Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސި އިންތިޚާބު 2018

ރައީސް ޔާމިންގެ ކެނޑިޑެސީ ސައްހައެއް ނުވާނެ: ނާދިރާ

9 އޯގަސްޓު 2018 | ބުރާސްފަތި 20:47

ރައީސް ޔާމިނަށް ކެނޑިޑެސީ ހަވާލުކޮށްފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް

އަމްނާ އިމާދު
އަމްނާ އިމާދު | 9 އޯގަސްޓު 2018 | ބުރާސްފަތި 20:47
ރައީސް މައުމޫން ރިފޯމް މޫވްމެންޓްގެ މެމްބަރު އާމިނަތު ނާދިރާ

ރައީސް މައުމޫން ރިފޯމް މޫވްމެންޓްގެ މެމްބަރު އާމިނަތު ނާދިރާ

ރައީސް އަބްދުﷲ ޔާމިންގެ ކެނޑިޑެސީ ސައްހަ ނުވާނެ ކަމަށް ރައީސް މައުމޫން އަބްދުއްޤަޔޫމްގެ ރިފޯމް މޫވްމެންޓްގެ މެމްބަރު އަދި ޕީޕީއެމް ކައުންސިލްގެ ކުރީގެ މެމްބަރު އާމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ރިޔާސީ ރޭސް" ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނާދިރާ ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ކައުންސިލަށް، ޕާޓީގެ ރިޔާސީ ޓިކެޓް ދޭނެ މީހެއް ނުނިންމޭނެ ކަމަށާއި، އެކަން ކުރަންޖެހޭނީ ގައުމީ ޖަލްސާއަކުން ކަމަށެވެ. ރައީސް ޔާމިންއަކީ ޕީޕީއެމްގެ މުސްތަޝާރު ކަމަށާއި، މުސްތަޝާރަކީ ޕާޓީގެ އަސާސީ ގަވައިދުން އެއްވެސް ދައުރެއް އޮތް ބޭފުޅެއް ނޫންކަން ނާދިރާ ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

ނާދިރާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ޕާޓީ ތެރެއިން އެކަމަށް ފުރުސަތު ހުޅުވާލަންޖެހޭ ކަމަށާއި، ނަމަވެސް އެކަން ވެސް ކޮށްފައިނުވާ ކަމަށެވެ.

"ޔާމީން އެދިގެން ޔާމީން ކައުންސިލެއް ބާއްވައިގެން އެކައުންސިލްގައި ދެންތިބި މީހުންލައްވައި ސޮއިކުރުވައިގެން ތިމަންނަ އޭ ރިޔާސީ ޓިކެޓް ބޭނުމީ. އެހެން ކިޔާފަ އެމީހުން ލައްވާ އޭނައަށް ރިޔާސީ ޓިކެޓްދީ. މިހުރިހާ ގަނޑެއް މިގަނެވުނީ. މިއީ އަސާސީ ގަވާއިދު ދަންނަ އެއްޗެއް ނޫން." ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ ރައީސް ޔާމިންގެ ކެނޑިޑެސީ ފޯމް ސައްހަކަމަށް އިލެކްޝަން ކޮމިޝަނުން ނިންމަންޖެހޭނީ ވަރަށް ވިސްނާފައި ކަމަށާއި، ރައީސް ޔާމިނަށް ކެނޑިޑެސީ ފޯމް ދީފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތައްތޯ އެކޮމިޝަނުން ކަށަވަރު ކުރަންޖޭހޭ ކަމަށެވެ. އެއްވެސް ނުފޫޒެއްނެތި އެ މައްސަލަ އިލެކްޝަން ކޮމިޝަނުން ބަލާނަމަ ރައީސް ޔާމިންގެ ކެނޑިޑެސީ ބާތިލްވާނެ ކަމަށް ނާދިރާ ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށް ރައީސް ޔާމީން އަދި ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ކެނޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅީ ބުރާސްފަތި ދުވަހުއެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފާ ޙަވާލުކޮށްދެއްވީ ޕީޕީއެމްގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމާ ހަވާލުވެވަޑައިގަތުމަށް ފަހު، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކެންޑިޑެސީ ބަލައިގަތުމާ މެދު، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެ ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށެވެ.

ރައީސް ޔާމީން ކެންޑިޑެސީ ފޯމު ހުށަހެޅުމާއެކު މިއިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ އަދަދު ތިނަކަށް އެރީއެވެ. އަދި އިންތިޚާބުގައި ވާދަކުރައްވާނެކަން އިތުރު ދެ ފަރާތްތަކުން ވަނީ އިއުލާންކުރައްވާފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް