Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކޭޓް މިޑިލްޓަން

ކޭޓް މިޑިލްޓަން ރައްކައުވާން ކައިރިވުމުން ހޮސްޕިޓަލްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

ކޭޓް އާއި ވިލިއަމަށް ވަނީ ދަރިކަލަކާއި ދަރިކަނބަލަކު ލިބިވަޑައިގެންފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 11 އެޕްރީލު 2018 | ބުދަ 03:25
ކޭޓް މިޑިލްޓަން

ކޭޓް މިޑިލްޓަން

އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން، ކޭޓް މިޑިލްޓަން ތިންވަނަ ވަނަ ބޭފުޅަކަށް އާލާސްވެ އިންނެވި ކަމަށް އިނގިރޭސި ޝާހީ އާއިލާއިން ބުނެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ކޭޓް އާއި ވިލިއަމަށް ވަނީ ދެ ދަރިކަލުން ލިބިވަޑައިގެންފައެވެ. އެއީ ޕްރިންސް ޖޯޖްއާއި ޕްރިންސެސް ޗާލޮޓްއެވެ.

ކޭޓް ރައްކައުވުމަށް ހަމަޖެހިފައިވާ ލަންޑަންގެ ސެއިންޓް މޭރީސް ހޮސްޕިޓަލު ލީޑޯ ވިންގްގެ ބޭރުގައި ހޯމަ ދުވަހުގައި ހަރުކޮށްފައިވާ ނޯޓިސްއެއްގައި ބުނެފައިވަނީ މިމަހުގެ 9 އިން ފެށިގެން 30 އާއި ހަމައަށް އެ ހޮސްޕިޓަލްގެ ބޭރުފައި ޕާކް ކުރުމާއި މަޑުކުރުން ވަގުތީގޮތުން މަނާކޮށްފައިވާ ކަމަށެވެ. ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ހޮސްޕިޓަލްގެ ސެކިއުރިޓީ ވަރުގަދަ ކުރި ކަމުގައިވިއަސް ކޭޓް ރައްކައުވާން އަދި ދުވަސްކޮޅެއް އެބައޮތް ކަމަށެވެ. އެގޮތުން ކޭޓް ރައްކައުވުމަށް އަދި ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް އެބައޮތްކަމަށް ރިޕޯޓްތައް ބުނެއެވެ.

ސެއިންޓް މޭރީސް ހޮސްޕިޓަލަކީ ކޭޓްގެ ދެދަރިންކަމަށްވާ ޕްރިންސް ޖޯޖްއާއި ޕްރިންސެސް ޗާލޮޓްއާއިގެންވެސް އެކަމަނާ ރައްކައުވި ހޮސްޕިޓަލެވެ.

ކޭޓްއަށާއި ވިލިއަމަށް މިފަހަރު ލިބިވަޑައިގަންނަވަނީ ކޮން ޖިންސެއްގެ ބޭފުޅެއްކަން ޝާހީ އާއިލާއިން ހާމަ ކޮށްފައެއް ނުވެއެވެ. ކޭޓް އާލާސްވެ އިންނެވީ އެއްމާބަނޑު ދެބޭފުޅުންނަަށް ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެމެރިކާގެ މަޖައްލާއެއް ކަމަށްވާ ލައިފް އެންޑް ސްޓައިލް ވީކްލީއިން މީގެ ކުރިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކޭޓް އާލާސްވެއިންނެވީ އެއް ޖިންސުގެ އެއްމާބަނޑު ދެ ބޭފުޅުންނަށެވެ. ލައިފް އެންޑް ސްޓައިލް ވީކްލީ މަޖައްލާއިން މި ހަބަރުގައި އެމައުލޫމާތު ހިމެނިއިރު ހަވާލާދީފައިވަނީ ކޭޓްގެ މަންމާފުޅާއި ބައްޕާފުޅަށެވެ.

ކޭޓް ރައްކައުވުމުން ޝާހީ އާއިލާއިން ސޯޝަލް މިޑިއާ އާއި ޕްރެސް ރިލީޒްއެއް މެދުވެރިކޮށް އެކަން ހާމަކުރާނެއެވެ. މީގެ ކުރިން ޕްރިންސް ޖޯޖްއާއި ޕްރިންސެސް ޗާލޮޓް އުފަންވެވަޑައިގަތުމުންވެސް ކަންކަން ކުރައްވާފައިވަނީ އެހެންނެވެ.

އިތުރަށް ކިޔާލަން

30 ޖުލައި 2022

ސްކޭޓްބޯޑު ދުއްވައިގެން ރަންވަނަތަކެއް ހޯދާ ތުއްތު ތުއްތު ޒާރާ

30 ޖުލައި 2022
ސްކޭޓްބޯޑު ދުއްވައިގެން ރަންވަނަތަކެއް ހޯދާ ތުއްތު ތުއްތު ޒާރާ
18 އޮކްޓޯބަރު 2019

އިނގިރޭސި ޝާހީ ޢާއިލާ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ކޭޓް ތުރުކުރެއްވި ހެދުންކޮޅު އެންމެންގެ ސަމާލުކަމަށް!

18 އޮކްޓޯބަރު 2019
އިނގިރޭސި ޝާހީ ޢާއިލާ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ކޭޓް ތުރުކުރެއްވި ހެދުންކޮޅު އެންމެންގެ ސަމާލުކަމަށް!
11 ނޮވެމްބަރު 2018

ކޭޓް އަޕްޓަން އާއި ޖަސްޓިން ވާރލެންޑަރ އަށް އަންހެންކުއްޖަކު ލިބިއްޖެ

11 ނޮވެމްބަރު 2018
ކޭޓް އަޕްޓަން އާއި ޖަސްޓިން ވާރލެންޑަރ އަށް އަންހެންކުއްޖަކު ލިބިއްޖެ
28 ޖުލައި 2018

ކޭޓް މިޑްލްޓަން ވިހެއުމަށްފަހު ލޫޅާފަތިކޮށް ހުރުމުގެ ސިއްރު އެނގެން ބޭނުން؟

28 ޖުލައި 2018
ކޭޓް މިޑްލްޓަން ވިހެއުމަށްފަހު ލޫޅާފަތިކޮށް ހުރުމުގެ ސިއްރު އެނގެން ބޭނުން؟
07 ޖޫން 2018

ފެޝަން ޑިޒައިނަރ ކޭޓް ސްޕޭޑް މަރުވެފައި އޮއްވާ ފެނިއްޖެ

07 ޖޫން 2018
ފެޝަން ޑިޒައިނަރ ކޭޓް ސްޕޭޑް މަރުވެފައި އޮއްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު