Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަނގަ ގަދަ މިތުރު

'އަނގަ ގަދަ މިތުރެއް' ހުއްޓުވަން ޓޭޕް އެޅުމަށް ގާޒީ އަމުރުކޮށްފި

8 އޯގަސްޓު 2018 | ބުދަ 17:35

ދައުވާ ލިބޭ މީހާގެ އުމުރަކީ 32 އަހަރު

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 8 އޯގަސްޓު 2018 | ބުދަ 17:35
ވިލިއަމްސްގެ މައްޗަށް ހިންގުނު ޝަރީއަތުގައި އޭނާގެ އަނގަމަތީގައި ވަނީ ރަތް ކުލައިގެ ޓޭޕް އަޅާފައި

ވިލިއަމްސްގެ މައްޗަށް ހިންގުނު ޝަރީއަތުގައި އޭނާގެ އަނގަމަތީގައި ވަނީ ރަތް ކުލައިގެ ޓޭޕް އަޅާފައި

އެމެރިކާގެ ކޯޓެއްގެ ޝަރީއަތެއްގައި ދައުވާ ލިބޭ މީހާ، "ދަލު ބޭރުން ޖެހިގެން" ވާހަކަ ދައްކާތީވެ، އޭނާގެ އަނގަމަތީގައި ޓޭޕް އެޅުމަށް ފުލުހުންގެ މައްޗަށް ގާޒީ އަމުރު ކޮށްފިއެވެ.

ކޯޓުގައި އެހެން މީހުން ވާހަކަ ދައްކާ ވަގުތުތަކުގައި ފްރޭންކްލީން ވިލިއަމްސް ވާހަކަ ނުދެއްކުމަށް ބައި ގަނޑިއިރު ތެރޭގައި 12 ވަރަކަށް ފަހަރު ގާޒީ ޖޯން ރުއްސޯ ވަނީ ނަސޭހަތްތެރި ވެފައެވެ.

އުމުރުން 32 އަހަރުގެ ވިލިއަމްސްއަށް ކުރާ ދައުވާއަކީ ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރި ކަމުގެ ދައުވާއެވެ. އެ ޝަރީއަތުގެ އަޑުއެހުމުގައި އޭނާގެ އަޑު އެންމެ ހިނދުކޮޅަކަށް ވެސް މެދުކެނޑިގެން ނުދެއެވެ.

ވިލިއަމްސް ގާތު ގާޒީ ވަނީ އޭނާގެ ދިފާއުގައި ލޯޔަރުން ވާހަކަ ދައްކަވާނެ ކަމަށާއި އޭގެ މާނައަކީ ވިލިއަމްސް މަޑުމަޑުން ހުރުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ވިލިއަމްސް ވަނީ ގާޒީ ދައްކަވަމުން ގެންދެވި ވާހަކަ މެދުކަޑާލުމަށް ފަހު، ގާޒީއަށް ގޮންޖައްސަވާފައެވެ. ވިލިއަމްސް ބުނީ އޭނާގެ ވާހަކަ ދެއްކުވުން ހުއްޓުމަކީ އޭނާގެ ހައްގަށް އަރައިގަތުން ކަމަށެވެ. އޭނާގެ ވާހަކަ އަނެއްކާ ވެސް ފެށުމާ އެކު ގާޒީގެ އަމުރުގެ މަތިން ފުލުހުން ވަނީ 15 އިންޗީގެ ޓޭޕްކޮޅެއް އޭނާގެ އަނގަމަތީގައި އަޅާފައެވެ. އަދި އޭނާ އަނގަމަތީގައި އެޅި ޓޭޕް ވަރުގަދަ ކުރުމަށް ދެވަނަ ޓޭޕްކޮޅެއް ވަނީ އަޅާފައެވެ.

ގާޒީ ޖޯން ރުއްސޯ ޝަރީއަތުގެ ފަހުން އެމެރިކާގެ ފޮކްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވިލިއަމްސްގެ ހަތަރު މައްސަލައެއް އޭނާ ބެލި ކަމަށާއި ދައުވާ ލިބުނު އެ މީހާއަކީ ވާހަކަ ދެއްކުމަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެއް ކަމަށެވެ. ނަމަވެސް ކޯޓުގެ ހުރުމަތް ކަނޑައި ގާޒީގެ ބަހަށް ވުރެ އޭނާގެ ބަސް ވަރުގަދަ ކުރުމުން ފިޔަވަޅު އަޅަން ޖެހުނީ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

ކޯޓުގައި ދިފާއުވާން ވިލިއަމްސް ކިތަންމެ ވާހަކައެއް ދެއްކި ކަމުގައިވީ ނަމަވެސް އޭނާ ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވެ 24 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އިތުރަށް ކިޔާލަން

06 މެއި 2018

ރޯހިތު ބޭނުންވަނީ ރަންވީރުގެ ހަށިގަނޑު ވަރުގަދަ ކުރަން

06 މެއި 2018
ރޯހިތު ބޭނުންވަނީ ރަންވީރުގެ ހަށިގަނޑު ވަރުގަދަ ކުރަން
11 އެޕްރީލު 2018

ކޭޓް މިޑިލްޓަން ރައްކައުވާން ކައިރިވުމުން ހޮސްޕިޓަލްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

11 އެޕްރީލު 2018
ކޭޓް މިޑިލްޓަން ރައްކައުވާން ކައިރިވުމުން ހޮސްޕިޓަލްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި
05 އެޕްރީލު 2018

މިނިކާ ވަގަކަށް ވުރެ އިންޑިއާ އަންހެނަކު ގަދަވެއްޖެ

05 އެޕްރީލު 2018
މިނިކާ ވަގަކަށް ވުރެ އިންޑިއާ އަންހެނަކު ގަދަވެއްޖެ
28 ޖެނުއަރީ 2018

ސިހުރު ހަދައިގެން މީހަކު ބަކަރި އަކަށް ބަދަލު ކޮށްލި ކަމަށް ބުނެ ބަޔަކު ރުޅި ގަދަވެއްޖެ!

28 ޖެނުއަރީ 2018
ސިހުރު ހަދައިގެން މީހަކު ބަކަރި އަކަށް ބަދަލު ކޮށްލި ކަމަށް ބުނެ ބަޔަކު ރުޅި ގަދަވެއްޖެ!
19 ނޮވެމްބަރު 2017

އަހަރުގެ އެންމެ ގަދަ އަލްބަމަކަށް ރެޕިއުޓޭޝަން

19 ނޮވެމްބަރު 2017
އަހަރުގެ އެންމެ ގަދަ އަލްބަމަކަށް ރެޕިއުޓޭޝަން
18 މެއި 2017

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

18 މެއި 2017
އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ
21 ފެބުރުއަރީ 2017

މި ވީޑިއޯ ދުށިންތަ؟ މޭގަނޑު އަނގަޔަށް އަންނަ ވަރުވޭ!

21 ފެބުރުއަރީ 2017
މި ވީޑިއޯ ދުށިންތަ؟ މޭގަނޑު އަނގަޔަށް އަންނަ ވަރުވޭ!
20 ފެބުރުއަރީ 2017

62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި

20 ފެބުރުއަރީ 2017
62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި
06 ފެބުރުއަރީ 2017

އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ

06 ފެބުރުއަރީ 2017
އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ
07 ޖެނުއަރީ 2017

ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!

07 ޖެނުއަރީ 2017
ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް