުރުކަމިނިސްތާނުން މެޗު ކާމިޔާބުކުރީ ތިން ސެޓް ދެ ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިޔަށްދިޔަ މި މެޗުގެ ދެ ސެޓް ގެންދިޔައީ ކިރިގިސްތާނުންނެވެ. ކިރިގިސްތާނުން ސެޓްތައް ގެންދިޔައީ 22-25 އަދި 21-25 އިންނެވެ.

އެހެން ނަމަވެސް ތުރުކަމިނިސްތާނުން ވަނީ މެޗުގެ ކުޅުން ރަނގަޅުކޮށް ޖެހިގެން އައި ތިން ސެޓުވެސް ކާމިޔާބުކޮށްފައެވެ. ތުރުކަމިނިސްތާނުން މެޗުގެ ސެޓްތައް ގެންދިޔައީ 20-25، 20-25 އަދި 14-16 އިންނެވެ.

މި ނަތީޖާއާއެކު ސީދާ ފައިނަލުގެ ޖާގައެއް ހޯދުމަށް ކިރިގިސްތާން ނިކުންނާނީ އާދީއްތަ ދުވަހު ރާއްޖެއާ ދެކޮޅަށެވެ. އެހެން ނަމަވެސް ތުރުކަމިނިސްތާން އަށް ނޭޕާލް ބަލިކުރުމަށްފަހު ސެމީގެ ޖާގައެއް ކަށަވަރުކުރެވިދާނެ އެވެ.

މުބާރާތުގައި ލީގު ބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ދަތުރުކުރާއިރު، ފުލަށްދާ ޓީމެއް މުބާރާތާ އަލްވަދާއު ކިޔާނެއެވެ. އެހެން ނަމަވެސް ދެވަނަ އަދި ތިންވަނަ ޓީމަށް ސެމީ މެޗު ކުޅެގެން ފައިނަލަށް ދަތުރުކުރެވިދާނެ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު